ފުލުހުންނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކީ ސިފައިންގެ ތެރެއިން ބަޔަކު މައުލޫމާތު ދެއްވުމުން ނޫނީ އެމަނިކުފާނަށް ދެއްކެވޭނެ ވާހަކަފުޅެއް ނޫން ކަމަށް އެމްޑީޕީގެ ޗެއަޕާސަން، ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެމްއެންޑީއެފުން ރަސްމީކޮށް ލިޔުމުން އަންގާފައި ނެތްނަމަވެސް، ސިފައިންގެ ތެރެއިން ބަޔަކު ރައީސް ނަޝީދަށް މައުލޫމާތު ދެއްވުމުން ނޫނީ އެފަދަ ވާހަކައެއް ރައީސް ނަޝީދު ދައްކަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާ ކަމަށް ރަައީސް ނަޝީދު ވިދާޅުވީ މީގެ ތިން ރޭ ކުރިންނެވެ. ނަމަވެސް ނަޝީދަށް ފުލުހުން ފާރަލާ ކަމަށް އެމަނިކުފާނަށް ދަންނަވާފައިި ނުވާނެ ކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ފުލުހުން ވެސް ވަނީ އެކަމާ ގުޅިގެން ހަމަ އެވާހަކަތައް ހިމެނޭ ބަޔާނެއް ނެރެފަ އެވެ. ނަމަވެސް އެބަޔާނުގައި ނަޝީދަށް ފާރަ ނުލާކަމަކަށް ވިދާޅެއްނުވި އެވެ.

"އެމްއެންޑީއެފުން ރަސްމީކޮށް ލިޔުމުން އަންގާފައި ނެތަސް، ސިފައިންގެ ތެރޭން ބަޔަކު ރައީސް ނަޝީދަށް މައުލޫމާތު ދެއްވީމަ ނޫނީ އެފަދަ ވާހަކައެއް އެއްގޮތަކަށް ވެސް ރައީސް ނަޝީދު ވިދާޅުވާނެ ކަމަށް ކުޑަކޮށް ވެސް ގަބޫލެއް ނުކުރާނަން." ރައީސް ނަޝީދުގެ ވާހަކަތައް ދިފާއު ކުރައްވާ ހަސަން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. އެންދެރި

    ތިޔައީ ހަސަނު ދައްކަން ޖެހޭ ވާހަކައެއް ނޫނެވެ. ނަޝީދު ދައްކަން ޖެހޭ ވާހަކަ އެކެވެ.

    85
    2
    • ޙޫން

      ޢެއްކަލަ ގައުމު ފަސާދަކުރަންއުޅޭ ބައިގަނޑު ... ދެން މަޖާވާނެ ތިމީހުން މަޖިލީހުގަ ބާޢީ ނަސީދުބުނީ ތެދެއްކަމަށް ފެންނަ ނުފެންނަ ވޯޓެއް ނެގީމަ ... ޙަމަ ހީވަނީ ދެން ނަށީދުގެ ހާމާންހެން މީނަ ... ގައުމު ފަސާދަކުރެން ނޫޅެ މަޑުން ތިބޭ ތި އެޖެންޑާ ނަވާރަމެންނާ ބާޢީ ފިއުޗަރ ބޮޑުވަޒީރު !!

      12
    • ކެކެކެ

      މިއުޅެނީ ޓެރަރިސްޓު މީހާގެ މައިބަދަ ވާގި ނައްތާލި ޑޮކްޓަރު ކަލޭގެ އޮތަ؟

      13
  2. ލަތީފާ

    ޢަވަހަށް އެހެން ބައެއްގެ ބޮލުގައި އަޅުވާލީ

    75
    1
  3. ސިއްދީޤު

    ތިޔަށް ކިޔަނީ ސިޔާސީ ނުފޫޒު ޤައުމީ ސަލާމަތް ބެލެހެއްޓުމާ ހަވާލު ތިއްބެވި ފަރާތްތަކަށް ފޯރުވުން. ވަކިވަކި ސިފައިންނާއި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދާ ޖާސޫސް ކުރުމަކީ މުއައްސަސާތައް ހަލާކުވުމުގެ އަސްލު

    71
    2
  4. ލަތީފުގެ ބަފާ

    ކަލޭ އަބަދުވެސް އެ ނުލަފާ ނަޝީދު ހިމާޔަތްކޮށް ވާހަކަ ދައްކަމެއްނު. ކަލޭ އުޅޭ ވައްތަރު އަހަރުމެން މި ތިބެނީ ބަލަން. ޢިރާދަ ކުރެއްވިއްޔާ ހިތިގޮތަކަށް ތިޔަބައިގަނޑު ނިމިދާނެ.

    100
    2
    • ލަތީފު އަމާ

      ޔާމީނުް ސިރަޕް ބޮއެގެންދޯ.. އެހެންވެ ތިހާ ރުޅިއައީ ތި

      3
      76
      • ގަމާރު

        ކަލޭ ގަންޖާ ސިރަޕް ބޮއެގެންނު ހޭބަލިތިވަނީ؟!

        18
      • Anonymous

        ކަލޭ ތި އުޅެނީ ސިހުރު ބޮނޑިބަތް ބޮވިގެންދޯ

        12
    • Anonymous

      ނަޝީދޭ ބުނާ އިރަށް މިބައިގަނޑު ރަގަޅަށް ކެކި އަރާނެ. ޙިީވަނީ މިވައިގަނޑު އުޅެނީ ރަނގަޅަށްވެސް ޔާމިނެއްނޫން ނަޝިދޭ ކިޔާ ސިރަޕް ބޮއެގެން ކަންނޭނގެ.

      21
  5. ކޮރުއިބުރާ

    ހހހހހިހިހި މި ހަތަރުކަށިމަތި މީ ކޯޗެއް އެނގޭ ޖޯކަރެއް. ހިސާބަށްވުރެ ކުރުވީމަ ވާގޮތް ކަންނޭނގެ.ކަކަކަ

    53
    1
  6. ހުދުހުދު

    އެހެން ބުނާނީ މާރިޔާ ދައިތަ

    61
    2
  7. ސޯޕް ލައިޓް ބްރަދަރ

    ޤައުމުގައި ފިތުނަ ފަސާދަ އުފައްދަން ވާހަކަ ދައްކާމީހުންގެ ދޫތައް ބަންދު ކުރައްވާށިއެވެ!!!

    70
  8. ޢަދުރޭ

    ސިފައިންގެ .ތެރެއިން . . ބަޔަކު .. ދެއްކިޔަސް .. މީނަ .. ޖެހޭނެތޯ .. އެކަމުގެ .. ތެދުދޮގު .. ރަސްމީކޮށް.. ބަލަން.. މުޅި .. މުއައްސަސާ .. ބަދުނާމު.. ކުރުމުގެ.. ކުރިން..މީނައެކޭ .. ގޮޅާބޮލެކޭ. ތަފާތެއް.. ނެތެއްނު .. ގޮޅާބޯ .. ގޮވާލާއިރަށް.. ގޮވީ .. ކާކުތޯވެސް .. ނުބަލާ .. ދައިގަ ބޯ .. އޭ .. އޭނަ ވެސް .. ގޮވާލާނެ .!!! މީގެން ... އެނގެނީ . ރައްޔިތުން.. ކިތައްމެ .. ވަރަކަށް .. ދޮން . . ކުރިޔަސް .. ދުނބުރި ..އެއް .. އަނބަކަށް .. ނުވާނެކަން

    68
  9. ބަރުގޮނު

    ހަސަނާ ކޮއިފުޅާ... މަތިންބައިން ޖެހިގެން ހަސަނު ތިވާހަކަ ދައްކާނެ ކަމެއްނެތް. ތިޔަ އުޅެނީ ނަޝީދު ތިއްތިކުރާން. ހަސަނުގެ ވާހަކައިން އިތުރަށް މިވިސްނެނީ ނަޝީދަކީ ވަރަށް ޛިންމާދާރުކަން ކުޑަ މީހެއްކަން. ބޮޑު މުއައްސަސާއެއް މި ބަދުނާމްކޮށްލީ ބަޔަކު ދެއްކި ވާހަކަޔަކަށް ބަރޯސާވެފައި. ނަޝީދު ބޭނުންވަނީ ފުލުހުންނާ ސިފައިންނާ ޖައްސުވާގެން ކަންތައްގަޑެއް ހިންގަން.

    13
  10. ޝާހް، ރ.ވާދޫ

    ކޮންމެސް ބަޔަކު ކީ އެއްޗެއްކަމަށް ހަދާލާފަ ނިންމާލާ. ތި ބީތާ ސަލާމަތްވީ. އެކަން އެނިމުނީ. މިފަހަރު އޮޅިގެން ދެއްކުނު ވާހަކައެއްނޫންދޯ؟

    10
  11. އޭނާ15

    އާނ ނުބުނާނެތާ ހުރިތެދައް ހުރި އަލިފެއްދޯ ބަލަދުވަހަކުވެސް ތެދެއްހެދިތަ ދޮގެއްހެދެންއޮއްވާ ތެދެއްހަދާމީހެއްނޫން އެއީ ހަތަރުކަށިމައްޗައް ޤަބޫލުކުރެވުނަސް ނުކުރެވުނަސް އަހަރެން ޤަބޫލެއްނުކުރަން ތެދުހަދާކަމަކައް

    10
  12. ސިކަންދަރު

    ކިހިނެއްތޯ ގަބޫލްކުރާނީ ތިޔަމީހާ ޔަކީ މާލޭ ހަތަރުކަށިމަތި މީހެކޭ މަށްއްފެނެޔޭ އުސްއިމާރައްތަކުގެ ބިއްލޫރިތައް މިހާރު ބުނާނެ މަށެއް ނުދައް ކަމޭ އެކަމަކު ޔޫޓިއުބުގައި އެހެރީ ރެކޯޑިން ދެން ތިޔަމީހާ ދައްކާވާހަކަ ކިހިނެއް ގަބޫލްކުރަނީ މުޅިން ކެންޕޭނައް ޖަހާ މަޅި ލޯކަލަ އިމްތިހާބް ކެންޕޭން ވެދުން

  13. ޖެކެޖެ

    ކަލެއަކީ ކާކުތަ؟ މަޖިލިސް މެންބަރުތަ؟ ހަތަރުކަށިމަތިތަ؟ ކުރުސްޗޮޕްތަ؟ ކަލޭ އަނގައެއް ތަޅާލީމަ ބުނަންވީ މަޖިލިހުން މިހެން ބުނެފިއޭތަ؟ މީތިގަބޑު ދެކެ އެންމެ ފޫހިވަނީ ބޮޑާކަމުން. ކޮބާތަ ކަލޭމެނާއެކު އެކު އުޅޭ އެންގްރީބާރޑް؟ އެވެސް މަށަށް ހާދަ ނަޖާ ގޮލައެކޭ. .

    8
    1
  14. ޙައްގުބަސް

    ޢަނހަ ހަސަނާ މިވީ ކިހިނެތް ގައިމު ޔާމީން ވެރިކަމުގަަ ޔާމިން ބުނާ އެެއްޗެއްގެ ތަރުޖަމާ މުއާ ކޮށްދެން ފަށާއިރަށް ހަސަނާމެން ގޮވަން ފަށާ އިތުރު މީހަކު ތަރުޖަމާ ކޮށް ދެން ނުޖެހޭ ހަމަ އެއް ކަމެއްވެސް ނޯވެޔޭ. ޙަސަނާ މެން ޖެހި ހުރިހާ ފޮޑިއެއް ތި ވަންނަނީ ހަސަނާމެން އަނގަޔަށް މީ ތަރުޖަމާގެ ވައްތަރެއް ނޫންބާ

    12
    1
  15. ބިޖޫ

    ނަސީދަކީ މަތިންފައިބާހުރި މީހެއްވިޔަ ދޮގުނުހަދާން ނަސީދަކީ ދޮގުހެދުމުގެ ލާމަސީލު މިސާލެއް

    13
    1
  16. ޙަގީގަތް

    ބޮލުރޮދިކެޑުނީމާވާނީތިޔަކަހަލަގޮތް

    13
  17. ކަނބާ

    މުސްކުޅިން ބުނާއަޑު އިވެއެވެ. ''އެއްގަލުން ފެހި ކަންޏާ ހުރިހާ މަހެއްގައިވެސް ލާނީ އެއް ރަހައެކެވެ.'' މިއީ އެކަހަލަ ބައެކެވެ.

    13
  18. ވަގަވޯޓާ މަވޯޓާ ތަވޯޓާ ފޮސްފަންބުޑާ

    އެއް ދޮގު ފޮރުވަން އަނެއް ދޮގު.އެމްޑީޕީގެ މީހުންކާރީގަ އަބޫ ޖަހުލުވެސް ނުވާނެ މީހަކަށް.ޖަހުލަށްވުރެން ވެސް ކުރީގަ މިބައިގަނޑު އުޅެނީ.

    13
  19. ާަޕޮގުބާ

    ކަލެއަކަށް ނޭންގޭނެ މަތިނުވެ

    10
  20. އަހްމަދު

    އަނެއްކާވެސް ޖުހާއެއްއުފަންވީދެއްތޯ ހަސަނުގަބޫލުނުކުރިއަސް ނަޝީދަކީ ކާކުކަންމިހާރުދިވެހިރައްޔިތުންނަށް އޮޅިފަކާނެތް

    12
    1
  21. ދޮގު

    ނަޝީދު އަނެއްކާވެސް ރެކޯޑެއް ހެދީ. މިހާތަނަށް މި ގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ދޮގު ހަދާކަމަށް ގައުމުގެ ސިފައިންނާއި ފުލުހުން ރަސްމީކޮށް އާންމުކޮށް ހާމަކޮށްފައެއް ނެތް. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދޮގު ހަދާ ކަމުގެ ރެކޯޑު ފުރަތަމަތަ ފަހަރަށް މި ހޯއްދެވީ މަޖިލީހުގެ ރައީސް ގ.ކެނެރީގޭ މުހައްމަދު ނަޝީދު.

    11
  22. އަހްމަދު

    ދޮގުހެދުމުގެ މާސްޓަރ

  23. ޖަންބެ

    ހަސަން ތިޔަ ވިދާޅުވަނީ ރައީސް ނަޝީދު ސިޔާސީ ގޮތުން ގާތްގުޅުން ބާއްވާ ސިފައިން އަސްކަރިއޔާގައި ތިބޭ ވާހަކަތ؟ އެސްޕީޖީ އިނ އެ މައުލޫމާތް ނުދޭކަމުގައި ވާނަމަ އެއީ ސިޔާސީ ގޮތުން ނަޝީދާއި ގުޅުން ބާއްވާ ބަޔަކަށްތާ ވާނީ!

  24. ޢިޔާބު

    އަންނިއާ ހަސަނަކީ ބިރުވެރި އަނދިރި ދައުލަތުގެ ދެވެރިން.

  25. Anonymous

    ސިފައިންގެ ތެރެއިން އެއްވެސް މީހަކު ދިން މަޢުލޫމާތެއްނޫން އެއީ. އެއީ ނަޝީދު އަމިއްލައަށް ބޮއިގެންހުރެ ދެއްކި ވާހަކައެއް. މިހާރު ނަޝީދުގެ ދިފާޢުގައި ނަޝީދުގެ އައުވާނުން އެކަން ދިފާޢު ކުރަން އެއުޅެނީ އިބޫ ކަރަށް ފައިން އަރާފައި. މީގެ ނަތީޖާއަކީ އެމް.ޑީ.ޕީއިން ގެނައި ވެރިކަން އެމްޑީޕީއިން ވައްޓާލުން.
    ނަގޫ ގޮއްޖެހޭނީ އެބައި މީހުންނާއި އެބައިމީހުންނާއި. ހަނދާންވޭތަ. މިވަނީ އެހެން.

  26. އިހުސާނާ

    ބަލަގަ ސިފައިންގެ ތެރެއިން ބަޔަަކަށް ނަސީދަށް ވަކިން މަޢުލޫމާތު ދެވޭތަ؟ ކޮބާ ޗީފް އޮފް ޑިފެންސް ފޯސް؟ އެ ބޭފުޅާ އަކަށް ނޭނގޭތަ؟ މީ އޭ މައްސަަލަ އަކީ! މުވައްސަސާ ތަކުން ވަކިވަކި މީހުނާ ގުޅައިގެން ކަންކަން އޮޅުންފިލުވާ ސާފު ކޮށް ކަންކަން ކުރަން އުޅުވުން! މީ މުވައްސަަސާތައް ފޭލިވާން ދިމާވާ އެއް ސަބަބު!

  27. 1111

    ސިފައިންގެ ތެރެއިން ބައެއް ދިން މައުލޫމާތެއް ވިއްޔާ ނަޝީދު ބުނަންވީ އެހެން. މުޅި މެމްޑީ އެފް އާ ހަވާލާދީ އެއް ނޫން ބުނާނީ. ކަލޭމެން ވެއްޖެއެއްނޫންތަ ތި ސޮރަށް ނަސޭހަތްތެރިވާން. ވިސްނަދޭން. ބަސްމަގު ބޭނުންކުރަން ދަސްކޮށްދޭން. މިއީ ހަމަ އެޔެއްމިޔެއް ނުދަންނަ އާންމުނަށް އޮޅުވާލުމެއްނޫންތ.ަ؟