އެޓާނީ ޖެެނަރަލް އޮފީހުގެ ޕާމަނަންޓް ސެކެޓްރީއަކަށް އަހުމަދު ޝިޔާއު އައްޔަންކޮށްފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަގާމުގެ ލިޔުން ޝިޔާންއާ ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.

ޝިޔާއު އަކީ އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިޔާ އިން މާސްޓަރ އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވަވައި ވިލާ ކޮލެޖުން ޑިޕްލޮމާ އިން ބިޒިނަސް އެޑްމިނިސްޓްރޭޝަންވެސް ފުރިހަމަކުރައްވާފައިވާ ފަރާތެކެވެ.

އޭނާ ވަނީ ސަރުކާރާއި އަމިއްލަ މުއައްސަސާތައް ހިމެނޭ ގޮތަށް ތަފާތު ގިނަ ދާއިރާތަކެއްގައި މަސައްކަތް ކުރެއްވުމުގެ ތެރެއިން އިދާރީ އަދި އިންސާނީ ވަސީލަތްތަކާ ބެހޭ ބައިތަކުން ތަޖުރިބާ ހޯދާފައެވެ.