ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުންކުރުމަކީ، އެތަން ބޭނުންކުރާ ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާ ހާލަތުގައި ހުރި ތަނެއް ކަމަށް ޔޫތް މިނިސްޓަރ، އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިގޮތަށް ވިދާޅުވެފައި ވަނީ، މިރޭ ގަލޮޅު ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗު ބެލުމަށް، ބަންދުކޮށްފައިވާ ސިޑިބަރިތައް ހުޅުވާލަން މަސައްކަތް ކުރެއްވުމަށް އެދި، ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަދި ފުޓުބޯޅަ ތަޖުރިބާކާރު އަލީ ސުޒޭން ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

މިރޭ ކުޅޭ މެޗު ބަލާލަން ގިނަ އަދަދެއްގެ ބަޔަކު ބޭނުންވި ނަމަވެސް، ޓިކެޓް ހުސްވުމުގެ ސަބަބުން ގިނަ ބަޔަކަށް އެ ފުރުސަތު ވަނީ ގެއްލިފައެވެ. މިކަމާއި ގުޅިގެން މަހުލޫފް އާއި އެމްއޭއެމްގެ ރައީސް، ބައްސާމްގެ އިތުރުން ޕްލޭނިންގް މިނިސްޓްރީގެ އެކައުންޓު ޓެގުކޮށް ސުޒޭން ރޭ ކުރި ޓްވީޓުގައި ބުނެފައިވަނީ، ކަމާއި ބެހޭ ތަޖުރިބާކާރުންނާއި މަޝްވަރާކޮށް ސާވޭކޮށްގެން ނަމަވެސް ބަންދުކޮށްފައިވަ ސިޑިބަރިތައް ހުޅުވާލަން މަސައްކަތްކުރެއްވުން މުޙިންމު ކަމަށެވެ.

މި ޓްވީޓަސް ރައްދު ދެއްވަމުން މަހުލޫފް ވިދާޅުވީ، ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުން ނުކުރުމަށް ޕްލޭނިންގް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެތަން ބޭނުން ކުރުމަށް ހުއްދަ ދެވެން ނެތް ކަމަށާއި، ރައްޔިތުންގެ ފުރަނައަށް ގެއްލުމެއް ލިބިދާނެ ކަމެއްގައި ހުއްދަ ނުދެއްވޭނެ ކަމަށެވެ.

އެ ޓްވީޓުގައި މަހުލޫފް ވިދާޅުވީ، ގަލޮޅު ދަނޑު ތަޅާލަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އާ ސްޓޭޑިއަމެއް އަޅަން ފައިސާ ހޯދުމަށް ފޮރިން މިނިސްޓަރ، އަބްދުﷲ ޝާހިދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

"ދަނޑުގެ ސިޑިބަރި ބޭޏުން ނުކުރަން ޕްލޭނިންގް މިނިސްޓްރީން އަންގަވާފައި ވަނިކޮށް އަޅުގަނޑަށް ހުއްދައެއް ނުދެވޭނެ. ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ކަމެއް ހުއްދަ ނުދެވޭނެ. ގަލޮޅު ދަނޑު ޖެހޭނީ ތަޅާލަން، ސްޓޭޑިއަމެއް އަޅަން ފައިސާ ހޯދުމަސް ފޮރިން މިނިސްތަރ އަބްދުﷲ ޝާހިދު މަސައްކަތް އެބަ ކުރައްވާ،" މިނިސްތަރ ޝާހިދު ޓެގުކުރައްވާ މަހުލޫފް ކުރެއްވި އެ ޓްވީޓުގައި ވެއެވެ.

8000 އެއްހައި ސަޕޯޓަރުންގެ ޖާގަ އޮންނަ ގަލޮޅު ދަނޑުގެ ސިޑިބަރިއެއް ބަންދުކޮށްފައި ވުމާއި ގުޅިގެން މިހާރު އެ ދަނޑަށް ވަދެވޭނީ 3400 ސަޕޯޓަރުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އަވަހަށް ދަނޑު ތަޅާލަ. އެއީ ދެން ނުކޮށް އޮތް ކަމަކީ. އެތަން ހެދުމުގެ ނަމުގައިވެސް ފައިސާކޮޅެއް ލިބިއްޖެއްޔާ ބަނޑުއަޅަން ހުންނާނެތާ. ދެން ބުނޭ ކުރީސަރުކާރުންނޭ. ކޮންމެ ކަމެއްވެސް ކުރީ ސަރުކާރޭ ނުބުނެ ނިންމައިގެން ނުވާނެ. މަހުލޫފު އިސްލާހިއްޔާއަށް އަލުން ފޮނުވަންފެނޭ.

    24
    • ދދދދދދ

      މި ގައުމު މިއުޅެނީ މީނަގެ ލާދީނީ ބައިގަނޑުން ގައުމު ވައްޓާލި ބިރުވެރި ނާމާންކަމުގެ ނުތަނަވަސްކަމުގަ. މީނަ މިއުޚެނީ ސިޑިބަރިއަކާ. ބލއެއްނު.

  2. ގިޓާ

    ސިޑިބަރިން ގެއްލުންވާކަން އެގެނީ ތަން ބޭނުންކުރަންވީމަ ހަލާކުވެފައިވާތަންތަން ރަގަޅުވާނީ އަދި ބޭނުންކުރެވޭނީވެސް މަރާމާތުކުރިމަކަން ނޭގެނީތަ؟

    19
  3. ޕޮގުބާ

    ލަދެއްނުގަނޭތަ ތިވާހަކަ ދައްކާކަށް ޔާމީން ވެރިކަމުގަ ރަސްކަންކޮށްފަ މިވެރިކަމުގަރަސްކަން ކުރާއިރު ތީއަމިއްފައިދާއަށް ސަރުކާރާ ގުޅޭމީހުން ފަގީރުން ހައްލައިގެން ވެރިކަން ހޯދަނީ ހުރިހާފައިދާއެއް މުއްސަދިންނަށް

    18
  4. ބިލާލު ކަމާލް

    ނުވާނެ ތިކަމެއް އެހެން ޕުލަނެޓެއް ގަ ދެން ސްޓޭ ޑިއައް އެޅޭނީ.ތިދަޑު ގަނުވާނެ ފުޓު ބޯޅަ ކުޅެންވެސް ..މީހަކު މަރުވެދާނެ

  5. ކިސްނަ

    ހުރިހާ ކަމެއް އެންމެ ދަންނަ މީހާ..ގައުމައް ލިބިފަ އޮތް ރަންގަޑެއް..ރަންގަޑެކޭ ހިލަގަޑޭކޭ ވާނީ އެއްވަރެއް.

  6. އަންސާ

    އަނެއް ސިޑި ބަރި ތައް އޯކޭތޯ މިރޭ ދާންވެގެން

  7. ާވަތުބަތާނަ

    ސިޑިދަށުގަ ތިއްބަސް އޯކޭދޯ. މަތި ދޯ މައްސަލައަކީ.

  8. ޝާހް،ރ.ވާދޫ

    ކަލޭއަށް އެކަންޏެއްނޫން، އަހަރެމެންނަށްވެސް ތިކަހަލަ ނުރައްކާ ކިތެންމެ ކަމެއް އެބައެނގޭ. ބޭކާރުވާހަކަ ނުދައްކާ ސަރުކާރުތެރޭން ތިކަމަށް ހައްލެއް ހޯދަދިނުން ކަލެޔާ މަށާ ހުރި ތަހަފާތަކީ. ޔަގީނުންވެސް އެނގޭކަމަކީ ދަނޑު ތަޅާލާ ތިސިޑިބަރި ތަޅާލާ އިމާރާތެއް އަޅާހާ ހިތްވަރެއް މިސަރުކާރަކު ނުހުންނާނެކަން. އެއްވެސް ބޮޑު ޕްރޮޖެކްޓެއް މިސަރުކާރަކަށް ނުހިންގޭނެކަން ހުރިހާ ރައްޔިތުން މިޔަދު ގަބޫލުކުރޭ.

    14