ކަރަންޓާއި ނުލާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަރަށް ގެއްލުންވެއްޖެކަމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ސޯބެ މިގޮތަށް ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ސޯބެ ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓް މައްސަލައަށް ދާއިމީ ހައްލެއް ފެނަކަ އިން ހޯދާ ނުދެވުނު ކަމަށެވެ.

އަދި މައްސަލަ ދިމާވާ ކޮންމެ ފަހަރަކު އިންތިހާއަށް ބޮޑު ހަރަދު ކުރާ ކަމަށް ސޯބެ ވިދާޅުވިއެވެ.

"މިރޭ ކަރަންޓާއި ނުލާ އަށް ގަޑިއިރު ވެއްޖެ. ރައްޔިތުންނަށް ވަރަށް ގެއްލުންވެއްޖެ". ސޯބެގެ ޓްވީޓުގައި ވެއެވެ.

ސޯބެ ވަނީ މިކަމަށް ސަރުކާރުންވެސް ދާއިމީ ހައްލެއް ހޯދައިދެއްވުން އެދޭ ކަމަށް ވިދާޅުވެފައެވެ.

މިއަދު ހަވީރު 16:30 ގައި އައްޑޫ ސިޓީގެ ގުޅިވައިވާ ރަށްތަކުން ކަރަންޓް ދިޔަ ގޮތަށް އެ ސިޓީގެ ބައެއް ރަށްތަކަށް ކަރަންޓް ލިބިފައެއް ނުވެއެވެ. ބައެއް ރަށްތަކަށް ކަރަންޓް ލިބިފައި ވަނީ މަދު ވަގުތުކޮޅަކަށެވެ.

ފެނަކަ އިން ކުރިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުނީ ޕަވާ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ހައްލު ކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.

ފެނަކަ އިން މިގޮތަށް ބުނި ނަމަވެސް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑުނު ސަބަބު އަދިވެސް ހޯދިފައި ނުވާ ކަން "ވަގުތު"އަށް ވަނީ އެނގިފައެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް މާލެއިން ޓެކްނިކަލް ޓީމެއް އައްޑޫއަށް މިހާރު ދަތުރުކުރަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

އައްޑޫގެ ރަށްތަކުން ގިނަ އިރުތަކަކަށް ކަރަންޓް ކެނޑުމުން މިރޭ ބައެއް ކުދިން ވަނީ މަގުމަތީގައި ތިބެ ނިދާފައެވެ. އަދި ބައެއް ފިހާރަތަކުގައި ހުރި މުދަލަށް ގެއްލުން ލިބިފައިވާ ކަމަށް ވިޔަފާރިވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޙުސެން

  އަންދާ ސިޓީ. ތީ މަކަރުވެރި ރޭވުމަކާ ވައްތަރީ

  17
  11
 2. ބަލާމީހާ

  އައްޑޫ ކައުންސިލް ވަގުތުން އިސްތިއުފާދޭންވީ.

  22
  21
 3. ާަޕޮގުބާ

  އަތަށްގޮވީ ސަރުކާރުގެ ފެންވަރު މަގުމަތީ ގޯނިއަޅައިގެން ނިދުން ލަދެއްނުގަންނާނެ އެޖެންޑާ 7 ސަރުކާރު ތިއޮތީ

  22
 4. ޖަމީލު

  މިކަހަލަ ކިތަންމެ ކަމެއް ކުރިޔަށްއޮތްތަނުގަިއ ފެނިގެންދާނެ! ރައްޔިތުންނަށް ޢިބުރަތްތެރި ފިލާވަޅުތައް ކޮންމެ ދުވަހަކުހެން އެދަނީ ލިބެމުން. ޢިބްރަތް ޙާޞިލުކުރެވޭނީ ބުއްދިކުރާ ބަޔަކަށް!

  24
 5. ސަންތިމަރިޔަބު

  ޢެޖެންޑާ 19 ޔަށް މަރުހަބާ ކެއްކޮއްލާ ކެއްކުރިމީހާ ފުޅަށް ބުޑުގާއި އޮވެމަރުވީވެސް އެޖެންޑާ 19 ފުރިހަމަޔަށް ހިންގާލެވިއް ޖެއްޔާ ކަރަންޓު އެއްވެސް ވަރަކަށް ނުލިބޭނެ ހަރަދު ވެސް ވަރަށް ކުދަވާނެ ހަމަހިނި އަންނަނީ

  22
 6. މައިވޯޓް

  ދެންވެސް ކިޔާ ކުރީ ސަރުކާރޭ .. ބަލަ. މެއިންޓެއިން .ނުކުރެވުން އެއީ މިހާރުތިބި ބައެއްގެ. ޒިންމާއެއް..އެކަން ރަނގަޅަށް ނުވަނީ. ވެރިންގެ ދޯދިޔާ ކަމުން.. އައްޑޫ ރައްޔިތުންނައް .ކެއްތެރިކަން .ﷲ މިންވަރު ކުރައްވާށި ..އާމީންް...

  15
 7. ނަޝީދު

  ހަމަރަގަޅައްތިވަނީ

  15
 8. މާރިޔާ

  އިންޑިޔާއިން އެބައާދޭ

  14
 9. ކުޑަބަޖަރާ

  ބަލަ މޭޔަރޫ ޫ ! މިކަހަލަ ކަންތައް ޖަޒީރާގައި ހިނގާނެ. އަދި މިއަށްވުރެ މާގިނައިރު ކަރަންޓް ނެތިވެސް ތިބެން ޖެހޭނެ.

  14
 10. ޔާމިން

  ކެއްކުރޭއިރާދަކުރެއްވިއްޔާ އަހަރެންހަވާލްވަންދެން އޭރުން ދާއިމީހައްލެއްގެނެސްދޭނަންއިންޝާﷲ އަހަރެންބަދަލެއްނުހިފާނަން

  13
 11. ފަޚުރުރާއްޖެ

  އޯކޭވާނެންނު! ތިޔޭ ޖަޒީރާވަންތަ ކަމަކީ

 12. ކޮއްޔާ

  މޭޔަރޫ، ދުވާލު ދެދަޅަޔަށް ދަރިފުޅު މަދަރުސާ އަށް ގެންދަން ރައްޔިތުންގެ ކާރުގައި ރައްޔިތުންގެ ހަޒާނާއިން ތެޔޮ އަޅައިގެން ދުއްވާގޮތަށް ހަފްތާއަކު އެއްދުވަހު ކަރަންޓާއި ބޯފެނާއި ސިއްހީ ހިދުމަތާއި މަގުމަރާމާތު ކުރާމީހުންނާ މިފަދަ ރައްޔިތުންގެ އަސާސީ ހިދުމަތާއި ގުޅޭ މީހުންނާއި ބައްދަލުކޮށް އެވެރިން އެވެރިންގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރޭތޯ ބަލާބަލަ. މައިސަރުކާރުން ކުރާން ބުނާކަންތަށް އެބުނާ މުއްދަތުގައި ފަށައިގެން ނިންމާތޯ ބަލައި އެކަން ނުވާކަމަށްވަންޏާމު ރައްޔިތުންނަށް އެނގޭގޮތަށް މައިސަރުކާރަށް އެކަން ކުރުމަށް ގޮވާބަލަ.
  މަހަކު އެއްފަހަރު އިންޖީނުގޭގެ މެއިންޓަނެންސް ރިޕޯޓު ސިޓީ ކައުންސިލަށް ފޮނުވަންޖެހޭ ގޮތަށް ހަމަޖައްސައި، އިންޖީނުތަށް ހިންގަން ޖެހޭ ގަޑިހަމަކޮށް ކުރަންޖެހޭ އޯވަރހޯލް ކުރޭތޯ ބަލާބަލަ. އެކަން ނުކުރާ ކަމަށްވަންޏާމު އެކަންކަން އެކުންފުނިތަކުގެ ވެރިންނަށް އަންގައި އަދި މައިސަރުކާރަށް އަންގައިގެ ހައްލު ހޯދަބަލަ.
  ރައްޔިތުންގެ ހަޒާނާއިން ބޮޑު މުސާރަ ދީފައި ކަލޭމެން ބައިތިއްބާފައި ތިތިބެނީ ކާރުދުއްވައި އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގާކަށްނޫނޭ.
  ކަންކަން ކުރާން ނޭގެންޏާމު އިސްތިއުފާދީފައި ގޮސް ގޭގައި ތިބީމައި މިކަހަލަ ވާހަކަ ދައްކާކަށް ނުޖެހޭނެ.

 13. މިއަދު

  ކަރަންޓް ކެޑުމުންލިބުނު ގެއްލުމުގެ ޒިންމާ ކުރީސަރުކާރު ކަރަންޓުގެޑުމުން ކަރަންޓްބޭނުންނުކުރެވުމުން ކަރަންޓްބިލް ކުޑަވުމުގެ ފައިދާ މިސަރުކާރު

 14. ޑީޕީ

  ދެން ތިހެން ކިޔާނެ ކަމެއްނެތް. ވޯޓު ދިނީ މިސަރުކާރަށް. މަޑުން ތިބޭ. މިއީ ޖަޒީރާ ރާއްޖޭގައި ކަންހިނގާ ގޮތް.