މަސްތުވާތަކެތީގެ ތެރެއިން މާލޭގައި އެންމެ ގިނަ އަދަދަކައް ބޭނުންކުރަނީ ހެރޮއިން (ހަކުރު) އާއި ކެނަބިސް ތެޔޮކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ހަދާފައި ވަނީ މާލެ ނުވަ ސަރަހައްދަކަށް ބަހާލައި އެ ނުވަ ހިސާބަށް 24 ގަޑިއިރު ތެރޭގައި ބޭރުވި ނަޖިސް ފެން ތަހުލީލުކޮށްގެންނެވެ. ކޮންމެ 12 ގަޑިއިރަކުން އެ ނުވަ ސަރަހައްދުން ބޭރުވާ ނަޖިސް ފެނުގެ ސާމްޕަލް ނަގާފައިވެ އެވެ. އަދި އެ ސާމްޕަލްތަކުގައި އެކުލެވޭ ބޭހާއި، މަސްތުވާތަކެއްޗާއި، ކެފެއިން އާއި، ދުންފަތާއި، ރަލުގެ މިންވަރު މިންކޮށްފައިވެ އެވެ.

ނަޖިސް ފެނުން ފެނުނު މަސްތުވާތަކެތި:

 • ކޮކެއިން
 • ހެރޮއިން (ހަކުރު)
 • ކެނަބިސް (ޓީއެޗްސީ. ތެޔޮ ނުވަތަ މަރުވާނާ ފަތް)
 • އެމްފެޓަމިންސް
 • މެތެމްފެޓަމިން (މެތް)
 • އެމްޑީއެމްއޭ (އެކްސްޓަސީ)

އެ ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި މާލޭގައި އެންމެ ގިނަ މީހުން ބޭނުން ކުރަނީ ކެނަބިސް ނުވަތަ ތެލެވެ. އެވަރެޖް ގޮތެއްގަ ބަލާއިރު ދުނިޔޭގެ އެހެން ގަމުތަކުގަ ބޭނުން ކުރާ އަދަދާ އެއްވަރެއްގެ އަދަދެއްކަމައް ދިރާސާއިން ދައްކައެވެ.

މާލޭގައި ދެވަނައަށް އެންމެ ގިނައިން ބޭނުން ކުރަނީ ހެރޮއިން ކަމަށް ދިރާސާއިން ދައްކަ އެވެ. އެއީ ދުވާލެއްގެ މައްޗަށް 18 ގްރާމެވެ. ޑޯޒް އިން ބަލާ ނަމަ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 600 ޑޯޒެވެ. މި އަދަދަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހެރޮއިން ބޭނުން ކުރާ މިންވަރާ އަޅާ ބަލާ އިރު ގިނަ އަދަދެއް ކަމަށް ދިރާސާގައިވެެ އެވެ.

ދިރާސާ ރިޕޯޓުގައިވާ ގޮތުން މާލޭގައި ކޮކެއިން އާއި އެމްފެޓަމިންސް ބޭނުން ކުރާ މިންވަރު ނިސްބަތުން މަދެވެ. ދުވާލެއްގެ މައްޗަަށް 0.1 ގްރާމުގެ ކޮކެއިން ބޭނުން ކުރާ އިރު 0.4 ގްރާމުގެ އެމްފެޓަމިނިސް ބޭނުން ކުރެ އެވެ. ދުވާލެއްގެ މައްޗަށް ބޭނުން ކުރާ މެތޭންފެޓަމިންގެ އަދަދަކީ 0.5 ގްރާމެވެ. އަދި ދުވާލެއްގެ މައްޗަށް 1.2 ގްރާމުގެ އެމްފެޓަމިންސް ބޭނުން ކުރެ އެވެ.

މާލޭގައި ދުވާލެއްގެ މައްޗަށް ކޮންމެ 1000 މީހަކަށް 1.3 ލީޓަރުގެ ރާ ނަޖިސް ފެނުގައި ހިމެނޭ ކަމަށްވެސް ދިރާސާއިން ދައްކަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މި އަދަދު އުޅެނީ ކޮންމެ 1000 މީހަކަށް ހަޔަކާއި 44 ލީޓަރާ ދެމެދު އެވެ.

ރިޕޯޓުގައިވާ ގޮތުން ކެފެއިން އާއި ދުންފަތް ރާއްޖޭގައި ބޭނުން ކުރަނީ އެހެން ގައުމުތަކުގައިވެސް އެވަރެޖުކޮށް ބޭނުން ކުރާ މިންވަރަށެވެ.

މި ދިރާސާ ހެދި ފަރާތުން ބުނާ ގޮތުގައި މި ދިރާސާގެ ސަބަބުން ޑްރަގް ޕްރިވެންޝަން ޕްލޭނުތައް ހެދުމަށް ފަސޭހަވެގެންދާނެ އެވެ. އަދި ކަމާ ބެހޭ ފަރާތްތަކަށް މަސްތުވާތަކެތި ބޭނުން ކުރުމާ ބެހޭ މުހިންމު މައުލޫމާތުތައް ލިބިގެންދާ ކަމަށް ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ާއެނޮން

  ހަނޑުލާ ފުށް ކިހިނެއްވަނީ

  14
 2. ދޮންބެ

  އެހެންވީމާ ކޮންމެ ގެއެއްގެ ކޮންމެ އެޕާރޓްމެންޓެއް ވަކިން ޓެސްޓް ކުރެވޭ ގޮތަށް ޢިމާރާތް ކުރަންވީ. އޭރުން މީހުން ފަހާ ދުވާކަށް ނުޖެހޭނެ.

  14
  1
  • ތިއޭ އެއްކަލަ

   އޭރުން ދެން ފެންނާނީ މީސްމީހުން ގެ ކުރިމަތިން ކަންނޭގެ ހުރިހާ ނަޖިހެއް

 3. އިބްރާ

  ލާދީނީ މީހުންނަށް އަޅުގަނޑު ގޮވާލާނީ އިތުރަށް ރާއްޖެ ގޯސްކުރަން ނޫޅޭށެވެ. މިހާރުވެސް ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ހުރީ ދުނިޔޭގެ ނުބައިގައުމު ތަކެކޭ އެއެއްވަރު ވެއްޖެއެވެ.

  14
  3
 4. ަފަލިނަރަ

  ތިޔައީ ކެއުމަށް ބޭނުން ކުރާ ބާވަތް ތައް.....

  11
 5. ބޮވޭނެ ބޮވެންޖެހޭނެ..

  ތިކަންވެސް ބޮޑަށް އިނގޭނީ ގަންޖާ ނަޝީދުއަށް.

  3
  1
 6. ޖިންނި

  ތި ކަމުގެ އެންމެ ކުރީގަ އުޅޭނެ އެމް ޑީ ޕީ ގެ ރޫޙާނީ ލީޑަރު ޖެޒުއިޓޭ

  3
  1
 7. އަހްމަދު

  މިދިރާސާއިން ބެލިތޯ ދިވެހިންގެ ނަޖިހާއި ބޭރުމީހުންގެނަޖިސް ވަކިން. އެހެން ނުބަލާކަމަށްވަންޏާ މީ ދިވެހިން މަސްތުވާތަކެތި ބޭނުންކުރާ އަދަދުތަކެއްކަމުގައި ނުބެލެވޭނެ. މިގޮތަށްސުރުޚީޖެހީމާ ކޮންމެ މީހަކުވެސް ހިތަށް ގެނެވޭނީ މާލެގައި އުޅޭ ރާއްޖޭމީހުން. މިކަހަލަ ފޭކު ދިރާސާ ހަދައިގެން ތިޔަބުނާ ޑްރަގް ޕްރިވެންޝަން ޕްލޭނަކުން ކުރާނެފައިދާއެއްނޯންނާނެ.

  6
  3