މިރޭ މާލޭގައި އަންހެނެއްގެ އަތް ދަބަސް ފޭރިގަންނަން އުޅުނު ދެ މީހަކަށް އެކަން، ކާމިޔާބު ނުވެ ފިލަން މަޖުބޫރުވެއްޖެއެވެ.

މިރޭ 12:15 ހާއިރު ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުނޫޒް ކުރިމަތިން އަންހެނެއްގެ އަތް ދަބަސް ފޭރިގަނެގެން ފިލަން މަސައްކަތް ކުރީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

މަންޒަރު ދުށް މީހަކު "ވަގުތު"އަށް ބުނީ، ސައިކަލެއްގައި ދިޔަ ދެ މީހުން އެ އަންހެން މީހާގެ އަތް ދަބަހުގައި ހިފާފައި ދަމައިގަތުމުން އެ އަންހެން މީހާ މަގުމައްޗަށް ވެއްޓުނު ކަމަށެވެ. އެ އަންހެން މީހާ ވެއްޓުނު ނަމަވެސް، އެ އަތް ދަބަހުން ދޫނުކުރުމުން، ސައިކަލުގައި ދިޔަ ދެ މީހުން އެ އަންހެން މީހާ މަގުމަތީގައި ދަމާފައި 10 ވަރަކަށް ފޫޓަށް ގެންދިޔަ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

މިގޮތަށް ކަންތައް ކުރުމުންވެސް އެ އަންހެން މީހާގެ ދަބަސް، ފޭރެން އުޅުނު ދެ މީހުންނަށް ލިބިފައެއް ނުވެއެވެ. އެންމެ ފަހުން އެ މީހުން ޖެހުނީ އަމާން ދީފައި ދާށެެވެ.

މި ހާދިސާގައި އެ އަންހެން މީހާއަށް އަނިޔާއެއް ވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވެފައި ވެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

މާލޭގައި ވައްކަމާއި ފޭރުން ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލަޤީޠާ

    ވޯޓުން ވައްކަންކޮށް ފޭރުނު ސަރުކާރުގައި އޮންނާނީވެސް ފޭރުން.

    19
    5
  2. ޖަހާންގީރު

    ޢަޖާއިބް ފުލުހުން އަބަދުވެސް ސޭމް ޝިޓް '' …. އިތުރަށް ތަޙްޤީގު ކުރަމުން '' އެވަރުން އެވެރިންގެ މުސާރަ ޙަލާލުވީ

    7
    1
    • އަޅޯ

      އެވެސް އިންސާނުން ކަމާއި އެމީހުން ވެސް.ޖެހޭނީ ކަންކަން ހޯދާން ކަން ގަބޫލު ކުރޭ ބުރޯ

  3. ޞައްދާމު

    ކުރީ ސަރުކާރުން ދީފައި ހުރި ތަރުބިއްޔަތު

    5
    6
  4. ކުރީ ސަރުކާރު

    ކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރުކާރުކުރީ ސަރު