ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ސޮއިކުރަން ހަމަޖެހިފައިވާކަން އެނގިއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން އެ މެންބަރުން ސޮއިކުރުމަށް ބާއްވާ ހަފްލާ މިރޭ ކުނޫޒްގައި އޮންނާނެއެވެ.

ޖޭޕީން ވިދާޅުވީ، އެ ޕާޓީއަށް މިރޭ ބޭފުޅުންތަކެއް ސޮއިކުރައްވާނެ ކަމަށެވެ. ނަަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެނގިފައިވާގޮތުން މިހާރު ބައެއް މެންބަރުންނާއި، މިިދިޔަ މަޖިލީސްގެ މެންބަރުންތަކަކާއެކު އަށް ބޭފުޅަކު މިރޭ ޖޭޕީއާއި ގުޅިވަޑައިގަންނަވާނެއެވެ.

ދާދި ފަހުން އެ ޕާޓީ އާއި ވަނީ އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެެއް ގުޅިވަޑައިގެންފައެވެ.

އޭގެ ތެރޭގައި ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް އާއި، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާހް އާއި، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު އައްސަދު ހިމެނެއެވެ. އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިންމަނިކު އާއި ޕީޕީއެމްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އިގްބާލް އާދަމްވެސް ވަނީ ޖޭޕީ އާއި ގުޅިވަޑައިގަންނަވާ ފައިވެއެވެ.

މީގެ އިތުރުން، ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު އާއި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދުވެސް ވަނީ ޖޭޕީ އަށް ސޮއިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވެރިކަމާހެދި ބޫތުކައިފަ

    ގާސިމަށް ކީއްވެގެންތަ މިއުޅެނީ.. މީ ހަމަ ކައުންސިލް އިންތިހާބަށް އެއްކުރާހާ މީހުންބާ؟ނުވާނެ ތިހެނެ މިއީ ސަހަލު ކަމަކަށްނޫން.. ވެރިކަމުގެ އިންތިހާބެ ކައިރިވަނީތާ... ނޫންނަމަ ގާސިމެ މިވަރެނުވާނެ... މިރޭ ސޮއިކުރާނީވެސް ޕޕމ މީހުންގެ ބަޔަކަށްވާނީ.. ގާސިމު ދިމާކޮއްފަ މިހުރީ ޕޕމ ފުޑާލަން.. މޑޕ މީހަކު ގެންދަން ގާސިމެ ނޫޅޭނެ.. މިއީ މައުމޫނާ ގާސިމާ ދެމީހުން ދުއްވާ ހިބަރުވަދު. އަމިއްލަ ބޭނުމަށް ގޭކޮށިން ކުކުޅުހިފައި ކަތިލަނީ ފަހަކަށް ވިސްނުމެނެތި.. މޑޕ ސަލާމަތުން ބާއްވާފަ ފައިސާދީފަ ޕޕމގެ މެމްބަރުންތަ ގަނެގެންމިދަނީ.. ކިތައްމެ ވަރެވިޔަސް ވެރިކަމަކީ ﷲދެއްވާއެއްޗެ ފައިސާއިން ގަނެވޭނަމަ ވެރިކަން ގާސިމު ގަނެލިތާ ކިތައްމެދުވަހެއް..ސޭޓު ނޫންގޮތެ ރައްޔިތުން ހޯދަންވެއްޖެ..

    13
  2. ހުސޭނުބޭ

    ޤާސިމް ހާދަ ބަލިކޮށް ފޮޓޯއިން އެފެންނަނީ! ދެފިޔަ ފައިބާފައެއްނޫންތަ އެހުރީ!

    9
    1
  3. ވަގާޖެހިބޯޓް

    ޖުމްހޫރީ ޕާޓީ އަށް މެންބަރުން އިތުރު ނުވެގެން އުޅެނީ، ޖުމްހޫރީ ޕާޓީގައި ވަކި ހިއްޕައިގެން އުޅޭ އަލީ ސޯލިހު މެންފަދަ ކިބުރުވެރި ސުންޕާ މީހުންގެ ސަބަބުންނެވެ.