ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ.ހުސެއިން ރަޝީދު ހަސަން، އ.ދ ގެ ކޮންފެރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫ.އެން.ސީ.ޓީ.ޑީ) ގެ "ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް" ގައި ބައިވެރިވަޑައިގަތުމަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ބައްދަލުވުން ކުރިޔަށް ދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 އިން 13 އަށް ސްވިޓްޒަލަންޑްގެ ޖެނީވާގައެވެ.

ޔޫ.އެން.ސީ.ޓީ.ޑީ ގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ ދައުވަތަކަށް، ޑ.ރ ހުސެއިން ރަޝީދު ހަސަން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް ގެ ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ.

މި ބައްދަލުވުމުގައި ޑ.ރ ހުސެން ރަޝީދު ހަސަން ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައި ވާއިރު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި، އިޤްތިސާދާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި، ވިޔަފާރިއާއި އިޤްތިސާދުތަކަށް ކުރަމުންދާ އަދި ކޮށްފާނެ އަސަރުތަކާއި އަދި އެފަދަ ކަންކަން ކުޑަކުރުމަށް ޤައުމުތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

މި ބައްދަލުވުމަކީ އ.ދ ގެ ޖެނެރަލް އެސެމްބްލީ ގެ ހަވާސާގައި މި މަހުގެ 23 ގައި ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، އ.ދ ގެ ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫ.އެން.ސީ.ޓީ.ޑީ) ގެ ފަރާތުން އިންތިޒާމުކޮށްގެން، ބާއްވާ ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހު

    ފެނުމަތިގައި ދިވެހިންގެ އެންމެން ދިރި އުޅުމާއި ގުޅޭގޮތުން މަސްވަރާ ކޮއްލަ ދެއްވުން އެދެން އެއި މިފަހުން އެވާހަކަ މަނިކުފާނު ދައްކަވާފައިވާތީ.... ޚަރަދުވެސް ކުޑަވާނެ ކަރަންޓް ފެން ފާޚާނާ ބޭނުން ނުވާނެތީ.....

  2. މުހައްމަދު

    ބުއްފުޅިޔެއް ހިފާއިގެން ދައްޗޭ.

  3. Anonymous

    ގުއިން ލާރި ހޯދާނެގޮތްވެސް ކިޔާދޭތި.