ދީނީ ހަރުކަށި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް) އަށް ތާއީދުކުރާ އައްޑޫ ބައެއް މީހުން އެމީހުންގެ ތުނބުޅިތައް ބާލައިފިއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެމީހުންގެ ތެރޭގައި އައްޑޫގައި އައިއެސް ފިކުރުގެ އެންމެ އިސްކޮށް އުޅޭ ބައެއް މީހުން ވަނީ ތުނބުޅި ބާލާފައެވެ.
އައިއެސް ފިކުރުގެ މީހުން ތުނބުޅި ބާލާފައި މިވަނީ މަރުތަކާބެހޭ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ނޫސްވެރިޔާ ރިލްވާނާ ގުޅިގެން ރިޕޯޓެއް އާއްމުކުރި ފަހުންނެވެ.
މަޝްހޫރު ޤާނޫނީ ވަކީލު، ހުސްނުއްސުއޫދު އިސްކޮށް ހުންނަވާ އެކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި ލޭގެ (މަރުގެ) ކަންތަކުގައި އުޅެނީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާގެ ގޮފިން ކަމަށެވެ. އަދި މާލޭގައި މިފަހުން ހިންގާފަވާ ބޮޑެތި ވައްކަންތަކުގައި އުޅެނީ އައިއެސް ޖަމާޢަތް ކަމަށެވެ.
މި އަހަރު ތެރޭގައި އައްޑޫ ސިޓީގެ ބައެއް ތަންތަނުގައި އައިއެސް އަށް ތާއީދުކޮށް ޝިއާރުތަކާއެކު ކުރެހުންތަކެއް ކުރެހި މައްސަލައެއް ފެންމަތިވި އެވެ. ހަރުކަށި ފިކުރުގެ މީހުންގެ ނުރައްކާ އެ ސިޓީ އަށް ބޮޑުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ސީރިއާ އާއި އަދި އެހެން ބައެއް ޤައުމުތަކަށް އައްޑޫ ސިޓީއިންވެސް ވަނީ ހަނގުރާމަތަކުގައި ބައިވެރިވުމަށް މީހުން ގޮސްފައެވެ. މީގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ހަނގުރާމައިގައި މަރުވެފައެވެ.
Hini annany.....
kommefadha ehchekeyves kiyaafaane...
ތުނބުޅިއެއް ނޫން މައްސަލަ އަކީ މައްސަލައަކީ ހަރުކަށި ފިކުރު. މި މީހުން ތުނބުޅިބޭލިޔަސް ހަރުކަށި ޚިޔާލުތައް ދޫކޮއްލިކަމެއް ނޭނގޭ. މިމީހުން މޮނިޓަރކޮއް އަދި އިންވެސްޓިގޭޓް ކުރަން ޖެހޭ. ބޭރުފުށުން ކޮންމެ ގޮތަކައް ތިއްބަސް. އެހެން ނޫނީ ބޮޑު ނުރައްކަލަކައް ވެދާނެ. ހަމަ ތިބެފަ ތަނެއް ގޮއްވާވެސްލާފާނެ.
މިގައުމުގަ ހައްދުފަހަނަ އަޅައިގެން އުޅެނީ ކޮންބައެއްކަން ޕޮލިސް ރެކޯޑަށް ބަލައިލީމަ ވަރަށް ސާފުވާނެ.
ކެނެރީގޭ ގުންޑާ އަކީ އައްޑޫ ވަކިދައުލަތެއްހަދަން ސިއްރުރޭވުން ތަކެއް ރޭވި. ފުލުހުން ފާރަލާތީވެ ބިރުގަންނަނީ ކީއްވެ. އައިސިސް އާ އޮތީ ކޮންގުޅުމެއްތޯވެސް ބުއްޅބޭ ކައިރިން އަހަން ޖެހޭނެ. ފާރަވެސް ލާންޖެހޭނެ. ނުރައްކާތެރި މީހެއް އެއީ
އަޅެ ފަހެ މިއީ ބޮޑު ވެއްޖެ މުސީބާތެއް .ކޮންމެ ނުލަފާ ކަމެއް ކޮށްފަ އިސްލާމް ދިީނަާ ނުބައްސަބަލަ. ރަސުޫލުﷲގެފާގެ ސީރަތު ދިހަހާސްފަހަރު ދިރާސަަާ ކޮށްގެންނަމަވެސް މި އުޅެެޭ ތަންދޮރުނުދަންނަ މިިިީހުންތައް އިސްލާހުވެބަލަ .ރޯނު އެދުރުންގިނަވުމަކިިީ މިރާއްޖެ އަށް ކުރިމަތިވެފައޮތް ބަލަާ ވެރިކަމެއް ޕާޓޭ ފިކުރަާއި މުއްލަަާ ފިކުރު
ތަންތަން --ގޮއްވަނީ --ކަލޭމެން --އަމިއްލަޔަށް --...
ގޮއްވާލާފަ ---ފްރޭމް ވޯކެއް---ޖައްސާލާފަ--މުސްލިމުން---ބޮލަށް --ކަނޑާލަނީ.
ވޯލްޑްޓްރޭޑް ---ސެންޓަރ
ސްރީލަންކާ
މިތަންތަނުގަ-- ހަމަލާދިނީ---ސީދާ---އަސްކަރިއްޔާއިން
އައްޑޫގައި އުޅޭ އައި އެސް އަށް ތާއީދުކުރާ މީހުން ތުނބުޅި ގަދަކަމުން ބާލުވައި، ދެން އައްޑޫން އިރުއިރުކޮޅުން ކަރަންޓުކެނޑުނީމާ އައްޑޫއަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފުރިހަމަވީއެވެ.
ލާދީނީ ސްޓޭންޓް ތިޔަ ކިޔަނީ އޭބަލަ ކެނެރީގެ ކެރަފާ މޯދީ
ރަސޫލާގެ .. ސުއްނަތަށް .. ތަބާވާން ..ކުރިކަމެއް..ނަމަ .. މީހަކަށް .. ބިރުން .. އެކަން ..ހުއްޓައެއް .. ނުލާނެ .. މީގެން .. އެނގެނީ.. ގިނަމީހުން .. ރަސޫލާ .. ހެދުންކޮޅު . ..ތުރުކުރެެއްވި ..ގޮތޭ .. ތުނބުޅިފުޅު .. ބެހެެއްޓެވި.. ގޮތޭ އިސްތަށިފުޅު ..ކޮނޑާ ..ހިސާބަށް ..ދިގުކުރަށްވާފަ ..އޭ..ހުންނެވީ .. މީހަކު ..ބުނީމާ ..ކުޑަކުދިން .. ސުޕަމޭން. . ބެޓްމޭން .. ހެދޭ ..ހެން.. ސުޕަހީރޯ .. އަކަށް.. ވެލާހިތުން..ގިނަމީހުން ..އެގޮތަށް .ތިބެނީކަން.. އެއްވެސް..މީހަކު .. އެކަލޭގެފާނުގެ ..މާތް ..ޚުލްޤުފުޅުގެ ..ފޭރާން ..ލައިގެން .. އުޅޭތަނެއް..ނުފެނޭ ... ޙަޤީޤީ .. ސުއްނަތަކީ ... އެއީ ... ސުޕަމޭން .. ހެދުން .. އެޅިއަކަސް ..އަދި .. ސުޕަމޭން..އަކަށް.. ނުވާނެ .. ތި ..މޮޔަ..ވިސްނުން.. ދޫކޮށް.. ރަސޫލާގެ ..މާތް.. ޚުލްޤުފުޅުގެ .. ފޭރާމުން.. ފޭރާން. ..އަޅާ.
ހަނދާނަށް އަންނަނީ 1990ގެ އަހަރުތަކުގެ ކުރީކޮޅު އޭރު ދިވެހި ސިފައިންގެތެރޭގައި އޮތް ޕޮލިސް ސެކްޝަނުން ރައްޔިތުން ހޭވެރިކުރުވަން ރާއްޖޭގެ ބޮޑެތި ރަށްރަށުގައި މަސްތުވާތަކެއްޗަށް ބީރައްޓެހި މިމުޖުތަމައުއަށް އެތަކެތި ވަކިކުރާނެގޮތާއި، ބޯނެގޮތާއި، ބޮއެގެން އުޅޭގޮތާއި، ބޯންނުލިބުނީމަ ވާނެގޮތާއި މިހެންގޮސް ހުރިހާ ކޮހެއްގޮވި.. ނަތީޖާއަކަށްވީ ހުނުލޭހިނގާ ނޫކަށި ޒުވާނުން އެއީ ތެދެއްތޯ އަޖުމަބެލުން... ހަރުކަށި ފިކުރު ފަތުރަން ހުސްނުސޫދު ކުރާމަސައްކަތް ވެސް މިދަނީ ފެންނަ ފެނުމަށް ސީޒަން ތަކަކަށް ބެހިގެން، ސޫދު ބުނާ ތުބުޅި ބާލަމުން ދެން ކަންތަކާޖެހުނީ... ކޮބާތަ ސޭހުންތަށް ސައްހަ މައުލޫމާތު ބޭނުންވެޔޭ ކިޔާލަކިޔާލަ ތިބީތަ