ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލާގައި މަރުތަކާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ތަހުގީގު ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމުގައި މައްސަލަތަކެއް ދިމާވެގެން އުޅެނީ މުއައްސަސާތަކުގެ ވެރިން އެއްކޮށް ސައިނުބޯތީ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ރިޟްވާންގެ މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ މީހުންނަށް ޤާނޫނީގޮތުން ފިޔަވަޅު އެޅުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި މިހާރު މިދިމާވެގެން އުޅޭ ކަމެއް ކަމަށް ގަބޫލު ކުރެވެނީ ކޯޑިނޭޝަންގެ މައްސަލަ އެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ މިއީ ނުވާވަރުގެ ކަމެއް ނޫން ކަމަށާއި މިމައްސަލައިގައި ޝާމިލް ވަނީ މަދު ބައެއް ކަމަށެވެ.

"ކުށް ކޮށްގެން އުޅެނީ ދިހަ ވަރަކަށް މީހުންގެ ވާހަކަ މި ދައްކަނީ. އެ ދިހަ މީހުން ހޯދައިގެން އެމީހުންނަށް ފިޔަވަޅު އަޅާވާހަކަ މިދައްކަނީ. ފިޔަވަޅު އެޅުމުގެ ބާރު އޭޖީ އޮފީހާއި ފުލުހުންނާއި ހޯމް މިނިސްޓަރ އަދި ރައީސުލްޖުމްހޫރިއްޔާގެ ބާރު އެބައޮތް. އެހެންވީމާ ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް އެއްވެސް ހުރަހެއް ނެތް." ޝަމީމް ވިދާޅުވިއެވެ.

މައްސަލަ އާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުން އެކައްޗެއް ކިޔައިގެން ތިއްބެވި އިރު ދިމާވެގެން އުޅޭ މައްސަލަ އަކީ މިބޭބޭފުޅުން އެއްކޮށް އިށީންދެވަޑައިގެން ވާހަކަދެއްކުމުގެ މައްސަލައެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުދެކޭ ގޮތުގައި މި ދިމާވެގެން އުޅޭ މައްސަލަ އަކީ ސައިނުބޯ މައްސަލަ. ހުރިހާ ބޭފުޅުން އެއްކޮށް ސައިބޯންވީ. ސައި ބުއީމާ މި ކަންކަން ހައްލުވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އަޅުގަނޑު މި ހުށަހަޅާ ގޮތަކީ މި ބޭބޭފުޅުން ހަވީރު ސައިފޮދަށް އިށީންނަށް ވީނޫންތޯއޭ. މިވާހަކަ ދައްކަވަން ވީ ނޫންތޯއޭ ރަނގަޅަށް ކާކު ކީއްތޯއޭ ކުރާނީ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ބަންޑާރަ ނައިބް އޮބްރާހިމް ރިފްއަތު އާއި ފުލުހުންގެ އިސްވެރިންވެސް ތިއްބެވީ ވަރަށް ސާބިތުކަމާއި އެކުގައި ކަމަށާއި ނަތީޖާ އެބޭފުޅުން ނެރުއްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރިޟްވާންގެ މައްސަލައިގައި ހިމެނޭ ދެ ފުލުހުން ހައްޔަރު ކުރަން ބަންޑާރަނައިބު އެންގެވުމުން ފުލުހުން އެކަމަށް ދެކޮޅު ހަދާފައި ވާތީ ޝަމީމް ވަނީ މީގެ ކުރިން ފާޑުވިދާޅުވެފައެވެ. ޝަމީމް ވިދާޅުވީ ބަންޑާރަނައިބު ބަޔަކު ހައްޔަރުކުރަން އެންގުމުން ޕޮލިސް ކޮމިޝަނަރަށް އެކަމާއި ދެކޮޅު ނުހެދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސޮމެޮނެ

    އެއްކަމެއް ދެތަނަކުން ކުރާއިރު ހަތަރުމީހުން ގޮތްކިޔާތީ އޮޅުންއަރަނީ...

    27
  2. ގިޓާ

    މަމެއްހީކުރީ ރިޔާސީ މޭޒުކޮޅައް ދުވާލަކަށް އަޑިހަހާސް އަރނީ އެއްކޮށް ސައިބޯތީކަމަށް މިހާރުއެގިއްޖެ އެމީހަކުސައިބޮނީ އެހެއްމީހުނަށް ސައި ބުއިވަރު ނޭގޭގޮތަށް ސަމީމުމެން ބުނީމަ މިއެގެނީ

    14
    1
  3. އަހު

    ޝަމީމް ބުނުއްވިއަސް ބަންޑާރަނައިބު ބުނެގެން މީގެ ކުރިން ކާކުތޯ ހައްޔަރު ކުރީ ... އެފަދަ ލަފާ ދީފާ މީޑީއާ ކުރިމައްޗަަށް ނުކުތިމާ އަތަށް ގޮވީ އެފަދަ ލަފައެއް ދޭންޖެހޭނީ ދެ މުއްސަސާގެ ވެރިން ފެންވަރުގައި އަދި ސިޓީ ބިޓީ ބަދަލު ކުރަންޖެހޭނީ ސިއްރު ޖަހާފައި ބަންޑާރަ ނައިބަކަށް އަމުރެއް ނުކުރެވޭނި ދެވެނީ ލަފައެއް ... އަނެއްކާ ކޮމިޝަން އުފެއްދީ ކާކުތަ ބަންޑާރަ ނައިބުތަ މަޖިލިސް ރަޢީސް ތަ ނޫނީ ރައީސުލް ޖުމްހޫރިއްޔާތަ. މަޖިލީހުގެ ރައީސް އާއި ނުވެސް ބެހޭ ކަމެއްގެ ތެރެއަށް ބޯ މަހައި ގަތީމާ އަތަށް ގޮވަނީ

    16
  4. ބަބުޅު

    ސަޔަކުން ހުރިހާކަމެއްކުރަން އުޅޭތީ ގައުމު އިންޑިޔާ އުގަށްވެއްޓިނިމުނީ! ގާނޫނާއި ގަވާއިދު ފޮލޯކުރީމަ ނިމުނީ! ސަޔަކުން ގާނޫނު ނުހިގާނެ!

    15
  5. އަހު

    ޝަމީމް ބުނުއްވިއަސް ބަންޑާރަނައިބު ބުނެގެން މީގެ ކުރިން ކާކުތޯ ހައްޔަރު ކުރީ ... އެފަދަ ލަފާ ދީފާ މީޑީއާ ކުރިމައްޗަަށް ނުކުތިމާ އަތަށް ގޮވީ އެފަދަ ލަފައެއް ދޭންޖެހޭނީ ދެ މުއްސަސާގެ ވެރިން ފެންވަރުގައި އަދި ސިޓީ ބިޓީ ބަދަލު ކުރަންޖެހޭނީ ސިއްރު ޖަހާފައި ބަންޑާރަ ނައިބަކަށް އަމުރެއް ނުކުރެވޭނި ދެވެނީ ލަފައެއް ... އަނެއްކާ ކޮމިޝަން އުފެއްދީ ކާކުތަ ބަންޑާރަ ނައިބުތަ މަޖިލިސް ރަޢީސް ތަ ނޫނީ ރައީސުލް ޖުމްހޫރިއްޔާތަ. މަޖިލީހުގެ ރައީސް އާއި ނުވެސް ބެހޭ ކަމެއްގެ ތެރެއަށް ބޯ މަހައި ގަތީމާ އަތަށް ގޮވަނީ ސައި ބުޔަސް ޖޫސް ބުޔަސް ސަރުކާރު ހިންގަން ނޭގޭތީ މިހުރިހާ ކަމެއް ވަމުން މިދަނީ

  6. ކޮރަލް

    މަރުތައް ބަލާ ކޮމިޝަނެއް ނޫނެވެ. ރިލްވާން މައްސަލަ އެކަނި ބަލާ ކޮމިޝަނެވެ. 10 ވަރަކަށް މީހުނެއް ނޫނެވެ. ދިވެހި ދައުލަތާއި ފުލުހުންގެ ވާހަކަ އެދަނީ ބުނަމުންނެވެ.

    14
  7. އަދާލަތު

    ރިޔާސީ ކޮމިޝަނަކުން ބައްލަވާ މައްސަލައެއްގެތެރެއަށް ބާރުގެ ބޭނުންކުރައްވައިގެން ފުލުހުން އަތްގަދަކުރެއްވުމަކީ، މަޞްލަޙަތު ފުށުއަރާކަމެއް. ހައްޔަރުކުރަންޖެހޭމީހަކު ހައްޔަރުކޮށްގެން އިތުރު ބަޔާނެއް ނެގުމަށް ބޭނުންފުޅުވާކަމަށް ފުލުހުންގެ މުވައްސަސާގައި އެދިވަޑައިގަންނަވަންވާނީ، މައްސަލަ ބައްލަވާ ކޮމިޝަނުން. ފުލުހުން ތިއްބެވީ ކޮމިޝަނަށް އެއްބާރުލެއްވުން ދެއްވުމަށް ތައްޔާރަށްކަމުގައި ތަކުރާރުކޮށް އެ ގެންދަވަނީ ފުލުހުން ވިދާޅުވަމުން.

  8. ކެއްތެރިއާ

    ތިކޮމިސާނަކީ މަރުތައް ބަލާކޮމިސަނެއްނޫން ތިކޮމިސަނަކީ ރިލުވާނުގެ ކޮމިސަން މިހާރު އެބަޖެހޭ ތިރިލުވާނު އަކީ ކާކުތޯ ބަލަން އެއީ އޭނާގެވާހަކަނޫން ވާހަކައެއް ނުދެއްކޭ ކޮންބަަަަައެއްތޯ ވަރައްފަހުން ގެއްލުނު ޒުވާއަންހެންކުއްޖާގެވާހަކަދައްކަނީ ޑިންގީ އަށް އެކަނި ލާއިގެން ގެންގޮސް ގެއްލުނީ ކާކުތޯ އެވާހަކަދައްކަނީ ތިރިލުވާނަކީ މާވަރުގަމީހަކަށް ހަދާއިގެން ބަޔަކު މިއުޅޭ ސަބަ ބުކޮންމެވެސް ބަޔަކުއެބަޖިހޭހޯދަން

  9. އެމްއެމް

    މަޖިލީސްގެ ރައީސާއި ހުސްނުއަލް ސޫދު ގުޅިގެން އިބޫ ޞާލީޙްގެ ދުވަސް ދުއްވާލަނީ ސަޅިދޯ މަޖިލީހުން ސަރުކާރު ޖަބަވާބުދާރީކުރުވާގޮތް ފަށްކާ އިނގެ.

  10. އަސްލުމައްސަލަ

    ދިމާވެގެން އުޅޭމައްސަލައަކީ ތިންބާރެއްއޮވެފަ ތިންބާރުއެކުވެފައޮތީމަ ވެރިކަންކުރާނީކޮންބާރަކުންކަންނޭންގިގެންއުޅޭ މައްސަލަ

  11. ހުސޭނުބޭ

    ކިނެއް ހޭ އެންމެން ސައިބޯނީ! އެކަކު ސައި ބޮންޏާ އަނެއްކަކު ބޮނީ ޑޮންޑޮން! ދެން އިންނަ ގޮލަޔަކު ކަރުދިގު ފުޅި! ކަލޭ ބޮނީ ކޯންޗެއް!

  12. ދިއްގާ

    ދެންކަލޭ ދޮބް މޫނާއެކު ކަނޑު ފަތާފަ އައިސް ކަލޭ ބުނާ ގޮތަށް މި ގައުމުގެ ގާނޫނީ އޮނިގަޑު އޮންނަންވީ؟؟؟!!! ދެބް ކަލޭ ފޮނި އަގަ ތަޅާފަ ދާތަނުން ސޫދު .ދއން އަނެއްލާ ސޫދު ބުނާގޮތަށް ގައުމު ހިންގަންވީ..ސަލާމަތެއް ނެތް

  13. Anonymous

    ފުލުހުންގެ މުޢަސަސާއަށް މަތިކޮށްފަވާ ޒިންމާ ކުޑަކޮށް އަދި ދައުރު މަސްހުނިވާގޮތަށް ކަންކަން ކުރުމުގެ ނަތީޖާ! ސީޕީ މ.ހަމީދުގެ ސްޓޭންޑަށް ސެލިއުޓް ކުރަން! ޢެކަން ވާންޖެހޭނީ ހަމަ އެހެން، އެ ބުނާ ކޮމިޝަނަށް ހައްުޔަރު ކުރުމުގެ ބާރު ލިބިފައިވާއިރު ލަސްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް!!

  14. އިހުސާނާ

    ދެން ސަމީމު ވެއްޖެ ނޫންތަ ބޮނޑު ގުޅަ ގަނެދީގެން އެ ވެރިންނަށް ސައިދޭން!