މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތުން ހޯދި ފައިސާއަށްވީ ގޮތެއް ނޭނގުނު ކަމަށާއި އެ ފަންޑުން ލިބުނު ފައިސާ އަށް ސަރުކާރުން ހިޔާނަތް ތެރިވެއްޖެކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
އިދިކޮޅު ފާޓީ ތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އަބަދުވެސް މި ސަރުކާރާއި ގުޅޭ ގޮތުން ދައްކަން ޖެހޭނީ ކޮރަޕްޝަންގެ ވާހަކަ ކަމަށާއި ސަރުކާރުން ރޯމާއި ދުވާލު ރައްޔިތުންގެ ފައިސާއިން ވައްކަން ކުރަމުންދާ ކަމަށެވެ.
" އަޅުގަނޑުމެންނަކީ އިސްލާމީ ދައުލަތެއް. އެހެން ނަމަވެސް މިގައުމުގެ ކޮންމެ މުއައްސަސާ އަކަށް ބަލާލިޔަސް ފެންނަނީ ވައްކަމާއި ފަސާދައާއި ކޮރަޕްޝަން. މިގައުމުގެ އިސްލާމިކު މިނިސްޓްރީއަށް ބަލާލިކަމުގައި ވީނަމަވެސް މި ކުރެވެނީ މިތުހުމަތު " އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މިޔަންމާ ސިފައިންގެ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ހާލުގައި ޖެހުނު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތުން ހޯދި ފައިސާ އޭގެ ހައްގުވެރިނަށް ހަވާލުކުރަން އެހާ ގިނަ ދުވަސް ތަކެއް ނަގަޖެހޭ ތޯ ސުވާލު އުފައްދާފައެވެ.
" ހާލުގައި ޖެހުނު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތުން ހޯދި ފައިސާ އަދިވެސް ފުރިހަމަ އަށް ހަވާލެއް ނުކުރޭ. ދިގު މުއްދަތެއް މި ކަމުގައި ނަގަނީވެސް ހިޔާނަތްތެރި ވުމަށް" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ދެން އަންނަ ސަރުކާރެއްގައި މި މައްސަލަ ބަލައި މިކަމުގައި ޒިންމާވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހަކަށް ލިބެންޖެހޭ ހައްގު އަދަބު ދޭނެ ކަމަށެވެ.
ހާލުގައި ޖެހުނު ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތުން ހޯދި ފައިސާއަށްވީ ގޮތެއް ނޭނގުނު ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި އެ ފައިސާތައްވީ އެކަމަށް ހާއްސަކޮށް ހެދި ބީއެމްއެލްގެ އެކައުންޓުގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވަނީ ދާދިފަހުން ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތައް ގުޅިގެން އުފެއްދި ކޮމެޓީއެއްގެ ދަށުން ކަމަށެވެ. އަދި އެއީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ފަންޑަށް ލިބުނު ފައިސާ ދިވެހި ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ ނުވަތަ މިނިސްޓްރީއެއްގެ އެކައުންޓަކަށް ޖަމާކޮށްފައެއް ނުވާނެ ކަމަށެވެ. އަދި އެ ފައިސާ ޖަމާކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ރޮހިންޖާ ފަންޑުގެ ނަމުގައި ހެދި ހާއްސަ އެކައުންޓަކަށް ކަމަށެވެ. އަދި އެ ފައިސާ ބަންގްލަދޭޝްގައި ހުންނަ ރެޑް ކްރެސެންޓްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަނަ ދުވަހު ބޭންކްގައި އެދިފައިވާނެ ކަމަށް މިނިސްޓަރ ހާމަ ކުރެއްވިއެވެ.
ދޮގުހެދުމުގައި އަރާހުރި ގިންތި
ދޮގެއް ހަދާނުލާ މިރޭ ނިދަން އުނދަގޫވާނެތީވެ ދޮގެއް ހަދާލީދޯ
ޔަހޫދީ ޖަމާއަތުގެ މީހުން ނިކަން ދޮގުހަދާނެ
އެއީ އިދިކޮޅު ފަރާތް. އިދިކޮޅު ފަރާތްތަކީ ޔަހޫދީން.
ކަލެޔަށް ބޮޑަށް އެނގޭނީ... އަބަދުވެސް ސަރުކާރުގެ ކޮންމެސް ކަންތައްގަނޑަކާ އޮޅުލާ ކަލޭ... ތި ބައިގަނޑު ދުނިޔެއަށް ފޮނުއްވީ ފަސާދަކުރަން... ދެން އެހެން ޓޮޕިކެއްނެތްތަ ފިތުނަ ވާހަކައެއް ފަޅާލަން؟؟؟؟؟؟؟؟
ދޮގުހާދައިގެން މީހުންގެ މެދުގާ ފަސާދަކުރާ މީހުންނަކީ ޔަހޫދީން، އަދި އެމީހުންނަކީ އެމީހުންގެ ކައިވެނި ހަލާލުނޫން ދައްތަމެން / ކޮއްކޮމެން ފެންވަރާއިރު ސިއްރުން ގިފިލިވެސް ބަލާ މީހުންނެވެ. ޢިންތި މިމަސައްކަތްކުރީ ކިތައްފަހަރުތަ؟؟؟ބުނެބަލަ؟
ފިރުއައުނަށް ކާފަކިޔާ އަންނި ޕާޓީ މީހުން ހަދާނީ ހުސްދޮގު ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފަ ތާއުބާ ނުވެހުރި މީހާގެ ފަަހަތުގައި ތިބިމީހުން މިކަމާ ވިސްނާކަށް އަދިވެސް ނުވޭބާ ދޮގުހަދާ ކުދިންކޮޅަށް އާހިރަތެއް ވާކަން ނޭގެނީތަ އަޖައިބެކޭ!!!
ވަގުންގެ ފޮށި ބާރަށް ބަންނާނެ، ޙަސަނަށް ހީވާނެ ފުޅައްބުޑުން ދިޔަޔަސް ކެޔޮގަނޑު ކަނޑާނެހެން، އެއްވަރުގެ ޗޯރުންވީމަ ތިމާ ހެންހީވަނީ، ރާއްޖޭގެ އިގުތިސާދު ރޭހެއްހެން ކުރިއަރައިގެން އެދަނީ ހަމަ، ކަލޭމެން ކުރިންހެން ވައްކަން ކުރާތީތަ؟