އދ.ގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދެއްވާ ތަގުރީރު ދިވެހި ބަހުން އަޑުއިއްވައިދިނުމަށް އެދިއްޖެއެވެ.

ރައީސްގެ ކިބައިން މިގޮތަށް އެދިވަޑައިގަތީ ދިވެހި ބަހުގެ އެކެޑެމީގެ ރައީސް، އަޝްރަފް އަލީ އެވެ. އިއްޔެ ކުރެއްވި ޓްވީޓެއްގައި އަޝްރަފް ވިދާޅުވީ، ދިވެހި ބަހުން އދ.ގައި ރައީސް ސޯލިހު ތަގުރީރު ކުރެއްވުމުން ދިވެހި ޤައުމިއްޔަތުގެ ޝަރަފާއި ގަދަރާއި ހައިބަތު އުފުލޭނެ ކަމަށެވެ.

ރައީސް ސޯލިހުގެ އޮފިޝަލް ޓްވީޓާ އެކައުންޓު ޓެގުކޮށް އަޝްރަފް ކުރެއްވި އެ ޓްވީޓުގައި، ދިވެހި ބަހުން އދ.ގައި ތަގުރީރުކުރެއްވުމަށް އެދިފައިވާއިރު، އަޝްރަފް ވަނީ ދިވެހީންނަށްޓަކައި ދިވެހީންގެ އަޑު ދިވެހީންގެ ބަހުން އުފުއްލަވައިދެއްވުމަށް ރައީސަށް އެދިފައެވެ.

"އދ.ގެ މަޖިލީހުގައި އިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސޯލިހު، ދިވެހި ބަހުން ތަގުރީރު ކުރެއްވުން ވާނީ ދިވެހި ގައުމިއްޔަތުގެ ޝަރަފާއި ގަދަރާއި ހައިބަތު އުފުލޭނެ ކަމަކަށް. ލޮބުވެތި ރައީސް! ދިވެހީންނަށް ޓަކައި ދިވެހީންގެ އަޑު ދިވެހި ބަހުން އުފުއްލަވައި ދެއްވާ!" އަޝްރަފްގެ ޓްވީޓުގައި ވެއެވެ.

https://twitter.com/ashraf830/status/1170750867441455104

މިމަހުގެ 17 އިން 30 އަށް އެމެރިކާގެ ނިއުޔޯކުގައި ކުރިޔަށްދާ އދ.ގެ އާންމު ޖަލްސާގައި ރައީސް ސޯލިހު ތަޤުރީރުކުރައްވާއިރު، މިއީ ފާއިތުވެދިޔަ ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އދ.ގައި ތަޤުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ނަމަވެސް މިދިޔަ ސަރުކާރުގައި ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން ބައެއް ވަޒީރުން ވަނީ އދ.ގައި ތަޤުރީރުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އެނޮނިމަސް

    ހައްހައްހައް.....
    ވޯޓުން ވައްކަން ކޮށްގެން ނުކިޔަވާ މީހުން ވެރިންނަށް ލީމާ ތިޔަހެންވެސް ގޮވަން ޖެހޭނެ.

    ދިވެހި ގައުމިއްޔަތުގެ ޝަރަފާއި ގަދަރާއި ހައިބަތޭ ކިޔާފަ އޮޅުވާނުލާ.

    61
    6
    • ނިކް

      ވޯޓުން ހަމަ ބަލި ކުރީ ޖެހިޖެހިން 3 ފަހަރުވެސް ބޮޑުކޮށް ބަލިކުރީ ދެން ހަޖަމުކުރޭ..
      ދުނިޔޭގެ އެންމެ މޮޅެތި ލީޑަރުންވެސް ޔޫއެންގަ ތަޤުރީރު ކުރަނީ މާދަރީ ބަހުން.. ދިވެހިންގެ ޝަރަފަކީ ދީނާ ދިވެހި ބަސް. ދުނިޔޭގެ އެންމެ މަތީ މަޖިލީހުގަ ދިވެހި ބަހުން ތަޤުޜީރުކުރުމަކީ މަތީ ޝަރަފެއް ބަހަށް ލިބޭނެ.. ރައީސް މަޢުމޫނު އެކަން ކުރެއްވި. އެއީ އިނގެރޭސި ނޭނގޭތީއެއް ނޫން. އެކަމު އެއްވެސް ބަހަކުްނތަޤުރީރު ކުރަން ނުކެރި ފިލާ ބޮނދި ރައީސަކުނެތް ޔާމީނު ފިޔަވާ..

      12
      25
      • ކުންބޭ

        ބުރޯ ޔާމިނުހާ ފަރިތަކޮށް އިގިރޭސި ބަސް ވިދާޅުވި ވެރިޔަކުނެއް

        14
        1
        • ކަޓު

          ހޫން ނިކަން ފަރިތަ.. ބުރިޖު ސުޕީޗު ބަލައިލީމަ ވަރަށް ސާފު ކޮށަމުނަ އަނގަގަޅި ޖައްސަމުން ލަދުން ބޯ ހަލާކު.. ލަދުން ފިނޑިވެ ޔޫއެންއަށްވެސް ނުދިޔައީ.. ދެން ކަޑަނުވޭ.. ޔާނު ފަރިތައީ ވައްކަމާ ކަޓުނެގުމާ އަނިޔާ ވެރިކަމަށް

    • އަސްލު

      ދިވެހި ބަހަކީ ދިވެހިންގެ ޝަރަފެއް ފަޚުރެއް.. ދެރައީ 5 އަހަރު ވެރިކަން ކޮށްފަ ބޭލުވި މީހާއަށް އެއްވެސް ބަހަކުން ޔޫއެންގަ ތަޤުރީރުކޮށްލަން ދާން ނުކެރި ފިނޑިވެފަ ގޭގަ އޮތީ އެއަށް ވުރެއް ބޮޑު ހުތުރެއް ލަދެއް ކޮބާ.. ހައިބަތޭ ފަޅޮލޭ ކިޔާތި އަދިވެސް

      12
      28
  2. ޞިރާޠު

    ތިޔައީ ރައީސްމީހާ އެދިގެން ކުރި އިލްތިމާސެއް! ރައީސް މީހާއަށް އިގިރޭސިބަހުން ވާހަކަދައްކަކަށް ނޭގޭ! އެހެންވެ ލަދު ފޮރުވުމަށް ޖެހި މަޅިއެއް! ޢޭނަ ވާހަދައްކަނީ ބްރޯކަން އިންގްލިޝްއިން. އިގިރޭސި ކިޔާގޮތަށް ދިވެހިބަހުން ލިޔެގެންވެސް ދައްކަނީ ކޮށާބޮށައިގެން! އައްޑޫގައި ދިވެހިބަހުން ވާހަކަދައްކަމުން ބޭނުންކުރި އިގިރޭސި ލަފޡުގެ ސަބަބުން އެހުރީ ބޭޒާރުވެފަ! " މި ރަށުގައި ޑްރަގް ސެންޓަރަކާ ދެން ކީއެއްޗެއް ނޭގޭ!

    61
    6
  3. ޒަބީބު

    އދ ގެ ޖެނެރަލް އެސެމްބްލީގައި ރައީސް ސޯލިހް ދިވެހިބަހުން ތަޤްރިރު ކުރެއްވުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫން. އދ ގެ ރަސްމީ ބަހުގެ ގޮތުގައި 5 ބަހެއް ވަނީ އދ ގެ ޗާޓަރުގައި ކަނޑައެޅިފައި. އެއީ އިނގިރޭސި، ސްޕެނިޝް، ފްރެންޗް، އަރަބި، އަދި ޗައިނީސް ބަސް. މީގެ ތެރޭގައި ދިވެހިބަހެއް ނުހިމެނޭ. ދެން ކޮންބޭނުމެއްތޯ އޮތީ؟ އަދި ރައީސް އދ ގައި ދިވެހި ބަހުން ވާހަކަ ދައްކަވައިގެން ދިވެހިބަހަށް ލިބޭ އިތުރު ކޮން ކުރިއެރުމެއްތޯ އޮތީ؟ އެހެނެއް ނޫން ދަރުމަވަންތަ ހޮސްޕިޓަލުގެ ތަފާތު ތަންތަނަށް ބަހުގެ އެކަޑަމީ އިން ދެވުޅިއެއނުވާ ނަންތަށް ދީގެން އަޝްރަފުމެން އަމިއްލަ އަށް އަކަޔަމްބޯ ހެދިގެން އުޅުނުގޮތަށް މިކަމުންވެސް އަކަޔަމްބޯ މެޑަލްޖަހައިގެން އަޝްރަފަށް ހިތްހަމަޖެހުން ލިބިދާނެ. އަދި ރައީސް އދ ގައި ދިވެހިބަހުން ވާހަކަދެއްކީ އަޝްރަފް ގެ އެންގުމަކަށް ނުވަތަ ލަފަޔަށް ކަމަށް ބުނެ އަޝްރަަށް ކޮފީމޭޒުގައި ވަރަށް ފޮނިކެނޑިދާނެ.

    މިކަމަކީ ރައީސް ސޯލިހް އަކީ ނުކިޔަވާހުރި މެހެއްކަމަށް ބުނެ ރައީސްގެ އަގުވައްޓައިލައި އެމަނިކުފާނުގެ ކަރާމާތަށް އަރައިގަންނަން ބަޔަކު ރާވައިގެން ހިންގާ ކަމެއް. މިކަން ރައީސް ކުރައްވައިފި ނަމަ އެކަން ވެގެންދާނީ ރައީސް ސޯލިހް އަކީ ނުކިޔަވާހުރި މީހެއްކަމަށް ބުނެ ރައީސް ސޯލިހްގެ އިއްޒަތާއި ކަރާމާތަށް އަރައިގަންނަމުންދާ ފިތުނަވެރިންނަށް ލިބޭ އިތުރު ހިއްވަރަކަށް. ދޮގެއްވެސް ގިނަގިނައިން ތަކުރާރު ކުރާނަމަ އެދޮގު ތެދެއްކަމުގައި ގިނަބަޔަކަށް ޤަބޫލުކުރެިގެންދޭ. އެގޮތުން ރައީސް ސޯލިހްއަކީ ނުކިޔަވާ ހުރި މީހެއްކަމަށް ބުނެ ދައްކާ ދޮގު ވާހަކަވެސް އެއީ ތެދެއްކަމަށް މީހުންނަށް ޤަބޫލު ކުރެވިގެން ދިއުމަށް އެޅޭ އިތުރު ފިޔަވަޅަކަށް ނޫނީ މިކަމެއް ނުވާނެ.

    ވީމާ ރައީސް ސޯލިހް އެކަން ނުކުރެއްވުމަށް ރައީސް ވެރިކަމަށް އިންތިޚާބްކުރަން ވޯޓުލީ ބޮޑު ބިޔަ އަޣްލަބިއްޔަތު ރައްޔިތުންގެ ފަރާތުން އިލްތިމާސް ކުރަން. އަޝްރަފް ރައީސް އަށް ވޯޓުލީ ކަމާއިމެދުވެސް ޝައްކު!

    36
    13
  4. ރެކިހުތާ

    ތިކަހަލަ ވާހަކަ ދެއްކީމައި ހިނިއަންނާނެ. ކުރިއާއިލައިގެން ތިކަންވެސް މޮޅުގޮތަކަށް ހަމަޖައްސާލީދޯ. ވާވަރަކުންތާވާނީވެސް. އެނގޭބަހުރުވަޔަކުން ވާހަކަދެއްކުން އެއީ މައްސަލައެއްނޫން. ދިވެހިން ވާހަކަދައްކަންވާނީ ހަމަ ދިވެހި ބަހުން. ތަރުޖަމާނަކު ހުރެގެން ތަރުޖަމާކޮށްދިނުމަކީވެސް މައްސަލައެއްނޫން.

    37
    5
  5. އަހްމަދު

    ގުޑް ސްޓަންޓް......

    31
    3
  6. ކިނބޫ

    ތިނޫންގޮތަކަށް ތިކަމެއް ނުވެސްވާނެ

    36
    5
  7. ޢަލީކޮއި

    ތިއެއްނޫން ހަގީގަތަކީ، ހަގީގަތަކީ ވެރިމީހާއާއި ބޭރު ބަހަކާއި ތަންކޮޅެއް ބީރައްޓެހިކަން.

    15
    2
  8. ޖަހާންގީރު

    އޭނަ ވާހަކަ ދައްކާނީ މޯދީގެ ބަހުން

    13
  9. ޒާ

    ހެހެ. ދިވެހިބަހުންތާދޯ ވާހަކަ ދެއްކޭނީ؟

    14
    1
  10. ބޮލި މުލައް

    ލަދުން ބޯހަލާކު ބަދަލުގަ މަންދޫބެއް ފޮނުވާ.
    އިނގިރޭސި ދަސްކޮށްދޭ ކޮމެޓީއަށްވެސް ކިޔައިދެވޭނީތާ. އެތޭރޭގަ ނެތްކަމެއް ނުނެރެވޭނެއްނު.

    13
  11. Anonymous

    ކޫލް. ?

    2
    2
  12. ހިޔަޅު

    އަސްރަފް މިފަހަރު މިޑްރާމާ ކުޅުނަސް މި ޑްރާމާ ނާކާމިޔާބު ވެފައިވާކަން އެންމެނަށް އެނގޭނެ.
    އިބޫ އަކީ ނުކިޔަވާހުރި މީހެއް. އިނގިރޭސިން ލިޔަން ކިޔަން އަމުދުން ނުވެސް ދަންނަ މީހެއް. އެކަން އެންމެ ގަދަޔަށް މިސް މީޑިޔާގައި ގޮވަމުންދަނީ އިބޫގެ ޕާޓީގެ މެންބަރުންގެ ތެރެއިން ކެރަފާ ޢާއިލާގެ މީހުން. ދެން މިފަހަރު އދ.އަށް ތަޤްރީރު ކުރަން ޖެހުމުން އެކަމާއި ކަންބޮޑުވެ ހަދާނެ ގޮތް ހުސްވުމުން ރައީސަށް އިނގިރޭސި ކިޔަވައިދޭން ކޮމެޓީއެއް އެކުލަވާލާފައިވަނީ. އެހެނަސް އިބޫއަށް ތަޤްރީރުދިނުމަށް ދާންވާއިރަށްވެސް އިނގިރޭސިން ލިޔެފައިހުންނަ އެއްޗެތި ކިޔަން ރަނގަޅަށް ދަސްނުވާނެތީ އެހެން މަޅިއެއްޖެހީ. ޖެހި މަޅިއަކީ އަސްރަފް ލައްވައި ކުރުވި ޓްވީޓް.
    އެމްޑީޕީ އަކީ ފެށުނީއްސުރެވެސް ހިޔަޅު ވިސްނުން ގެންގުޅެމުންދާ ގަޅި ދިވެހިން ގަޅިހައްދަމުން އެމީހުންގެ ބޯކަމުން ދަޢުލަތް ބަނޑުއަޅަމުންދުވާ ބައެއް.

    10
    3
  13. ޓިނު ވަގު

    ހިންނަވަރު ބަހުން ތަގުރީރު ކުރަން ފެނޭ.... ސަލާމް

    16
    • ވަރައްވާހަހަކަ..

      ރައީސްއާނުބެހޭތި.ކިތަންމެ ޖެލަސްވިޔަސް ރާއްޖެތެރޭގެ ފުރަތަމަ ރައީސްއަކަށް ހިންނަވަރުގެ ރައީސްއެއް.ރާއްޖޭގެ ތާރިޙް ލިޔެވޭނީ އެގޮތުގަ.ހިންނަވަރު ތާރީޙްގެ ތެރެއަށްް އެގޮތުގައެއޮތީ ގޮއްސަ ދެން ލަލަލާ..

      3
      11
  14. ބޮލި މުލައް

    މީގެކުރިން ރައީސް މައުމޫނުވަނީ ދިވެހިބަހުން ތަގުރީރުކޮށްފަ. ކުރިޔާލާ އިނގިރޭސި ދަސްކޮށްދޭކަން ކޮމިޓީއެއް އެކުލަވައެއްނުލަ އަދި ދިވެހި ބަހުން ވާހަކަދެއްކުމަށް ނޫސްތަކުގަ ޖަހާ މީހުނަށް އޮޅުވައެއްނުލަ

    9
    1
  15. އަހްމަދު

    އދ.ގައި އެންމެން އެއްވެގެން އެދައްކާ ވާހަކަތަކަކީ އެތާތިބޭމީހުން އެ އަޑުއަހާ އެވާހަކަ ތކާމެދު ވިސްނާ ގޮތްތަކެއް ނިންމުމަސް ދައްކާ ވާހަކަ. މިތާނގާ ދިވެހިދަންނަ އެއްވެސް މީހަކުނެތް. އަދި ދިވެހިބަސް އެހެން ބަހަކުން ތަރުޖަމާ ކުރެވޭގޮތަކަށްވެސް އަދިނެތް. ދެން މާމޮޅުވާނަކަމަށް ރައީސް ސޯލިހު އެތާނގާ ދިވެހިބަހުން ތަގުރީރު ކުރަނީ ކޮންބަޔަކަށް އަޑުއިއްވަންބާ؟ ތިޔަޖަލްސާގައި ސޤލިހު ތަގްރީރުކުރާއިރު އެއްވެސް މީހަކުނެތި ހުސްގޮނޑިތަކެއް ވާނީހަމަ އެއްގޮތް. މޮޔައަކު ނޫނީ އދ ގައި ދިވެހިބަހުން ތަގްރީރެއް ނުކުރާނެ.

    9
    2
  16. ޢަފީ

    އެނގިލައްވާތޯ އދ. ގައި ޢަރަބި ބަސް ރަސްމީ ބައެއްގެ ގޮތުގައި ބޭނުން ކުރެވެންފެށީ ކިހިނެއްވެގެންކަން. އދ. ގައި ޢަރަބި ބަސް އެއީ ރަސްމީބަހެއްގެ ގޮތުގައިނުހިމެނީސް ފުރަތަމަޢަރަބި ބަހުން ތަގުރީރު ކުރެވިގެން ދިޔައީ. ތިގޮތައް ތަންދޮރު ނުދަންނަ ބޭފުޅަކު ސުވާލު ކުރެއްވިތަގުރީރު ކުރެއްވި ބޭފުޅާއާ.އިގިރޭސިބަސް ވެސް އެނގިވަޑައިނުގަންނަވަނީތޯެއޭ ރަސްމީނޫންބަހަކުންތިވާހަކަދއްކަވަނީ. އިގިރޭސިބަހުން ވަރަށްހުތުރުކޮށް ރައްދު ދެއްވާސުވާލުކުރއެވި. މިހާރު އެގިއްޖެތޯއޭެިގިރޭސިއެނގޭކަން. ނޭނގޭ ތީކީނޫނޭޢަރަބިބަހައްއޮތްލޯތްބެއްގެބޮޑުކަމުންނޭ. އޭގެފަހުން އދ. ގައިއަރަބިބަސްރަސްމީބަހެއްގެގޮތުގައިހަމަޖެހިގެންދިޔައީ. ވަރަށް ވާހަކަ....

    3
    1
  17. ޓަވަރު

    އިނގިރޭސި ނޭގެންޏާ ކީއްކުރާނީދޯ؟ ރާއްޖެތެރޭ ރައީސް ގެ ހާލު!

    9
    5
  18. އަހުމަދު މުހައްމަދު އިބުނު

    ރޭވުމެއް. ބޭނުމަކީ އިނގިރޭސިން ބަހެއް ބުނަން އުޅެނިކޮށް ނުބައި ވެދާނެތީ އެކަމުން ސަލާމަތް ކުރުން. ތަންތަނުގެ ބޮޑުން ވަރަށް ކުރާ ކަމެއް އެމީހުންގެ ނޯކަރުން ލައްވާ އެމީހުންނަށް ތައުރީފް ކުރުމަށް ބުނުން. މީ ވެސް ހަމަ އެކަހަލަ ކަމެއް.

    4
    1
  19. ާއަހުމަދު

    ސަރުކާރުން ބާއްވާގިނަ ޖަލްސާ ތަކުގައި ބޭރުބަހުން ވާހަކަދައްކަނީ ސުކޫލުތައް ފައްޓަނީ ގުޑުމޯނިން ޗިއުޑުރަން ކިޔާފަ ނިންމަނީ ގުޑުބައި ކިޔާފަ ދިވެހި ބަސް ގިނަފަހަރަށް ވާތަނެއް ނޭގޭ