ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާއަށް ފުރަން ހަމަޖެހިފައި އޮތް ފްލައިޓަކުން ފުރަން ހަމަޖެހިފައި އޮތް ބަންގްލަދޭޝް ބަޔަކު ފުރަން ފްލައިޓަށް އަރަން ދިއުމަށް ފަހު ފިލުމުން ފްލައިޓް ޑިލޭ ވެއްޖެއެވެ.

ސްރީލަންކަންގެ ފްލައިޓް ފުރަން ހަމަޖެހިފައި އޮތީ މިރޭ 20:50 ގައެވެ. ނަމަވެސް ހަތަރު ފަސެންޖަރުން ފިލުމުން އަދިވެސް ފްލައިޓް އޮތީ ނުފުރިފައެވެ.

ބަންގްލަދޭޝްގެ ހަތަރު މީހުން ފިލީ ފްލައިޓަށް އެރުމަށް ސިޑި ކައިރިއަށް ދިޔުމަށް ފަހު އެވެ. އޭގެ ތެރެއިން އެކަކު އެއާޕޯޓު ސެކިއުރިޓީން ވަނީ ކާގޯ ޓާމިނަލްގެ ތެރެއިން ހޯދައިފަ އެވެ. ނަމަވެސް އޭނާ ދެ ވަނަ ފަހަރަށް ފްލައިޓަށް އެރުވުމަށް ފްލައިޓްގެ ކެޕްޓަން ވަނީ ދެކޮޅު ހަދާފައެވެ.

ޑިލޭ ވެފައިވާ ފްލައިޓަކީ ސްރީލަންކާގައި ޓްރާންސިޓް ކުރުމަށް ފަހު ބަންގްލަދޭޝް އަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓެކެވެ.

ޑިލޭ ވެފައިވާ ފްލައިޓް ފުރާނެ ގަޑިއެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާަޕޮގުބާ

    ތިވާނީ ބޮޑެތި ވަގުންނަށް

  2. Anonymous

    ހއ.ކެލާގެ ސިއްހީމަރުކަޒު ޖަޒީރާވެއްޖެ.ހުރި ޑޮކުޓަރުވެސް ފޮނުވާލާ މިހާރު ބަލިމީހުން ބަލަނީ ހެލްތު ވޯކަރު

  3. އަޒާ

    އެއީ މިހާރު ޑީޕޯރޓް ކުރާގޮތަކީ...