އާދަމް ޒުހުރީ ނަމަކަށް ކިޔާ މީހަކު މަރުވެއްޖެ ކަމަށް ބުނެ ފެތުރެމުން ދިޔަ ދޮގު ވާހަކައެއްގެ ހަޤީޤަތް ހާމަކޮށްދިނުމަށް 1990 ވަނަ އަހަރު އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސާވިސް އިން ކުރި އިއުލާނެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ފޭކް ޓްވިޓާ އެކައުންޓް ކަމަށް ޝައްކު ކުރެވޭ "އެލެކްސް އަހްމަދު" އިން މިރޭ ޓްވީޓް ކޮށްފިއެވެ.

ނަޝީދުގެ ފޭކް ޓްވިޓާ އެކައުންޓުން މިފަދަ ޓްވީޓެއް ކޮށްފައި މިވަނީ ފުލުހުން އެމަނިކުފާނަށް ފާރަލާކަމަށް ވިދާޅުވެ އެމަނިކުފާނު ހެއްދެވީ އިތުރުފުޅެއް ކަމަށް ރައީސް ޞާލިހް އާއި ފުލުހުން އަދި އެމްއެންޑީއެފް އިން ވެސް ވިދާޅުވެފައި ވަނިކޮށެވެ.

ނަޝީދުގެ ފޭކް ޓްވިޓާ އެކައުންޓުން ހިއްސާކުރި އިއުލާނުގައި ވަނީ ޒުހުރީ މަރުވި ކަމަށް ބުނާ ދުވަހު މަރުވެފައި ވަނީ އައިމިނަތު ޔޫލާ ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރުވީ މޫދަށް އެރިގެން އުޅެނިކޮށް ކަމަށް ވެސް އިއުލާނުގައި ވެއެވެ.

"ޙަޤީޤަތާއި ހިލާފު ދޮގު ވާހަކަދެއްކުމަކީ އާންމު ޤާނޫނުތަކުގެ 125 ވަނަ މާއްދާއިން މަނާ ކަމެކެވެ. ޤާނޫނާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ވާހަކަދަންނަވަމެވެ." އިއުލާނުގައި ވެއެވެ.

ނަޝީދުގެ ފޭކް ޓްވިޓާ އެކައުންޓުން ކުރި އިއުލާނުގައި ޤާނޫނާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް ވިދާޅުވެ ރައީސް ޞާލިހާއި ފުލުހުންނާއި ސިފައިންނަށް ދެއްވާފައި އެވަނީ "އިންޒާރެއް" ކަމަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ބުނެފައިވެއެވެ.

ނަޝީދު ރޭ ދެއްކެވި ވާހަކަފުޅު ރައީސް ޞާލިހް މިއަދު ދޮގު ކުރެއްވުމުން އެމްޑީޕީގެ ރައީސް ޞާލިހްގެ ސަޕޯޓަރުންނާއި ނަޝީދުގެ ސަޕޯޓަރުންނާއި ދެމެދު ވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކޮބާތަ މައުމޫނޭ ކިޔާ އެތި

  ދޮގު ހެދުމުން ކަލެއަށްވުރެ ކުރި ހޯދޭނެ މީހެއް އުޑުދަށަކު ނެތް. 2012 ފެބްރުވަރީ 8ގަ ސަގަރޭޕާކުގަ ސިފައިން 2 މީހަކު މަރާލައިފިއޭ ގޮވި ރާޓީވީ އަށް ފިޔަވަޅު އަޅާބަލަ. އެދޮގުގެ މައްޗަށް ގައުމުގަ ހުޅުޖެހި މީހުންނަށް ފިޔަވަޅުއަޅާބަލަ. އެކަކީ ކަލޭނު..

  30
  1
 2. ައަހުމަދު987

  އިހުޒަމާނުގެ ކަރުދާހެއްގައި ނަޝީދު އަމިއްލައަށް ލިޔެފައި!
  1-ސިފައިން ނެޝިނަލް ސެކިއުރިޓީ ޑެޕޯ ލިޔެފައި 1990 އަހަރުތަކުގައި އިއުލާނެއް ނުނެރޭނެ!
  2-އޭރުވެސް މިހާރުވެސް ސަރުކާރު ވުޒާރާތަކުގައި ތިބޭ މުވައްޒަފުންގެ އަތުލިޔުން މިޔައްވުރެ ތާހިރު!
  3- އޭރު ހިޖުރީ ތާރީހު ލިޔާނެ މީލާދީ ތާރީހުގެ މަތީގަ!
  4- އެންއެސްއެސް ވިޔަސް ސަރުކާރު އިދާރާއަކުން ވިޔަސް އޭރުގެ އިއުލާންއެއް ވެއްޖެޔާ އޮންނާނީ ކޮންމެސް ނޫހެއްގައި ޝާއިއުކުރެވިފަ، އަތު ލިޔުމުން މިހެން ލެޓާރ ހެޑްއެއް ނެތި އެއް ނޫން!
  މީ ނަޝީދުގެ ދޮގުތަށް ފަޅާއަރަން ފެށީމާ ދުއްވާލި އަނެއް ދެބޯގެރި!

  31
  2
 3. ޙހހ

  ނަޝީދުގެ ފޭކް ޓްވިޓާ އެއްކަން ި އި ންގެނީ

 4. އެންދެރި

  އަންނި ސަޕޯޓަރުން ގިނައެއް ނޫނެވެ. އަޑުގަދަ އީއެވެ. ވޯޓް ލީމީހުން މަދުވީމަ ހޮވުނީއެވެ.

  26
  2
 5. ހެއްވާ

  ކޮބާބާ ނޭޝަނަލް ސެކިޔުރިޓީ ގާޑުންގެ ޑެޕޯގެ ތައްގަނޑު ނުގެންގުޅޭ ދުވަސްވަރަކީބާ

  20
  1
 6. ދޮގު

  އެމްޑީޕީ އެކްޓިވިސްޓުންނަކަށް އަދި އާއިލާއަކަށްވެސް ނޭގޭނެ ނަޝީދުއާ ސާލިހުއާ އެމްޑީޕީ ހިންގާ ގޮތެއް. ޢެކަކު އަނެކަކަށް ކިތައްމެ އެއްޗެއްކިޔަސް ނަޝީދުއާ ސާލިހުއާއެއި އެކަކު. ވިސްނާލަ ކޯލިޝަން އެއްބަސްވުމާ ޚިލާފަށް މަޖްލިސްއަށް ޕާޓީތަކުން މީހުންނެރުނުއިރު ސާލިހު ކުޅުނުގޭމު. މިހާރު ކޯލިޝަން ކޮބާ އެހެންޕާޓީތަކުގެ ނަމުގަ ތިބި ބަޔަކަށް ވަޒީފާ ދިންނަމަވެސް އެމީހުންނަކީ އެމްޑީޕީ މީހުން. ކޮބާ 4 ލީޑަރުން. މަޝްވަރާއެއްކުރޭތަ. އިމްރާންވެސް އުޅެނީ މަތިންބާތްޖެހިގެން. ނަޝީދުގެ އަޅަކަށްވެގެން.

  27
  • Anonymous

   ވަރަށްބޮޑު ތެދެއް. ދިވެހިން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިލައިގެން ނުވާނެ ނަޝީދުކަން ލީޑު ކުރަނީ، ސޯލިހު ކުޅޭނީ ނަޝީދު ބުނި ރޯލެއްކަން. މަށަށް ނަޝީދަށްވުރެވެސް ނުބައިކަމަށް ފެންނަނީ ސޯލިހު

 7. Anonymous

  1990 ވަނަ އަހަރު އައިއިރު އެން.އެސް.އެސް. އިން މިހާ ދަށުފެންވަރުގެ އިޢުލާނެއް ނުނެރޭ. އެމީހުންގެ އިޢުލާނުތައް ހުންނާނީ ލެޓަރހެޑް މިއަށްވުރެ ފެންވަރު ރަނގަޅަށް ތައްޔާރުކުރެވިފައި. މީ ފޭކް އެކައުންޓަކުން ފޮނުވާފައިވާ ފޭކް އިޢުލާނެއް. އަމިއްލައަށް ހަދާފައި ފޮނުވާފައިވާ އިޢުލާނެއް. ރައްޔިތުން ގުނބޯ ހައްދަން އަމިއްލަ އޮރިޔާންވެސް ހާމަކުރަމުންދާ މިކަލޭގެ އާއި އެމްޑީޕީ މީހުންނަކީ.