މިއަދު ހެނދުނު މާލޭގައި، ގަޑިއެއްގެ އިރުގެތެރޭގައި ފޭރުމުގެ ދެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މިއަދު ހެނދުނު 9:37 ހާއިރު ބަންގްލަދޭޝް އެމްބަސީ ކައިރިން އަންހެނެއްގެ އަތްދަބަސް ފޭރިގަތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. ފުލުހުން ވިދާޅުވީ، އެމީހާގެ އަތްދަބަސް ފޭރިގަނެފައިވަނީ ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށެވެ.

މީގެއިތުރުން މިއަދު 8:33 ހާއިރުވެސް އަންހެނެއްގެ އަތުން ފޭރުމުގެ އެހެން މައްސަަަލައެއް ފުލުހުންނަށް ހުުށަހަޅާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހާގެ އަތުން ފޭރިގަނެފަައި ވަނީ ކަލާފާން ސްކޫލް ކައިރިންނެވެ. އެ މީހާގެ އަތުން ފޭރިގަނެގެން ނަގާފައި ވަނީ ވޮލެޓެކެވެ.

މި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

މާލޭގައި ވައްކަމާއި ފޭރުން ވަނީ އިންތިހާއަށް އިތުރުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުމީހާ

    ތިކަމު ގެ ހައްލަކީ ރައްޔިތުން ނިކުމެ ވަގު ހިފާ ފޭރޭމީހާ އަތުލާގަނެ ހައްގު އަދަބު ރައްޔިތު ން ދިނުން އެނޫނ ގޮތަކަށް ތިކަމެއް ލާހިކެއްނޫން މަދުކުރާކަށް އިންސާފހޯދާދެވޭނީ ރައްޔިތުންގެ ކޯޓުން ރައްޔިތުންނިކުމެ ވަގުހިފާ ހުކުން ތަންފީޒް ކުރޭ

    12
  2. ޒާ

    މިބައިމީހުން ވައުދުވި ރައްޔިތުންނަށް އަމާންކަން
    ހޯދައިދޭން. ނަމަވެސް ވައްކަމާއި ފޭރުން މިވަނީ އިންތިހާ was ގޮސްފައި.