ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހުން ހޯދުމަށް ފުލުހުން މިއަދު އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ވ. އާއަލި، އަޙްމަދު މުފީދު (54އ) އާއި ސ. ހިތަދޫ / އަރާއިރު، ޝާހިދު ރަޝީދު (43އ) އާއި ޏ. ފުވައްމުލައް/ މުބާޙުމަންޒިލް، އިބްރާހިމް ޢަލީ (56އ) އާއި ވ. ރާހި، މުޙައްމަދު ބާޤިރު (48އ) އެވެ.

އަޙްމަދު މުފީދު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޝާހިދު ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެންބަރު 10 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އިބްރާހިމް ޢަލީ ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މުޙައްމަދު ބާޤިރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 13:30 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މިހަތަރު މީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮއްޔާ

  އަޅުގަނޑު ހިތަށް އަރަނީ ދޭތެރެ ދޭތެރެއިން މީސްމީހުން ނުފެނިގެން މިހެން އާންމުންގެ އެހީއަށް މިއެދެނީ ހަމަ އެމީހުން ވީތަނެއް ނޭގިގެންތޯ؟ ނުވަތަ މީހުން ހޯދުމުގެ އުސޫލު އޮންނަގޮތުގެމަތިން ހަމަދެން ތިބެފައި މިހެން ބުނެލަނީތޯ؟
  ތިމީހުން ވީތަން އެނގޭނެ ތިމީހުންގެ މައިން ބަފައިންނަށް، ނުވަތަ އެއްބަނޑު އެއްބަފާ ބޭބެއިން ދައްތައިންނަށް، ނުވަތަ ތިމީހުންގެ އަނބިންނާއި ދަރިން މިރާއްޖޭގައި ތިބިއްޔާމު އެމީހުންނަށް.
  މިރާއްޖޭގައި މަކަރާއި ހީލަތުން މީހުންއަތުން ނުވަތަ ބައިތުލްމާލުން ފައިސާނަގައިގެން ނުވަތަ އަނިޔާދީފައި ފިލުން މިއީ ހާދަހާވާ ފަސޭހަކަމެކޭދޯ.

  15
  1
 2. ސީނު

  އާންމުނަށް ވަޒީފާހަވާލުކޮށްފަ ސިފައިން ގޭގަ ތިބެބަލަ

  8
  4
 3. ދަރަނި

  ސިފައިން ތިބޭ ގޭގަ އާންމުން ތިބެދާނަން ނޫ ޔުނިފޯމު ލައިގެން.

  2
  2