ފުލުހުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާރަލާކަމަށް އެމަނިކުފާނު ވިދާޅުވުމުން ފުލުހުންނާއި ސިފައިން އެވާހަކަތައް ދޮގުކުރެއްވި ނަމަވެސް އެއަށް ރައްދުދެއްވުމުގެ ބަދަލުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ނަޝީދު ދެއްކެވި ވާހަކަފުޅު އާއްމުކޮށްފިއެވެ.
އެމްޑީޕީގެ ރަސްމީ ޓްވިޓާ އެކައުންޓުން ވީޑިއޯ އާއްމު ކުރުމުން ނަޝީދު ވަނީ އެޓްވީޓް ރީޓްވީޓް ކުރައްވާފައެވެ.
އާއްމުކޮށްފައިވާ ވީޑިއޯގައި ވެސް ނަޝީދު ވިދާޅުވަނީ ފުލުހުން އެމަނިކުފާނަށް ފާރަލައްވަމުން ގެންދަވާ ކަމަށް ތިން ދުވަސް ކުރިން އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު ގާތުގައި އެމްއެންޑީއެފް އިން މީގެ ތިން ރޭ ކުރީގައި ބުނި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ވެސް ކޮށްފާނެ. ނުވަތަ ފުލުސް އޮފީހުން ވެސް ކޮށްފާނެ. އަދި އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއް ވެސް ނެރެދާނެ. އެހެންނަމަވެސް އަޅުގަނޑު މިހިރީ މިވާހަކަ ދެއްކުން ހުއްޓާލާކަށް ނޫން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއަދު އެންމެ ބޮޑު ދައްޗަކީ ފުލުސް އޮފީހުން ގަވައިދުން، ތަރުތީބުން ހިންގަން ޖެހޭ ކަންކަން ހިންގުމަށް ދަތިވެފައި ވުން ކަމަށެވެ. ނުކިޔަމަންތެރިކަމުގެ ޖޯޝްގައި ގައުމުގެ ވެރިކަން ބަދަލުކުރެވިދާނެ ކަމަށް ބައެއް ފުލުހުން ހީކުރާ ކަމަށް ވެސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ 2012 ވަނަ އަހަރު ކަންތައްވި ގޮތް ތަކުރާރުވިޔަ ނުދިނުމަށް ކަންތައްތައް ކުރަން ޖެހޭ ކަމަށެވެ.
ފުލުހުންގެ އަމަލުތައް ހުރިގޮތް ކުއްވެރިކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ފަހު ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުމާއި އެމަނިކުފާނުގެ ވިސްނުން "މިލިމީޓަރެއްގެ މިންވަރަށް ވެސް ތަފާތެއް ނޫން" ކަމަށެވެ.
8 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ބޭއްވުނު އެމްޑީޕީ ޤައުމީ މަޖިލިސްގެ 167 ވަނަ ބައްދަލުވުމުގައި ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު 1/2https://t.co/k5a8Vc7Wry
— MDP Secretariat (@MDPSecretariat) September 9, 2019
ނަޝީދަށް ފުލުހުން ފާރަލާކަމަށް އެމަނިކުފާނު ވިދާޅުވުމާއި، އަދި އެވާހަކަފުޅު ފުލުހުންނާއި ސިފައިން ދޮގު ކުރެއްވުމުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންގެ ބަހުގެ ހަމަލާތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ކޮން "އިތުރުފުޅެއް"؟ މާތްﷲ ޙަރާމް ކުރެއްވި ކަމެއް، އަދި އަބަދު ދޫމަތީ ދޮގު ނޫން އެއްޗެއް ނުގެންގުޅެިވިގެން އުޅޭ މިކަހަލަ މުނާފިގު މީޙަކު ބުނީމަވެސް ހަމަ އެހާ ޢިްޒަތާ ޤަދަރު ދީގެންތަ އެވާހަކަ ލިޔަންޖެހެނީ؟
ތީ ތެދެއް، އެހެންވިއްޔާ ކިޔަންވީތާ ޒިނޭފުޅު ވެސް ދޯ
2012 ވަނަ އަހަރު ކަންތައްވި ގޮތް ތަކުރާރުވިޔަ ނުދިނުމަށް ކުރަން ވިކަމަކީ ނަޝީދު ޕޯޑިޔަމަކަށް ނާރުވަންވީ
ބީތާވެފަ ހުރި އެއްޗެއްމީ
މަނިކުފާނަށް ކުރިންވެސް ދެންނެވީމު ފުލުސް އޮފީސް އެކަންޏެއްނޫނޭ ސިފައިންވެސް ތިބީކީ މިސަރުކާރަކާ އެއްކޮޅަކަށްނޫން އަދިވެސް ތަނުގައި ތިބޭ ރަގަޅު މީހުންތައް ސިޔާސީވިސްނުމަށް ބޭރުކޮށްފައި ސިޔާސީ ފިކުރުގެ މީހުން ވެރިންނަށްލީމާ ވާނެ ހާއެއްޗެއް މިވަނީ. ތިޔަ އެމްސީ އެއީ އެއްވެސް އިރެއްގައި ތިޔަވަރުގެ ގާބިލް ބޭފުޅެއްނޫން ކަން މަނިކުފާނު ވިދާޅުއްވެވީ. އޭނާ އިންޓެލިޗަންސްގެ ރިޕޯރޓްތަކެއް ހިފައިގެން ސީދާ ތިމަން މަނިކުފާނަށް އެރުވިކަމަށް ކުރީގައި ދެންމިވަރުގެ މީހަކު ކާކަށްބާ ވަރާތެރިވާނީ.
ކެނެރީގޭ ލާދީނީ އަންނި ދޮގު ނުހަދާކަމަށް ބުނާނީ ކައްޒާބެއް.
ރައީސް ނަޝީދަށް ފުލުހުން ފާރަލާކަށެއް ނުޖެހޭނެ. އެމަނިކުފާނަކީ އެއްވެސް ކަމެއް ސިއްރުން ކުރައްވާ ބޭފުޅެއް ނޫން. އެމަނިކުފާނު ކުރައްވާ ހުރިހާ ޤާނޫނާއި ޚިލާފު އަދި ޤާނޫން އަސާސީ އާއި ޚިލާފު، ނުވަތަ އިސްލާމ ދީނާއި ޚިލާފް ނޫނީ ޗާޓުން ބޭރުން ކުރާ ހުރިހާ ކަމެއްވެސް ކުރައްވަނީ ފާޅުގައި. އަދި މާތްވެގެންވާ އިސްލާމ ދީނަށް ފުރައްސާރަ ކުރުމުމާއި، އިސްލާމް ދީން ނޫން އެހެން ގޮތެއް (އޯލްޓަނޭޓިވް ނެރެޓިވް) ހޯދުމުގެ ވާހަކަ ދެއްކުމާއި، އިސްލާމް ދީނަކީ ހިޖާޒުން ގެނައި ބޯދާ ވިސްނުމެއްކަމަށް ވިދާޅުވީ ވެސް ފާޅުގައި. އަދި އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކަންކަމުގައި އެ ހައްދުތަކާއި ދެކޮޅަށް ކަންމަތީ ބައްދަލުވުން ތަކުގައްޔާއި ޕޯޑިއަމް ތަކުގައި ވާހަކަ ދައްކައި އިސްލާމީ ޝަރީއާ އާއި ދެކޮޅު ހަދައި އިސްލާމް ދީނަށް ފުރއްސާރަ ކުރަނީ ވެސް ފާޅުގައި. އެމަނިކުފާނާއި މަޤާމެއް ހަވާލު ކޮށްފިނަމަ ދިނަށް ފުރައްސާރަކޮށް ރަސޫލާ(ސއވ) ގެ ސުނަތާއި ހަދީސަށް މަލާމަތް ކުރައްވަނީ ވެސް އެމަޤާމުގެ ހައިސިއްޔަތު ވެސް ބޭނުންކޮށްގެން ފާޅުގައި. ދެން ރައީސް ނަޝީދު އަށް ފާރަލާން ޖެހޭ އެއްވެސް ސަބަބެއް އެބައޮތްތޯ؟ ވީމާ ރައީސް ނަޝީދު އެމަނިކުފާނަށް ފާރާލާކަމަށް އެވިދާޅުވަނީ އެމަނިކުފާނު ޓީވީ ނުވަތަ ރޭޑިއޯ މެދުވެރިކޮށް ދައްކަވާ ދީނާއި ޚިލާފު، ޤަނޫން އަސާސީ އާއި ޚިލާފު ވާހަކަތައް އެހެން ރައްޔިތުންނެކޭވެސް އެއްފަދައިން ފުލުހުން ވެސް ޓީވީ ނުވަތަ ރޭޑިއޯ މެދހުވެރިކޮށް އަޑުއަހާ ވާހަކަ ކަމަށް ވެސް ވެދާނެ ކަންނޭނގޭ ދެއްތޮ؟
ފަހަރެއްގައި އެވާހަކަތަކަށް އަތްޖަހާ މީހުން މިހާރު މަދުވެ ޖެސޫޓުންގެ ޕްރެޝަރު ބޮޑުވާތީ ޖެސޫޓުންނަށް ހުށަހަޅާނެ ހުއްޖަތެއް ހޯދަން ދައްކަވާ ޚިޔާލީ ވާހަކައަކަށް ވެސް ވެދާނެ ދެއްތޮ؟
އާރ! އެބަރަގަޅުވޭ ބާރަށްކުރިއަށް ނަޝީދަށް ޤާނޫނު ހަދާމަޖިލިހާއި ޖުޑިސަރީ އިބޫއަށް ދަޢުލަތް ހިންގުމުގެ ބާރު މިއޮތީ ގައުމުގެ ބޮޑުދެގެރި ތަޅަންފަށާފައި މަސްހަރުގެރިއެއް މިފަހަރު އެނގިދާނެ
ތިޔަމީހާ ކޮން އިރަކުތަ ތެދުހެދީ
ބަަހުގެ ހަމަލާތައް ަމާޒުވިޔަސް ނުވިޔަސް ކެނެރީގޭ ނަޝީދަކީ ދޮގުހެދުމުގެ އާދަ ކަށީގައި ހިފާފައިވާ މޮޅަށް ދޮގުހަދަން ދަންނަ ދޮގުވެރިޔެއް އެހެންވެ ނޫންތޯ މަޖުލީހުގައި ތެދުބަހުން ވާހަކަ ދައްކަން ނުޖެހޭނެކަމަށް ބުނެ މަޖުލީހުގައި އިންނަ އީސާއީ ނަމުން ނަކިޔާ ކަބަލަކު ަޑުގެ ކޮޅަށް ލޫދި ވީދުނީ