ބްރެޒިލް އިން ރާއްޖެއަށް މަސްތުވާތަކެތި ހިފައިިގެން އައި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ، އޭނާގެ އަތުން އެއް ކިލޯގެ މަސްތުވާތަކެތި ފެނުނު ކަަމަށާއި، އެ މީހާއަކީ ވައިގެމަގުން ބްރެޒިލްއިން ރާއްޖެއައި އުމުރުން 32 އަހަރުގެ ބްރެޒިލް އަންހެނެއް ކަމަށެވެ.

ކަސްޓަމްސް އިން ވިދާޅުވީ، އެ މީހާއަކީ ސެޕްޓެމްބަރ 01 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި މީހެއް ކަމަށާއި، އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ އޭނާގެ ހަށިގަޏޑުގައި ފޮރުވައިގެން އުޅެނިކޮށް ކަމަށެވެ.

އެގޮތުން ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 70 ކެޕްސޫލް (ބަރުދަނުގައި 1089 ގްރާމް) ފެނިފައިވާކަމަށް ކަސްޓަމްސް އިން ވިދާޅުފިއެވެ.

އޭނާ ރާއްޖެ އެތެރެ ކުރަން މަސައްކަތްކޮށްފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ ކޮކެއިން އެވެ. މިތަކެތީގެ މަގުމަތީ އަގު 3,811,500.00 (ތިން މިލިއަން އަށްލައްކަ އެގާރަހާސް ފައްސަތޭކަ) ރުފިޔާއަށް އަރައެވެ.

ކަސްޓަމްސް އިން ވަނީ އެ މީހާ އާއި އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 24.78 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރުމޯލު

    ދޮންމީހުން އުޅޭ ގޮތަށް އުޅެގެން ސަލާމަތެއް ނެތެއްނު. ފުލައިޓުން އަންނަ ދޮންމީހާވެސް ފުލައިޓުން ފައިބާގެން ދާން މިޖެހެނީ ކުޑަގޮޅިއަށް.