ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ފުލުހުންނަށް ނުފޫޒު ފޯރުވަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ތުހުމަތު ކުރައްވައިފިއެވެ.

ފުލުހުން ނަޝީދަށް ފާރަލާކަމަށް ވިދާޅުވެ ނަޝީދު ފުލުހުންގެ މައްޗަށް ކުރައްވާފައިވާ ބޮޑު ތުހުމަތައް އިޝާރާތްކުރައްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ނަޝީދުގެ ނަން ފާހަގަ ނުކުރައްވާ ނަމަވެސް ނަމަވެސް ނަޝީދަށް އިޝާރާތް ކުރައްވާ ވިދާޅުވީ ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް ކަމަށައި ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން ކަމަށެވެ.

"ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް. ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން. ނޫނީ، ނުފޫޒް ފޯރުވަން މަސައްކަތްކުރުން ކަމަށް ބެލިދާނެ." ޖަމީލް ވިދާޅުވިއެވެ.

ރޭ އެމްޑީޕީ އިން ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ފުލުހުން އެމަނިކުފާނަށް ފާރަލައްވަމުން ގެންދަވާ ކަމަށް އެމްއެންޑީއެފްގެ ފަރާތުން މީގެ ތިން ރޭ ކުރިން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު ގާތުގައި އެމްއެންޑީއެފް އިން މީގެ ތިން ރޭ ކުރީގައި ބުނި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ވެސް ކޮށްފާނެ. ނުވަތަ ފުލުސް އޮފީހުން ވެސް ކޮށްފާނެ. އަދި އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެދާނެ. އެހެންނަމަވެސް އަޅުގަނޑު މިހިރީ މިވާހަކަ ދެއްކުން ހުއްޓާލާކަށް ނޫން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ފުލުހުން ވެސް އަދި ސިފައިން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮއްޔާ

    ނަޝީދު އުޅުއްވަނީ ގައުމު ގަޑުބަޑު ކޮށް ތިމާމެންނަށް ތަރައްގީގެ ކަންކަން ކުރިޔަށް ނުގެންދެވިގެން އުޅެނީ ފުލުހުންނާއި ސިފައިންގެ ދުއްތުރާލާހެދީ ކަމަށް ރައްޔިތުންނަށް ދައްކަންހެން ހީވޭ. މިބޭފުޅުންގެ ހުންނާނީ ސީދާ ޔަހޫދީންގެ ސިސްޓަމް، ތިމާމެންނަށް ކަމެއްނުވީމައި ދެން ރައްޔިތުންގެ ފޯކަސް އެހެން ދިމާލަކަށް އަނބުރާލަން މުޅިންވެސް ޖައްސާނީ މީޑިއާ ސްޓަންޓް. މިމީހުން އެކަން ކުރާނެ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަން ގަބޫލުވެސް ކުރާނެ.

    38
    1
  2. ހުވަދޫ ޑޮކް

    ދެން މުޙަންމަދުގެ ސިޔާސީ ޢަމަލުތައް އަބަދުވެސް މިސްރާބް ކުރައްވާ ޢުސޫލު ދެއްތޯ؟ ހީވާކަލަ އަބަދުވެސް ފުލުހުންނާއި މުހަންމަދާއި ނުތަނަވަސް ކަމެއް އޮވޭހެން.. !!

  3. ހުވަދޫ ޑޮކް

    ހުވަދޫ ޑޮކް ގެ ނަމިގައި ފުނުވާ ކޮމެންޓް ތިކޮޅުން އިންޑޯރސް ނުކުރާކަމަށް އެބަ ފާހަނގަ ވޭ، މި ހެން މިދިމާވާ ސަބަބެއް އަންގާލަ ދެއްވުން ވަރަށް އެދެން ޕްލީޒް ، ޕްލީޒް އެންޑް ޕްލީޒް!!

  4. ކުއްބެ

    ރައީސް ނަޝީދު އެވެ! ފުލުހުންނާއި ސިފައިންނާއި ޖައްސާލައިގެން އަބަދު ތިޔަ އުޅުއްވަނީ ކޮންކަމެއް ހާސިލު ނުވެގެންތޯއެވެ؟ ފުލުހުންނާއި ސިފައިންގެ މެދުގައި ފިތުނަ އުފައްދަން ތިޔަ އުޅުއްވަނީ ކޮން ބޭނުމެއްގައިތޯއެވެ؟ ފުލުހުންނާއި ސިފައިންގެ މުއައްސަސާތަކުގެ އިއްޒަތާއި ޝަރަފާއި ކަރާމާތަށް އަރައިގަންނަމުން ތިޔަ ގެންދަވަނީ ކޮން މަޤްސަދެއް ހާސިލު ނުވެގެންތޯއެވެ؟ ފުލުހުންގެ އިދާރާތަކާއި ވެހިކަލްތަކުގައި ހުޅުޖަހައި ރޯކޮށްލައިގެން ދެވުނު ގެއްލުން އަދިވެސް ހިއްފުރޭވަރު ނުވަނީ ތޯއެވެ؟ ފުލުހުންނާއި ސިފައިންނާއި މެދު ނަޝީދުގެ ތިޔައޮތް އަދާވާތްތެރިކަން ދޫކޮށްލައްވައި އެމުއައްސަސާތަކަށް އިހްތީރާމް ކުރައްވާނީ ކޮންދުވަހަކުންތޯއެވެ؟ އަދި ކޮން މަޤާމެއް ނަޝީދުއަށް ލިބުނީމަތޯއެވ؟ 18 މަސްދުވަސް ވަންދެން މަގުމައްޗަށް މީހުން ނެރެގެން ފުލުހުންނާއި ސިފައިންގެ ޔުނިފޯމް އެޅި ދިވެހި ދަރީންނާއި އެމީހުންގެ އާއިލާ ތަކާއި އެމީހުންގެ ޅަދަރީންނާއި ދިމާލަށް ގޭދޮށުންނާއި ސްކޫލް ދޮށުންނާއި އެތަންމިތަނުން ލަދެއް ހަޔާތެއް ނެތި ދިމާކޮށް ހަޑި ހުތުރު ބަހުން މުޚާތަބްކޮށް ހެއްދެވުނު ވަރު އަދިވެސް މަދީތޯއެވެ؟ މަނިކުފާނުގެ ޅީޑާރޝިޕް ނެތިގެން އެކްޓިވިސްޓް ފަލްސަފާގައި ޤައުމުހިންގަން އުޅެ ވެރިކަން ނުކުރެވިގެން އިސްތިއުފާ ދެއްވުމަކީ މަނިކުފާނުގެ މައްސަލައެއް ނޫންތޯއެވެ؟ އެކްޓިވިސްޓުންނަށް ވެރިކްނ ދިނަސް ވެރިކަން ނުކުރެވޭނެކަން މުޅި ދުނިޔެއަށް ސާބިތް ކޮށްދިން ދެލިކަރުދާހަކީ މަނިކުފާނުގެ 7 ފެބްރުއަރީ އިސްތިއުފާ ސިޓީ ނޫންތޯއެވެ؟ ދެން ފުލުހުންނާއި ސިފައިންނާއި ކީކީއްތޯއެވެ؟ ފުލުހުންނާއި ސިފައިން ސިޔާސީ ނޫންކަން އެކުދިން ސާބިތް އެކޮށްދެމުން އެގެންދަނީ ޔުނީފޯމްގެ އިއްޒަތާއި ކާރާމާތާއި ޝަރަފަށްޓަކައި މާރިޔާއަށް ވެސް ސެލިއުޓް ކުރަމުން ނޫންތޯއެވެ؟ ދެން މަނިކުފާނު ފުލުހުންނާއި ސިފައިން ގައިން ނެއްޓެން ނޭގިގެން ތިޔަހެން ސަފުން ފާލުން ނެއްޓިގެން އުޅުއްވަނީ ދިވެހި ރައްޔިތުންނަކީ ވެގެން އުޅޭގޮތް ނޭގޭ ވަރުގެ ބޯގަޅި ބައެއްކަމަށް މަނިކުފާނު އަދިވެސް ޤަބޫލޫކުރަނީ ތޯއެވެ؟

    ހިތްތިރިކަމާއި މަޑުމައިތިރިކަމާއިއެކު ތާހިރު ވެރިކަމެއް ކުރުމުގެ އަނެއް ނެރެޓިވް ނުވަތަ އޯލްޓަނޭޓިވް ނެރެޓިވް ދިވެހި ރައްޔިތުން މިވަނީ ސީދާ ދިވެހި ރައްޔިތުނގެ ޑިމޮކްރެޓިކް ޕާޓީ ތެރެއިން ހޯދައި ބަލައިގެންފައެވެ. ދެން މަނިކުފާނާއި ރައްޔިތުން ހަވާލުކުރި ޒިއްމާ އަދާކުރަން ބޭނުފުޅު ނޫންކަމުގައި ވާނަމަ ކުދިންކޮޅު ލައްވައި ޤަރާރަކަށްފަހު ބޭޤަރާރެއް ނަމަވެސް ޙށަހަޅުވައިގެން މަޖިލިހުގެ ތަޅުމުގައި ބަހުސް ކުރަން ހުޅުވާލައްވައިގެން ޖެހުނު މެޑަލް އެއް ޖަހާލެވޭތޯ އިންނެވީމައި ނިމުނީ ނޫންތޯއެވެ؟ ފުލުހުންނާއި ސިފައިންނާއި އަޅައިގަނެގެން އުޅުއްވަންވީ ކީއްކުރަންތޯއެވެ؟

    27
  5. ސަރަގު

    މޮޔައަކު ދައްކާހާ ވާހަކަ ޔަކަށް ހޭޖެހޭމީހުންް އަޅައެއް ނުލާނެ އެހެން ނޫނަސް އެމްއެންޑީއެފުން ބުންްޏޭ ކިޔައިގެން ކިތައްމެ ދޮގު ތަކެއް ހެދިޔަސް މާރިޔާ އަޅައެއް ނުލާނެކަން އެއީ އެންމެނަށްވެސް އެގޭ ކަމެއް

  6. Anonymous

    މޯދީ ބުނީ ތީތި ކަޑަޔޯ!!!

  7. އަދާލަތު

    އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ރައީސް ނަޝީދު އެ ކުރައްވަނީ، ޖިނާއީ ކުށެއް. އެކުރައްވާ ކަމަކީ، ޤނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ހިންގެވުމަށް ހުރަސް އެޅުއްވުމާއި، މސޖިލީހުގައި މެޖޯރިޓީ އޮތީމާ ޤނޫނު ބަދަލްކޮށް، ބޮޑުވަޒީރަކަށް އަރުއްވާ، ރައްޔިތުން ހޮވާފައިހުރި ރައީސްުލްޖުމްހޫރިއްޔާގެ ބާރު ކަނޑާލާ، ނަޝީދުގެ ބާރު ގަދަކުރެއްވުމަށް ކުރައްވާ ކަމެއް.

  8. މުހައްމަދު އިބްރާހިމް

    އަބަދުވެސް އޭނަ އުޅެނީ ފުލުޮހުންނާއި ޖައްސައިލައިގެން ނުނެއްޓިގެން

  9. ނަވާރަ

    މިހާރު ނަޝީދުއަކީ ޤައުމީސަލާމަތައްހުރި ނުރައްކަލެއް ވީމާމިފަދަމީހުންނާދޭތެރޭ ފިޔަވަޅުއެޅުއްވުން ވަރައްމުހިންމު