އއ. އަތޮޅުގައި އޮންނަ ކޮންސްޓަންސް ހަލަވެލި ރިސޯޓުން މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެ ރިސޯޓުން މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން މަރުވެފައިވަނީ ކޮރެއާއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އަދި އެމީހާ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށާއި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ސްނޯކްލިން އާއި ޑައިވިނަށް ގޮސް އުޅޭ ޓޫރިސްޓުން ގެއްލި ހިތާމަވެރި ހާދިސާތައް ދިމާވުން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ތިއީ ރަނގަޅަށް ވިއްޔާ އިންޑިޔާ މީހަކު އޭނާ އަށް ވިހަލީ ކަންނޭގެ. ރާއްޖެ ބަދުނާމު ކުރަން ރާއްޖޭގެ ޓުއަރިޒަމް އަގުވައްޓާލަން ކުރާކަމެއް. އެހެންޏާ ތިޔަށްވުރެ މާ ކުރީގަ ހަދާފަ ހުންނަ ރިސޯޓް ތަކުގަވެސް އަބަދު ގެބިގެން މަރެއްނުވޭ ވިއްޔާ
ލައިފްގާޑުން ބައިތިއްބާކަށް ނުވޭތަ އަދިވެސް އައްޔާ
އަކީވަހީދު އިސްތިއުފާ ދިފާ ކަރާ ހައްދަންއުޅޭ.