ވަގު ޕާސްޕޯޓް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެން ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތް ކުރި މީހަކު އިމިގްރޭޝަނުން ހުއްޓުވާފައިވާކަމަށެވެ.

ޝަހުޝު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނީ ފިރިހެނެކެވެ. އޭނާ ހިފަހައްޓާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އިމިގްރޭޝަނުން އެ މިހާއާ ގުޅޭ އިތުރު މައުލޫމާތެެއް ދީފައެއް ނުވެއެވެ. އެހެންކަމުން އެއީ ކޮން ގައުމަކުން ރާއްޖެ އައި މީހެއް ކަމެއް އެނގިފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓްގައި ދަތުރުކުރާ މީހުން ދެނެގަތުމަށް ރާއްޖޭގައި ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖެ އަކީ އިންސާނީ ވަގުފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަބެއްގެ ގޮތުގައި ބޭނުންކުރާ ގައުމެއް ކަމަށް ބައިިނަލްއަޤުވާމީ ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

މިއަދު އިމިގްރޭޝަނުން އަތުލައިގަތް މީހާގެ މަންޒިލަކީ ރާއްޖެ ކަމެއް ނުވަތަ ރާއްޖެ މެދުވެރިކޮށް އެހެން ގައުމަކަށް ދަތުރު ކުރަން އޭނާ ނިންމާފައި އޮތް ކަމެއް އަދި އިމިގްރޭޝަނުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ތިއީ ބޮޑު ޖޯކެއް

    ތިއީ އާކަމެއް ނޫން. ބަނގްލަދޭޝް ގިނަމީހުން އަންނަނީ ވަގު ޕާސްޕޯޓް ބޭނުންކޮށްގެން. އެމީހުން ފަޅާއަރާ ތަނެއް ނުފެނޭ.

    36
    1
    • ާއަޙްމަދު

      އެމީހުން ނާންނަ ނަމަ ރާއްޖޭގެ އެއާލައިން ބަގުރޫޓު ވާނެއޯ.

      15
      5
    • ފިރާގު

      އުމުރު އޮޅުވައިލަިއގެން އަންނަ ބަންގާޅު މީހުން އަތުލަ ބަލަ.

  2. ކުނިމޫނުހުސްނު

    ސޫ ޫ ޫ ޫދު ކުރެން އަހާލަދީބަލަ އަލްގައިދާ މީހެއްތޯ އެއީ.

    27
    2
  3. ކިނބޫ

    އެވާނީ އަހަރުމެންގެ ކްރޭޒީ ސްޕީކަރ ގެނައި އަލްގައިދާ މީހަކަށް.

    21
  4. ނަމަ

    ޢާކުކުޅު އަށް ގާބިހެއް އެޅުނީތަ

  5. ހުދުހުދު

    ކޮބާ ސުއޫދު. ކޮން ގްރޫޕެއްގެ މީހެއްތަ އައީ. އަލްގައިދާތަ؟ އައިއެސް ތަ؟ ޖަބަހަތުއް ނުސްރާ ތަ؟ ބަލާފަ އަހަރުމެންނަށް އަންގާލަބަލަ

    16
  6. ހުސެން

    އިޒުރޭލް މީހެއްތަ؟

    15
  7. ޓެރަރިސްޓް ގޭމް

    ތިއީ އިންޑިއާއިން މިތާ ބޮން ގޮއްވަން ގެނައި ބައެއް ކަމަށް ވާނީ.

    14
    1
  8. ހަނިކާރު

    ދެމީހެއްގެ ފޮޓޯޖަހާފަ އިނީ މިތަނުންް ކާކުބާ އެތެރެވާން އުޅުނީ