ދައުލަތުގެ ބަޖެޓުގެ އާމްދަނީގެ ބޮޑު އިންސައްތައަކީ ވިޔަފާރި ތަކުން ދައްކާ ޓެކްސް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑް 2019 އިފްތިތާހު ކުރުމަށް މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ދައުލަތަށް ލިބޭ ފައިސާގެ ދެބައިކުޅަ އެއްބަޔަކީ ޓެކްސްގެ ޒަރިއްޔާއިން ލިބޭ ފައިސާ ކަމަށެވެ. އަދި އާންމުންގެ އެތަށް ބޭނުން ފުއްދުމަށް މި ފައިސާ ބޭނުން ކުރާ ކަމަށެވެ.

"އާސަންދަ ވިއަސް، އެކަނިވެރި މައިންނަށް ވިއަސް ދޮށީ އުމުރުގެ ބޭފުޅުންނަށް ދޭ އެއްޗެއް ވިއަސް އަދި އާންމު ހިދުމަތް ރަނގަޅު ކުރުމަށް ވެސް އެ ފައިސާ އަކީ ވަރަށް މުހިން ފައިސާއެއް."

ފައްޔާޒު ވިދާޅުވެފައިވަނީ ވިޔަފާރިތަކުން ގައުމެއް ބިނާކުރުމާއި އެ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަށް ސަރުކާރުން ދިނުމަށް މިއީ ވަރަށް ބޮޑު ރޯލެއް ކަމުގައެވެ. އަދި އިގްތިސޯދުގައި ގިނަ ކަންތައްތަކެއް ވެގެން ދަނީ ވިޔަފާރި ވެރިން ރިސްކް ނަގައިގެން އެކަން ކުރާތީ ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

"ގިނަ ވިޔަފާރި ތަކަކީ އަލަށް ފަށައިގެން ފެއިލްވާ ވިޔަފާރިތައް. ކާމިޔާބުވާ ވިޔަފާރިތައް ކާމިޔާބު ވުމުގެ ސަބަބުން އަޅުގަނޑު މިދެންނެވި ޓެކްސްތަށް ލިބިގެން، އެފައިސާ ލިބިގެން އަޅުގަނޑުމެން ސަރުކާރުތަކަށް ރައްޔިތުންނަށް ހިދުމަތް މި ކުރެވެނީ." ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ދިވެހިންނަށް ރިސްކު ނެގުމަށް އެބޭފުޅުން އެންކަރޭޖެ ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރ އެ މަގާމާއި ހަވާލުވެގެން ހުރެ ކުރައްވާ އެއް މަސައްކަތަކީ ރިސްކު ނެގުމަށްޓަކައި ހުރި ހުރަސްތައް ނައްތާލެވޭތޯ ބެލުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޣާދިރު

  ޓެކުސް .މަދުކުރަން.ހުޅުމާލެ. ބީޗުކެފޭތައް....ބަންދުކުރީ...

  5
  1
 2. ޢަދުރޭ

  ރާއްޖޭގައި. ..ހުރި ..އެއްޗަކުން .. ދިޔަފެލައިގެން. އަބަދު .. ބޭނުން ..ކުރަމުން .. ދިޔުމަކީ .. އަމިއްލަ ..ފަހަރުވާ .. އަލުން އަނބުރާ .. ބުއިން .. ކަހަލަ .. ކަމެއް .. !! އެހެން .. ނަހައްދަވާ .. މިތަނަށް .. ބޭރުން .. ފައިސާ .. ވަންނާނެ .. ދޮރެެއް . .. ހުޅުއްވައި .ދެއްވާ . .. ހަމަ އެކަނި .. ޕޭޕަލް ..ރިސީވިން.. އެކައުންޓް ..ދިވެހި .. ރައްޔިތުންނަށް .. ލިބޭގޮތް. .ހައްދަވައި ..ދެއްވިޔަސް.. ރާއްޖޭ ..ރައްޔިތުންނަށް .. އޮންލައިން .. ކޮށް .. ބޭރު ..ޤައުމުތަކަށް .. އެއްޗިހި ..ވިއްކުމުގެ .. ދޮރު..ހުޅުވިގެންދާނެ .. އެއީ ކީ ..ދައުލަތުން ..ޚަރަދެއް. .ކުރަންޖެހޭނެވެސް ..ކަމެއްް ...ނޫން .. ހަމަ .. އެކަނި ..ޕޭޕަލް ..ޤަބޫލް ..ކުރާ .. މަނިޓަރީ ..ޕޮލިސީ.. އެއް.. އެކުލަވާލަން.. ޖެހޭނީ ... މިހާރު ..ތިހައްދަވާ.. ގޮތަކީ .. ޤައުމުގެ .. ރައްޔިތުންގެ .. ފަހަރުވާ .. ރައްޔިތުންނަށް .. ބޯންދީފާ.. ބޭރުން.. ވަންނަ. . ހުރިހާ އެއްޗެއް .. .ބަންގްލަދޭޝް .. އަށާ .. އިންޑިޔާ .. އަދި. . ލަންކާޔަށް.. ބޭރުވެގެން ..ދާގޮތަށް .. ތި .. ހައްދަވަނީ .. ..އިގްތިސޯދު .ގައި ... ފޫ . ގޮއްސައިވާ .. މިލޯވަޅުތައް .. ބެއްދޭނެ ..ގޮތެއް . .. ނެތީތޯ . ...ހަމަ ؟

 3. ޖޭމްސް

  އެންމެން މިހާރު މީރާއާ ބަގުޑި ލަނީ މި.. ފިނޭންސް މިނިސްޓަރ ދައްކާ ވާހަކައިން ހީވާނީ، ފިނޭންސް މިނިސްޓރީ އިންނޭ މީރާގެ ޕޮލިސީތައް ހަދަނީ.. އިކޮނިމިކް މިނިސްޓަރ ދައްކާ ވާހަކައިން ހީވާނީ އިކޮނޮމިކް މިނިސްޓަރ އޭ އެކަން ކުރަނީ.. ޓެކްސް ޕޭޔާރުންގެ މިފަދަ ހުރިހާ ކަމަކީ، ހުރިހާ މިނިސްޓްރީއަކުން ބޯ ކޮއްޕަންޖެހޭ ކަމެއް ނޫން..