ވަގު ޕާސްޕޯޓް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު އިތުރު މީހަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
އިއްޔެވެސް ވަނީ މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުން މިއަދު ވިދާޅުވީ، ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެން ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު މިއަދުވެސް ހުއްޓުވާފައިވާ ކަމަށެވެ.
ޝަހުޝު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މިއަދުވެސް އުޅުނީ ފިރިހެނެކެވެ. އޭނާ ހިފަހައްޓާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.
އިމިގްރޭޝަނުން އެ މިހާއާ ގުޅޭ އިތުރު މައުލޫމާތެެއް ދީފައެއް ނުވެއެވެ. އެހެންކަމުން އެއީ ކޮން ގައުމަކުން ރާއްޖެ އައި މީހެއް ކަމެއް އެނގިފައެއް ނުވެއެވެ. އިއްޔެވެސް ހައްޔަރު ކުރި މީހާއާ ގުޅޭ މައުލޫމާތެއް އިމިގްރޭޝަނުން ދީފައެއް ނުވެއެވެ.
ވަގު ޕާސްޕޯޓްގައި ދަތުރުކުރާ މީހުން ދެނެގަތުމަށް ރާއްޖޭގައި ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖެ އަކީ އިންސާނީ ވަގުފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަބެއްގެ ގޮތުގައި ބޭނުންކުރާ ގައުމެއް ކަމަށް ބައިިނަލްއަޤުވާމީ ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
މިއަދު އިމިގްރޭޝަނުން އަތުލައިގަތް މީހާގެ މަންޒިލަކީ ރާއްޖެ ކަމެއް ނުވަތަ ރާއްޖެ މެދުވެރިކޮށް އެހެން ގައުމަކަށް ދަތުރު ކުރަން އޭނާ ނިންމާފައި އޮތް ކަމެއް އަދި އިމިގްރޭޝަނުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ސޫދުގެ ބަޔާނާ ގުޅިގެން އަންނަ ހަމަލާ.
ކުދިބޮޑު ހުރިހާ ރައްޔިތުން ހުޝިޔާރުވެތިބޭ. ފަހަރެއްގާ މިވެދާނެ އަލްޤައިދާ ނުވަތަ އައިއެސް އައިއެސް އާއި ގުލުން ހުރި ބަޔަކަށްވެސް. މި ތަނުގައި ހަމަޖެހުން ނަގާލަން އެތެރެވާ ބަޔަކަށްވެސް ވުން އެކަށީގެންވޭ.
މީ އާކަމެއްނޫން ކޮންމެ ދުވަހަކުހެން ދިމާވާކަމެއް
ސުއޫދު ކައިރީ އަހާލަބަލަ ކޮން ގްރޫޕެއްގެ މީހެއްތޯ
ކްރޭޒީސްޕީކަރާއި މިނިވްން ފިކުރުގެ ރައީސާ ދެމީހުންނާ ގުޅުން އޮންނަ އަލްގައިދާ ގޭންގް މީހުން.
ދަލާމަތީބާރުތަކުން ވަރަށްބޮޑަށް ސަމާލުވާން ވާނެއެވެ. ތީ އިންޑިޔާގެ ޖާސޫސުންކަމަށް ވެދާނެއެވެ. ޚަބަރު ލިބޭގޮތުގައި މިހާރުވެސް އައްޑޫގައި ވަރަށްގިނަ އިންޑިޔާސިފައިން އެބައުޅެއެވެ. ޕޮލިސް ޓްރޭނިންގެ ސެންޓަރުގެ ނަމުގައި ހަދާ އިންޑިޔާގެ އަސްކަރީ މަރުކަޒުގެ މަސައްކަތު މީހުންގެ ނަމުގައެވެ.