އިމްތިޔާޒް ފަހުމީ

ކޯޓު އަމުރަކާއި ނުލައި ގޮސް، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކޮށްދޭން ފުލުހުންނާއި ސިފައިންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެދިއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރާއްޖޭގައި މިހާރު އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ދިވެހި ފުލުހުންނާއި ސިފައިން ގޮސް ހައްޔަރުކުރަން އެންމެ އައުލާކަން ބޮޑީ ރައީސް ޔާމީން ކަމަށެވެ.

" ކުއްލި ނުރައްކަލުގެ ހާލަތުގައި ކޯޓު އަމުރަކާއި ނުލައި ފުލުހުންނާއި ސިފައިން ގޮސް ރައީސް ޔާމީން ހައްޔަރުކުރައްވާނެ. ރައީސް ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަމުގެ ހާލަތު ދެ ފަހަރު އިއުލާން ކުރުމުން މުޅި ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހި ދައުލަތުގެ ނަން ކިލަނބު ވެއްޖެ" އިންތި ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިން އަމަލު ކުރައްވަމުން ގެންދާ ގޮތުން ލަދުގަންނަ ކަމަށް ވިދާޅުވެ އިންތި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ޤާނޫނުތަކާއި ޚިލާފަށްކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު، އެކަމުގެ ގާރަރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅަންޖެހޭނެ ކަމަށާއި ނަމަވެސް ސަރުކާރުން އެކަން ކޮށްފައި ނުވާކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ރާއީސް ޔާމީންގެ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނު ތަކާއި ޚިލާފަށް ކަމަށްވަތީ، ކުއްލި ނުރައްކަލުގެ ހާލަތު ޤާބޫލުނުކުރުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޒަޢީމާ / ހުޅުމާލެ

  ޙިމާރުއަޑުގެ ވެރިޔާ! " އަދި ތިބާގެ އަޑު މަޑުކުރާށެވެ. ހަމަކަށަވަރުން އަޑުތަކުގެތެރެއިން އެންމެ ނުބައި އަޑަކީ ޙިމާރުގެ އަޑެވެ." މިއީ ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނައެވެ. މީނައަށް މި އާޔަތް ވިސްނަދީބަލަ!

 2. ރީތި ރޯޅިއެއްގަ ދާނެ ވަކަރުގޭ ގޮލައެއް.

 3. އިންތި .. މޮޔަވީތަ؟

 4. ކަލޯ އިންތީ. ހުކުރު މިސްކިތު މުންނާރު ބުޑުގަ އިނދެ، ވެރިކަންދީ ވެރިކަންދީ ކިޔައިގެން ރޮގަ.

 5. ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ތިއޮތީ ގެއްލިފަ.

 6. ކަލޯމެން ކުރާކަންތަކުން މުޅިޤައުމު މިހަލާކުވަނީ. މާރަގަޅުވާނެ ކަލޯ ހައްޔަރުކުރީމަ. ކުއްލިހާލަތު ގެންނަންޖެހުނީވެސް ކަލޯމެންނާހެދި. މިއީ ކަލޯމެން އެކަނިތަނެއްތަ. ހަމަޖެހިލައިގެން އުޅެވެންނެތޭ މިސޮރުމެންނާހެދި. ވެރިކަމާހެދި އިނދަޖެހިގެން. ވެރިކަންކުރަން ދިނީމަކުރެވުނެއްނު

 7. ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް މަޖްލީސް ކުރާ ގެއަށް ވަދެވުނުތޭ ނޫން ނުވަދެވޭ ދޯ. ވަދެވުނުތޭ ނޫން ނުވަދެވޭ ދޯ. ވަދެވުނު ތޭ ނޫން ނުވަދެވޭ ދޯ. ވަދެވުނު ތޭ ނޫން ނުވަދެވޭ ދޯ. ވަދެވުނު ތޭ ނޫން ނުވަދެވޭ ދޯ. ވަދެވުނު ތޭ ނޫން ނުވަދެވޭ ދޯ. ވަދެވުނު ތޭ ނޫން ނުވަދެވޭ ދޯ. ވަދެވުނު ތޭ ނޫން ނުވަދެވޭ ދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

 8. މިސޮރަށް އެއިރުވެސް މީރީ ރިހާކުރާބަތާ، މިހާރުވެސް ހަމަ އެކަމުންދަނީ، ކުރިޔަށްއޮތްދުވަސްތަކުގައިވެސް ހަމަ އެހާލުގަ އުޅެންޖެހޭނީ!

 9. ކުއްލިހާލަތު ގަބޫލު ނުކުރަންޏާ ދެން ކީއްކުރަން ކުއްލިހާލަތު އުވާލަންތިގޮވަނީ މިހިރަ

  ދެވަންދިހާރަގަނޑާ!

  މުޅިގަުމު ހަލާކުކޮށްފިއޭ މިބައިމީހުން. ވޯޓާ ހަމައަށް ދަންދެން ގައިހިރުވާވަރުން

  ކެތްނުވެގެން މި ތެޅިބާލަނީ. ތީ ދީނަށްވެސް ގޮންޖަހާ ބައެއް.

 10. ކިހާދެރަކަމެއް ކުއްލިނުރައްކަލުގެހާލަތު ބަލައެއްނުގަންނަމޯ އެކަމުނޭވަޔަކުދެކޮޅި ކުއްލިނުރައްކަލުގެވާހަކަ މިދައްކަނީ

 11. އެމް. ޑީ. ޕީ އާއި އެ ބައިގަނޑުގެ ނަން ކިލަނބުނުވެ ދިވެހި ރާއްޖޭގެ ނަން ކިލަނުވާނެ އެއްވެސް ސަބަބެއް (ހަމަބުއްދިން ވިސްނައިރު) ނެތް. ޥެރިކަމަށް ބީތަ ހިފިއަސް ތީ ބޮޑުވަރު.

 12. ކެރަފާ ދައްޖާލު

  ކަލޭ މަ ބުނާކަމެއް ކޮށްދީ އިހަށް. ކަލޭ ގޮސް މުޅި ކެރަފާ އާއިލާ ނައްތާލަދީ. މި ގައުމުގެ ތާރީޚުގަ ކެރަފާ ދަރިއަކު ގައުމު ފުނޑަން ނެތް ޒަމާނެއް ނުދެކެން. އެއަށްފަހު ކަލޭ ބުނާކަންތައް ވާނީ. ކަލޭ ދޯ ރައްޔިތުންގެ ނަމުގަ މުސާރަ ނަގަނީ.