ޖުމްހޫރީ ޕާޓީގެ އިއްޒަތާއި ގަދަރަށް އުނިކަން ލިބޭ ކަމެއްކޮށްފައި ވާތީ ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްސަލަ ބަލަން އެދިއްޖެ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ޕާޓީގެ ކައުންސިލް މެންބަރަކު ޖޭޕީގެ ލީޑަރަށް ފޮނުއްވި އެ ސިޓީގައި ވަނީ، ޑރ. ޖަމީލް، ގާސިމްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނަވައިގެން އިދިކޮޅު ލީޑަރ ކުރީގެ ރައިސް އަބްދުﷲ ޔާމީންއާއެކު އދ. އަތޮޅުގެ ރަށްތަކަށް އިދިކޮޅު ކޯލިޝަން ޕްރޮމޯޓް ކުރުމަށް ދަތުރުކުރުމަކީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުކަމެއް ކަމަށެވެ. އެހެންވެ އޭނާގެ ސުލޫކީ މައްސަލަ ބަލާދިނުމަށް އެދި ހުށަޅާކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ، ޖޭޕީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވުމުގެ އިތުރުން ޖުމްހޫރީ ފިކުރަކީ ރައްޔިތުންގެ މެދުގައި މަގުބޫލު ފިކުރަކަށް ހަދައި އެ ފިކުރު ދިރުވާ އާލާ ކުރުމަށާއި، ޕާޓީ ވަރުގަދަކޮށް މެމްބަރޝިޕް އިތުރު ކުރުމަށް ގާސިމް ފައްޓަވާފައިވާ ދަނޑިވަޅެއްގައި، ގާސިމްގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނަވައިގެން ޖޭޕީގެ އިއްޒަތާއި ގަދަރަަށް އުނިކަން ލިބޭ ގޮތަށް ޑރ. ޖަމީލް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ގާސިމްގެ އެޑްވައިޒަރެއްގެ މަގާމުގައި ޑރ ޖަމީލް ބަހައްޓަން އެކަށީގެންނުވާ ކަމަށާއި، ޑރ. ޖަމީލްގެ ސުލޫކީ މައްސަލައި، އޭނާ އެ މަގާމުން ވަކިކޮށްދިނުމަށް ވެސް އެ ސިޓީގައި ވެއެވެ.

ޑރ. ޖަމީލްއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އޭނާ ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕަޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ މެމްބަރުކަމަށް ވާދަ ކުރައްވާފައެވެ. ނަމަވެސް އެ އިންތިޚާބުގައި އޭނާ ނާކާމިޔާބު ވެވަޑައިގަތްފަހުން ޖޭޕީގެ ހަރަކާތްތަކުން ނުފެނެއެވެ.

ޖަމީލު ވިދާޅުވީ، އޭނާ މިހާރު ހުންނެވީ އިދިކޮޅު ކޯލިޝަނާއެކު ކަމަށެވެ. އަދި އޭނާ އެ ކޯލިޝަނާއި ގުޅިވަޑައިގަތީ ރައްޔިތުންނަށް ގޮތެއް ހޯދާ ދިނުމަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އޮނހިޔަލަ

    މާބޮޑު ޢިއްޒަތެއް ލިބިފައޮތީތަ އެއް އިރެއްގައިވެސް، ޢިއްޒަތްލިބުނީ ނަހުލާއަށް

    13
  2. ތަހުތު

    ޖުމްހޫރީޕާޓީ އަކީސޭޓުއަތުލާރިހުރީތީ ފިކުރަކައްވީ ނޫނީ ހަމަ ޑަސްބިން

    16
  3. ޔާމިން

    ނުޖެހޭބަލާކައް އެހެދީރަގަލައް ދެންތިބިމީހުންވެސްއަންނަންވީ ތަރައްގީގެވެރިޔާ ޔާމިންކަރިއައް

    17
    3
  4. މާރިޔާ

    ޖަމީލްތިހެދީރަގަޅައް

    19
    1
  5. ނަޝީދު

    ކަންކުރިގޮއްގޯހެއްނޫން ހަމަ ޔާމިންވަރެއްނެއް

    16
    4
  6. ސޭޓް އަންހެނުންގެ ފިރިމީހާ

    ދެން ތިކަމުން ކަލޭމެންނަށް އޮތީ ކޮންފައިދާއެއްތަ؟ ސޭޓް ހިއްވަރެއް ހުރިއްޔާ ތިމައްސަލަ ބަލާފަ ޑރ.ޖަމީލު ތިޕާޓީން ނިކަން ބޭރުކޮއްލަބަލަ

    6
    1