އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ދިވެހިރާއްޖޭގެ ވެބްސައިޓަކަށް "ވަގުތު" ވެބްސައިޓް ވެއްޖެއެވެ.

އެންމެ ގިނަ ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓަކީ "ވަގުތު" ކަމަށް ރޭންކް ކޮށްފައި ވަނީ ވެބްސައިޓްތައް ރޭންކް ކުރާ އެމެރިކާގެ ވެބްސައިޓެއް ކަމަށްވާ "ސިމިލާވެބް" އިންނެވެ. ވެބްސައިޓް ރޭންކް ކުރާ "އެލެކްސާ" ގައި އެންމެ ގިނަ ދިވެހިން ވަންނަ ވެބްސައިޓެއްގެ ގޮތުގައި "ވަގުތު" އޮންނަތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެއެވެ.

"ސިމިލާވެބް" އިން މިމަހު އާއްމުކޮށްފައިވާ ރޭންކިން އަށް ބަލާއިރު ދިވެހިން އެންމެ ގިނައިން ވަންނަ ވެބްސައިޓްތަކުގެ ތެރެއިން "ވަގުތު" އަށް ލިބެނީ ހަވަނަ އެވެ. "ވަގުތު" އަށް ވުރެ ކުރީގައި ހިމެނެނީ ގޫގްލް، ޔޫޓިއުބް، ފޭސްބުކް އާއި އެހެން ދެ ވެބްސައިޓެކެވެ.

"ވަގުތު" އަށް ވުރެ ފަހަތުން ދިވެހިން ދެވަނަ އަށް އެންމެ ގިނައިން ވަންނަ ރާއްޖޭގެ ވެބްސައިޓެއްގެ ގޮތުގައި އޮތީ އޮންލައިން ނޫސް "ސަން" އެވެ. އެއީ ރޭންކިންގެ ހަތްވަނަ އެވެ. ދިވެހިން ތިން ވަނަ އަށް ވަންނަ ރާއްޖޭގެ ވެބްސައިޓަކީ އޮންލައިން ނޫސް "މިހާރު" އެވެ. އެ ސައިޓް އޮތީ ރޭންކިންގެ ނުވަ ވަނައިގައެވެ.

ރާއްޖޭގެ އެހެން ވެބްސައިޓްތަކަށް ބަލާއިރު އޮންލައިން ނޫސް "އަވަސް" އޮތީ 14 ވަނައިގައެވެ. އޮންލައިން ނޫސް "ރާއްޖެއެމްވީ" އަށް 34 ވަނަ ލިބޭއިރު "މިއަދު" ނޫސް 38 ވަނައިގައި އެބައޮތެވެ. "ސީއެންއެމް" 42 ވަނައިގައި އޮތް އިރު "ދޯ" އޮތީ 46 ވަނައިގައެވެ. ރާއްޖޭގެ އެހެން އެއްވެސް ނޫހެއް އެންމެ ގިނައިން ދިވެހިން ވަންނަ 50 ވެބްސައިޓްގެ ތެރޭގައި ވެސް ހިމެނިފައެއް ނެތެވެ.

އެންމެ ގިނައިން ދިވެހިން ވަންނަ ރާއްޖޭގެ ވެބްސައިޓަކަށް "ވަގުތު" ވެފައިވާއިރު "ވަގުތު" އިން ވަނީ އެންމެ އަވަހަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިނގާ ކަންތައްތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި ކިޔުންތެރިންގެ އިތުބާރު ހޯދާފައެވެ.

މިހާރު ކޮންމެ ދުވަހަކު އެވްރެޖްކޮށް 160000 އަށް ވުރެ ގިނަ މީހުން "ވަގުތު" ވެބްސައިޓަށް ޒިޔާރަތް ކުރެއެވެ.

"ވަގުތު" އިން ބުނީ ރާއްޖޭގެ އެންމެ މަގުބޫލް ވެބްސައިޓްގެ މަގާމު ދެމެހެއްޓުމަށް ކިޔުންތެރިން ޝައުގުވެރިވާނެ ގޮތައް ކުރިއަށް އޮތްތަނުގައި ވެސް ޚަބަރުތައް ގެނެސްދިނުމުގައި "ވަގުތު" ދެމިއޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަބުދުﷲ

    ހަމްދާއި ޝުކުރުހުރި، ވަގުތު ނޫހަށް އިތުރު ކާމިޔާބީ އަކަށް އެދެން، އަދި ބަދަލުވުމެއްނެތި ތިޔަގޮތުގައި ދެމިތިބޭނެ ކަމަށް ވަރަށް އުއްމީދު ކުރަން.

    64
    13
  2. ކިނބޫ

    ގަދަ އިނގޭ. މަރުހަބާ ވަގުތު ޓީމު. ތިގޮތުގަ ކުރިއަށްދޭ.

    63
    14
  3. ދދދދދދ

    ތިއެއްނޫނޭ ފުލުހުން ތިމަންނައަށް ފާރަލައޭ ޖިޔާފަ އެއްކަލަ ޗޯބެ ބިރުން އެބަ ރޮއި. ބިންމައްޗަށް ވެއްޓި ހަތަރެސްފައިން ވައްތަރު ޖައްސާ އަނގައިން ފޮނު އަރުވަންކަންނޭނގެ މިހާރު އޮންނާނީ. ނިކަން އަވަސް މަގަކުން އެޚަބަރު ގެނެސްދީބަލަ. އެމްވީ.ކްރައިސިސް އިން މިކިޔަނީ ހެޔޮ ވާހަކައެއްތޯ ބަލާބަލަ. ވަގުތުގަ ޖެހީމައޭ ކަށަވަތު ކުރެވޭނީ.

    42
    12
  4. މައިކާލޯ

    މަރުހަބާ ވަގުތު ނޫސް ޓީމު....????

    28
    9
  5. ޭހާލުގެ ދުލުން

    މަރުޙަބާ ވަގުތުނޫސް ކުދިންނަށް

    26
    9
  6. ޞިރާޠު

    ވަގުތަށް އެންމެ ގިނަ ދިވެހިން ޒިޔާރަތްކުރަނީ މިއަދުގެ ބޮޑުން ސަރުކާރުން ކުރާ ވައްކަންތަކާ ދޯހަޅި ސިޔާސަތުތައް ހޫނުކޮށް ގެނެސްދދިނުމާ ބޭރުގެ ޚަބަރުތައް ތާޒާވީމައެވެ. .

    28
    10
  7. ގުދު

    މައެކަނިވެސް ދުވާލަކު100ފަހަރު ވަދެވިފަ ހުންނާނީ ވަގުތު ވަރެއް ހަމަނެއް

    31
    9
  8. އައިސް

    ސާބަސް ވަގުތު..

    19
    8
  9. علي وحيد

    حمدއާއި سكر ކުރަނީ الله سبحانه وتعالى އަށް،، ވަގުތު ނޫހަށް އިތުރު ކުރިއެރުމަށް އެދެން

    14
    4
  10. ސީނު

    މަރުބާ ވަގުތު ކުދިންނަށް! ވަގުތު ސައިޓަށް ނުވަންނަށް ހުއްޓަސް ވަދެވޭ....މީހަމަ އަޖައިބެއް

    10
    2
  11. ތަރުޖަމާނު

    ތިކަމުންވެސް އެގެނީ މިޤައުމުގެ ތަރައްޤީގެ ބާނީ އަށް އޮތް ތާއީދު،