މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމުގެ މަޤާމަށް ޢަލީ ޙާޝިމް އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު އޮތް ރަސްމިއްޔާތެއްގައި އެމްއެމްއޭގެ ގަވަރުނަކަމުގެ މަގާމަށް ހަމަޖައްސަވާއ އެކަމުގެ ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ޙަވާލުކުރައްވައިފައެވެ.

ޢަލީ ޙާޝިމް، އެމްއެމްއޭގެބޭންކުގެ ގަވަރުނަރަކަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

އޭނާ ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2008ވަނަ އަހަރުން ފެށިގެން 2010ވަނަ އަހަރާއިހަމައަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައެވެ.

ކުރިން ގަވަރުނަރުގެ މަގާމުގައި ހުންނެވީ އަހުމަދު ނަސީރުއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދީފައި ވަނީ، ޖުލައި 24 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުވާ

    މިވަަގޮތް މިތިބީ ވިސްނަން މަނިކުފަނު ހީވަނީ ދަވްލަތް ހަލާކުވާ ރަގަޅުބަދަލެއްކަމަށް

  2. ހުވަދޫ ޑޮކް

    މަރުޚަބާ ޙާޝިމް ސަރ އަށް !! މި ޤަޢުމުގެ ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލެއް ދިވެހިރާއްޖޭގެ ސެންޓްރަލް ބޭންކަށް އަންނާނެ ކަމަށް އުންމީދުކުރަން.... މިނިކުފާނަށް ބެސްޓް އޮފް ލަކް

  3. މުނީޒާ

    އެއާރޕޯޓްޖީއެމް އާރަށް ދިނުމުގައި އެންމެ އިސްރޯލެއް އަދާކުރީ މީނާ. މިކަން ރައްޔިތުން ގަބޫލުކުރަންޖެހޭނެ

  4. މުފައްކިރު.

    މިފެންވަރުގެ މީހުނަށް އެމް އެމް އޭ ގެ ގަވަރނަރ ކަން ދިނީމާ އެބުނާ ޒީރޯ ޓޮލޮރަންސަށް ދާނެ. މިތިބީ ކުޅޭ ކުޅޭ މަޤާމު ތަކެއްނޫން.

  5. ތަރިކަ

    ދިވެހިރާއްޖޭގެ ޚަޒާނާގެ ގޮރުނުދޯރުކަން އަލީހާޝިމައް ދެއްވައިފި