އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް އަގުހެޔޮކޮށްފިއެވެ.

ކާޑުގެ ބާވަތްތައް އަގުހެޔޮކޮށް ވިއްކަން ފެށުމަށް އެސްޓީއޯއިން ނިންމާފައިވަނި މާދަމައިން ފެށިގެންނެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސްޓިއޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ، ކާޑު ބާވަތްތައް ވަރަށް ގިނަ ދުވަސް ވަންދެން އެއް އަގެއްގައި އޮތުމަށްފަހު 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައި އަގުތައް ބޮޑުކޮށްފައިވާކަމަށެވެ. އެ އަގުތައް ބޮޑު ކުރުމާއި ގުޅިގެން އާއްމުން ވަރަށް ބޮޑަށް އެކަމާއި ކަންބޮޑުވުންތައް ސަރުކާރަށްވެސް ހުށަހެޅިއިރު، ކާޑުގެ ބާވަތްތަކުގެ އަގުތައް ހެޔޮ ކުރުމަށް ސަރުކާރުން މަޝްވަރާތައް ކުރެވުނު ކަމަށް ޝަހީރު ވިދާޅުވިއެވެ.

"އެގޮތުން ރާއްޖޭގެ އަގުތައް ކޮންޓްރޯލް ކުރާ އިދާރާކަމަށްވާ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ދާދި ދެންމެޔަކުން މާދަމާއިން ފެށިގެން ކާޑުގެ އަގުތައް ހެޔޮ ކުރުމަށް ވަނީ ނިންމާފައި". ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ، އަގުހެޔޮ ކުރަން ނިންމާފައި ވަނީ 2016 ގައި އަގުބޮޑު ކުރިއިރު ހުރި އަގުތަކަށް ކަމަށެވެ. އެއިރު ކާޑުގެ އަގު ބޮޑުވީ ސަރުކާރުން އެސްޓީއޯއަށް ދެމުން އައި ކާޑްގެ ސަބްސިޑީ ކަޑާލުމާ ގުޅިގެންނެވެ.

އެސްޓީއޯ އިން ކާޑުގެ އަގުތަކަށް ގެނައި މި ބަދަލާއި އެކު މާދަމައިން ފެށިގެން ރީޓެއިލްކޮށް އެސްޓީއޯގެ ގުދަންތަކުން މާލެއަށް ވިއްކާނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

"އިކޮޮނިމިކް މިނިސްޓްރީން އަބަދުވެސް އެބޭފުޅުން ކަނޑައަޅުއްވާފައި އޮންނަ ނާލާއި އެހެނިހެން ހަރަދުތައް ލާފައި އަތޮޅު ތެރެއަށް ވިއްކޭނެ ވަކި އަގުތަކެއް ކަނޑައަޅާފައިވޭ" ޝަހީރު ވިދާޅުވިއެވެ.

އެގޮތުން އެކި ޒޯންތަކަށް ކާޑު ވިއްކަވާއިރު، ޓްރާންސްޕޯޓް ހޭންޑްލިންގ އަދި މިހެން ގޮސް ޕްރޮފިޓަށް ލެވޭނެ އެންމެ މަތީ އަގުތަކެއް އިކޮނޮމިކް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެެވެ.

މި ބަދަލާއެކު ކާޑުގެ ސަބްސިޑީސް އަށް ދުވާލެއްގެ މައްޗަށް ސަރުކާރުން 850،000 ރުފިޔާ ހަރަދު ކުރާނެއެވެ.

އެސްޓީއޯ އިން ވިދާޅުވީ، ކާޑުގެ އަގަށް މި ގެނައި ހެޔޮ ބަދަލު ކުރިއަށް އޮތް ދުވަސްތަކުގައި ދެމެހެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. މޯޑް

    ސާބަހޭ ރައީސް ޔާމީން

  2. ބަލާއެއް

    ނޫސްވެރިޔާ ކީއްތަވާނީކޮމްޕެރިސަން ޓޭބަލަކުން ދައްކާލިނަމަ

  3. ފަރީ

    ޢަގުހެޔޮވިކަމަކީ ކުރީހުރިއަގައްވުރެ ހެޔޮވުން

  4. ވޯޓު

    އިންތިހާބު ކައިރިވާތީ ޖަހާ މަޅިއެއްތީ.ދެން ހުރިހާ އެއްޗެއްވެސް އަގުހެޔޮވާނެ.

  5. މަރީ

    އަހަރެމެން އަތުން މިއޮއްހާ ދުވަހު ވަގަށް ނެގިހާ ލާރި އަނބުރާ ދިނުމަށް ވަގު ސަރުކާރަށް ގޮވާލަން

  6. ސައުސަން

    މީއިީނޫންތޯ އޯގަތެރި ސަރުކާރަކީ. އަދިވެސް ރަންރީދޫ ޓްވިޓަރުން ބުނަނީ އަނިޔާވެރި ސަރުކާރެކޭތަ؟ ޔޫމެން ވަރަށް ޖޭ ވާނެ ދޯދެން މިކަމާވެސް. ހެހެހެ

    • މަރީ

      ވަގު މިއޮއްހާ ދުވަހު އަހަރެމެން އަތުން ނެގި ލާރި ކޮބާ؟؟؟؟

    • ތެދު

      ގޭމް ޗޭންޖުވެފަ ތިތިބީ ތަމެންނަށް މަމެން ބޮލަށް ތިހެން ޗިޕެއް ނުޖެހޭނެ..ވެރިކަމަށް އައިއިރު 100 ރުފިޔާއަށް ހުރިއެއްޗެއްގެ އަގު 200 ބޮޑުކޮށްފަ އިންތިހާބަށް ދެތިން މަހަށްވީމަ 150އަށް ކުޑަކުރިއަސް އެއީ ހެޔޮފުޅުކަމޭ އަގު ހެޔޮކުރީއޭ މަމެން ނުކިޔާނަން ތަމެން ޕީޕީ ޗިޕުލެސް ކޯޑިނޭޓަރސް އެންޑް އެސް މީޑިއާ ޓީމަށް ވާނުވާނޭނގިގެން އަތްޖަހަން ތިޔަ ތިބެނީ..ވަގުތުން ނުޖަހާނެ މިކަހަލަ ކޮމެންޓް.

  7. ހުސެން

    2 އަހަރު ރައްޔިތުން ފެލާފަ 6 މަސްދުވަހައް އަގު ހެޔޮކޮށްފަ ހޮވުނީމަ 5 އަހަރަށް އަގު ބޮޑު ކުރާނެ ރައްޔިތުން ވަރަށް ވިސްނާތި ޕިންކީންގެ ނުބާ ރޭވުން

  8. ހުސެން

    އައި އެމް އެފް އާ ވޯލްޑު ބެންކުން ހުއްދަދިނީތޯ މިހާރު އަގު ހެޔޮކުރަން ނޯވޯޓު

  9. އަލީ ހަސަން

    "އެހެންވެ އަޅުގަނޑުމެން ވެސް އިންޓަނޭޝަނަލް ސިސްޓަމް ހަމަޖެހިފައި އޮތް ގޮތުން ވޯލްޑް ބޭންކާ އައިއެމްއެފް ފަދަ މާލީ އިންސްޓިޓިއުޝަންތަކުގެ ބަސް ނޭހުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

  10. މާމަ

    ތިއޮތީ އަތަށް ގޮވާފައި؟ ކާޑު އަގުބޮޑުކޮށްފައި ބުނީ އެއީ ބަންގާޅީ ބޭނުންކުރާ ކާޑުކަމަށް މިހާރު ބަންގާޅިންނަށް ވޯޓް ލެވެނީތަ؟

  11. ޙާލިދު

    ދެން ކޮންއިރަކުންތޯ ކަރަންޓް ހެޔޮކޮއްލާނީ.

  12. ގުންޑާ

    މި ނުކިޔާނެ ހެޔޮވުމަކައް
    މީ ވޯޓް ގާތް ވީމަ ޖައްސާ ގޭމްއެއް

    • ވޯޓަށް

      އައި އެމް އެފް އާ ވޯލްޑު ބެންކުން ހުއްދަދިނީތޯ މިހާރު އަގު ހެޔޮކުރަން ނޯވޯޓު

  13. ތިކި

    އިންތިހާބެއް ކައިރި ވަމުން އެބަދެޔޯ ކިޔާތި އަޑުއެހިން. އެއީ ތެދެއްތަ؟

  14. ލިޔޫސާ

    ބްރިޖް އަޅަނީވެސް ވޯޓުގާތްވީމާ ! ރަށްރަށުގައި ފެނާ ނަރުދަމަޔާ ބަދަރުތައް ހަދަނީވެސް ވޯޓް ގާތްވީމަ! ރަށްތައް ހިއްކަނީވެސް ވޯޓްގާތްވީމާ! ރަށްރަށުގެ މަގުތައް ރަގަޅުފެންވަރަށް ހަދަނީވެސް ވޯޓްގާތްވީމާ! މަތީ ތަޢުލީމަށް ލުއި ލޯނުތައް ހެސްކިޔާފަ ދެނީވެސް ވޯޓް ގާތްވީމާ! ޢުމުރުން ދުވަސްވީމީހުނަށް 5000 ރުފިޔާ ދެނީވެސް ވޯޓްގާތްވީމާ! ހޮސްޕިޓަލްގެ ފެންވަރު ރަގަޅުކޮށް އެއްވެސްޒަމާނަކު ނުލިބުނު ރަގަޅު ފަރުވާތައް ދީ އާ ހޮސްޕިޓަލެއް އަޅަނީވެސް ވޯޓް ގާތްވީމާ! މިސްކިތްތަކާ މަދްރަސަތައް އަޅަނީވެސް ވޯޓްގާތްވީމާ! ހުރިހާ މުދައްރިސުން ޑިޕޮލަމަފެންވަރަށް ގެނައީވެސް ވޯޓް ގާތްވީމާ! ރާއްޖޭގައި ތިބެގެން ޑޮކްޓަރީފެންވަރަށް ކިޔަވާދެނީވެސް ވޯޓްގާތްވީމާ! ހުޅުލޭ އޔަރޕޯޓުގައި ބޮޑު ރަންވޭއެއް އަޅަނީވެސް ވޯޓްގާތްވީމާ! މިތާންގައި ރީދޫހުންޖެހިފައިވާ ކޮމެންޓްތައް ކުރާމީހުން ލަދު ޙަޔާތްކޮބާބާއޭ ހިތަށްއަރާ!

    • ތިކި

      ދިވެހިރާއްޖޭގެ ނަން މާލެއަށް ބަދަލް ކުރެވި މުޅިރާއްޖެއަށް ލިބޭ ހުރިހާ ފައިސާއެއް މާލެއަށް ހިންދާލެވޭ ވާހަކަ ތިޔަ ދެއްކެވީ. ފެނާ ނަރުދަމާ އަކީ ފެށިފައޮތް މަޝްރޫއެއް. ރަށް ފުށުގެ މިންވަރަކީ ފެނާ ނަރުދަމާގެ މިންވަރުކަމަށް މަންޖެއަށް ގަބޫލްކުރެވެންޏާ އަހަރުމެން ވޯޓުދިނުމުގެ ބޭނުމެއް ނެތްތާ! މިހެންތިބެލާފަ ވެރިކަމަށް އައިއިރު ލިބެން ހުރިއަގަށް ކާޑުގެ އަގު ބަދަލް ކުރުމާ ގައުމުގަ ތިބި އެންމެން ޖަލަށްލުމާ، ގާނޫނު އަސާސީ އަކީ ތިމާ މޮޑޭ ފުށްގަނޑަކަށް ވެފައޮތް އޮތުމަކީ އިންތިހާބު ގާތްވިކަން ދައްކުވައިދޭ މިސާލެއް. މިކަންވެސް ކަނބުލޮމެންނަށް ބުނެދޭން ޖެހޭކަމީ ވަރަށް ލަދުކަމެއް

  15. ޖަސްޓް

    ކޮބާ ތަމެންނަށް ފެނޭތޭ ކާރޑުގެ ބާވަތް ތައް ލާރޖް ކޮށް އަގުހެޔޮވީއޭ ދެން ކިހިނެއް ހަދަނޫ ޗޭންޖް ދަ ކޯސްތޭ ނޫންނަމަ ރަތް ދަކަ އަވީގައި ކޮންމެ ދުވަހަކު ދިގު ފަރަށް ގޮސް ބޮލި ހިލާނީތޭ. ލުކް ސްކިންގް ބާރންސް ވެސް ވެއްޖެެއެއް ނޫންތޭ ވަަރަށް ބޮޑަށް. ކާރޑުގެ އަގުހެޔޮ ކުރުމުން ދެން ތަމެން އެންމެ ރަނގަޅު ވާނީ ދަރުބާރުގެ އަށް އައިސް ޕިންކީ ފޯރމް ފުރަން ދަސްކުރުމޭ ދެން އެހެން ތިބޭއިރު ތެލުލި ބަނބުކޭލާއި ހޮޓް ގްރީން ޓީ ބޯލާ ބޯ ހަމަ ޖައްސާލެވިދާނެ ނޫންތޭ. އައި އޭމް ޖަސްޓް އިން ދަ މިޑިލް އޮފް ވެނިސްޑޭ ޑްރީމް ވެއިޓިންގް ފޯރ ދަ ބޮލިހިލާސް ޓު ކަމް އެން އެންޖޯއި ދާ ކާރޑް އަގުހެޔޮ ކުރުމުގެ އުފަލުގައި ބާއްވާ ޑާންސް ޕާރޓީ ދޯ. ގޭގެ ފެންޑާގެ ސްޓެޕްސް ތަކުގައި އިށީދެ އިނދެ ކްލިއަރ ބްލޫ ސްކައި އަށް ބަލަހައްޓައިގެން އިންނައިރު ފްލައިންގް ސްޓާރސް ތައް އުދުހޭ ތަން ފެންނަނީއޭ. ދިސް އިޒް އަ ޑޭ އޮފް އަ ވިޝިންގް ޑޭ އިޓްސް ޖަސްޓް އެނަދަރ ލަކީ ވެނިސްޑޭ ހޭވް ޓު ކެޗް ހޫސް ނޮކިންގް އޮން ދަ ޑޯރ..

  16. ހާލިދު ބުން ވަލީދު

    ދެން އެންމެން އަތްޖަހާ، ހަމަ އަތްޖަހާ، ބާރަށް އަތްޖަހާ، އަޅެ އަތްޖަހާ، ނިކަން އަތްޖަހާ، އަޅެ އަޅެ އަތްޖަހާ، ދެން އަތްޖަހަގަ!

  17. ޜަޝުމީހާ

    ޢެސް ޓީ އޯ ގެ މެނޭޖަރަށް ވެދުން ސަލާމް 
    ކަލޯ އަދި ކިރިޔާތަ ވެރިމީހާ އައް ވިސް ނުނީ ރައްޔިތުން ގްބޯ ހެއްދިޔަސް ތީ ބޮޑުވަރު

  18. Anonymous

    ތިކޮއްދެއްވިކަންތަކުން ނިކަމެތިންނައްވަރައްބޮޑުލުޔެއް
    ތ

  19. ހުސެން

    ރީދޫ ކުދިން މޮޅުވެލަން މިބުނަނީ އަގުހެޔޮވިކަމައްވާނީ މިވެރިކަން ފެށުނުއިރު ހުރިވަރައް އަގުތިރިކުރީމައޭ ބުނާއިރު ނަސީދުގެ ވަރިކަމުގާ ކާޑުގެ ބާވައްތައް ހުރިއަގު އެންގޭބާ، ލޮލް

  20. ކޭންޔޫބީ

    ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކުރަން ނިންމައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ކޮބާ ތަމެންނަށް މިހާރު ފެނޭތޭ މަމެން ގޭމް ޗޭންޖް ކުރާނެ ގޮތް. މަމެން މުޅި ރާއްޖޭގެ ޕޮލިޓިކަލް ލޭންޑް ސްކޭޕް ބަދަލު ކުރާނަމޭ މަމެން ގޭމް ޗޭންޖް ކުރަން ނެރޭ ސާރވިސް ޕެކްސް ތަކުން. ފުރަތަމަ ޕެކް މިނެރުނީ މުޅި ރާއްޖެ އަށް ދެން އޮތް ދެވަނަ ޕެކް އަކީ މާލެ ސަރަހައްދުން ފްލެޓްްސް ބޭނުންވެގެން ފްލެޓްސް ތަަކަށް އެދި ފޯރމް ހުށައަޅާ އެންމެ ޕޮއިންޓެއް ލިބިފައިވާ މީހަކު ނަމަވެސް ކޮންމެ މީހަކަށް މާލެ ސަރަަހައްދުން ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާނެ ކަން އިއުލާން ކުރުމޭ. އެއިރުން އެފުށް މިފުށަށް އެމްޑީޕީގެ ސަޕޯރޓް ބޭސް ތައް އެނބުރި ރިސޯރޓްސް ތަކުގައި ތިބި އެމްޑީޕީގެ ސުޕަރ ޑެލިގޭޓުން ތައް ލުހިގެން އަންނާނެއެވެ. އައި އޭމް ޖަސްޓް ކިއުރިއަސް އެބައުޓް ޔުއަރ ލަކް އިނގޭތޭ. ވޮންޑަރިންގް ތަމެންނަށް ތިޔާ ކަން ވާނެތޭ 4 އަހަރު ޕްލަސް ވެގެން ދިޔައިރު ނުވިކަމެއް ދޯ. ވޮންޑަރިންގް ކޭން ޔޫ ބީ އަ ލިޓިލް ޓޯކިޔޯ ގާރލް..

  21. އާއާއާއާ

    ކޮބާ ދެން ތަމެން އެއް ކެންޑިޑޭޓަކު ނެރެގެން ކެއްކޭނެ ޑޮންޑޮނެއް ހުންނާނެ ތޭ ނުހުންނާނެއޭ ދޯ. މަމެން ޕިންކީން ތަމެންނަށް ޔަގީން ކަން މިދެނީ ރާއްޖޭގެ އިކޮނޮމިކް ލޭންޑްސްކޭޕް މަމެން ބަދަލު ކުރާނެ ކަމަށް އެއީ ސިސްޓަމެޓިކް ގޮތެއް ގައި އެކަން ކުރާނީ އެގޮތުން ފުރަތަމަ ކާރޑުގެ އަގު ހެޔޮ މިކުރީ އަދި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ތަކަށް ގުޅި ފަޅު ހިއްކާ އެތަނުން ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ބިމެއް 100 އަހަރު ވަންދެން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 20 ބިލިއަން އަކަފޫޓް ކުއްޔަށްދީ ހަދާ އެފައިސާ ދައުލަތަށް ވަންނަން ފެށުމުން ދެން އަގު ހެޔޮ ކުރާނީ ޑޮލަރުގެ އަގެވެ. އެގޮތުން މަމެންގެ އެއިޓީން މޫން ސީންގް ރޭހާއި ކުރިމަތި ލާނީ ޑޮލަރެއް 12 ރުފިޔާ އަށް ހެދުމަށް ފަހުގައެވެ. މީ ލިޓިލް ޓޯކިޔޯ ސައިލެންޓް ޑްރީމް ކާމިޔާބު ކުރާނެ ގޮތަކީ މަަމެން. އައި އޭމް ވޮންޑަރިންގް ކޭން ޔޫ ވިން ފްރޮމް އަސް ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭންޔޫ ބީ އާއާއާއާ އާއާއާއާ...

  22. ފެނޭބާ

    ކޮންޓެއިނަރުން މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށްފި ނަމަ ތަމެންނަށް އިނގޭނެ އެއް ނޫންތޭ މަމެން ޕިންކީން ނަކީ އެއީ ގޭމް ޗޭންޖް ކުރެވިދާނެ ކެޕޭސިޓީ ހުރި ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރެއް ކަން. ތަމެންނަށް ކުޅަދާނަ އެއް ނޫނޭ މުޒާހަރާ ކޮށްގެން ވެސް އަދި ޖުޑިޝަރީ ތެރޭން ކޫ އެއް ގެނެސްގެން ވެސް އަދި ބްލޫސް ކުދިންގެ ތެރޭން ކޫ އެއް ގެނެސްގެން ވެސް އަދި ފެހި ކުދިންގެ ތެރޭން ކޫ އެއް ގެނެސްގެން ވެސް މަމެންގެ ވެރިކަން ވައްޓާލަން. ކުޅަދާނަ އެއް ނޫން އެކަން ކުރަން. މަމެން ނަކީ މީ ދަ ހާކިމާ މަމެން އަތުގައި އޮންނާނެ ހުރިހާ ބްލޫސް ކުދިން ވެސް އަދި ހުރިހާ ފެހި ކުދިން ވެސް ވަޒީފާ އިން ވަކި ކޮށްފައި ގެއަށް ފޮނުވާލުމުގެ ބާރު. ދުނިޔޭގެ ގައުމު ތަކުގައި ސިފައިން އިންގިލާބެއް ގެނެސްގެން ވެރިކަން ބަދަލު ކުރުމުގެ ސަގާފަތް ވެސް ނިމުމުގެ ސިއްކަ ޖަހާނީ މަމެން އެފަދަ ސިޗުއޭޝަންސް ތަކުގައި. ޔޫ ނޯ ވީ ހޭވް ސަމްތިންގް ސޯ ގުޑް އައި އޭމް ވޮންޑަރިންގް ދޮނޭ މެންނަށް އެއް ކަމެއްވެސް ނުކުރެވޭނެއޭ މަަމެންނަށް...

  23. ކޮމްޕެނީ

    ކާޑުގެ ބާވަތްތަކުގެ އަގުހެޔޮ ކުރަން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ނިންމައިފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ވެނިސްޑޭ އަކީ އެއީ ފުޑް ޑޭ އޭ އެހެން ކަމުން ފުޑް ޑޭ ގައި މަމެން އެވަނީ ބޭސިކް ފުޑްސް ތަކުގެ އަގުހެޔޮ ކޮށްފައޭ. ތާރސްޑޭ އަކީ އެއީ ބިމުގެ ދުވަހޭ އެދުވަހު މަމެން މިއުޅެނީ މާލެ ސަރަހައްދުން ފްލެޓްސް ތަަކަށް އެދި ފޯރމް ލާފައިވާ ހުރިހާ ކުދިންނަށް ވެސް ފްލެޓްސް ތައް ދޭނެ ކަން ރައީސް އޮފީހުގައި ބޮޑު ނިއުސް ކޮންފަރެންސް އެއް ބާއްވާ އެކަން އިއުލާން ކޮށްލަން އޭ ދެން އޮންނާނީ ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ ހުރިހާ ކުދިންނަށް 2019 ނިމުމުގެ ކުރިން ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރުމޭ. ދެން މަމެން ޕިންކީންގެ އަތުގައޭ ހުރިހާ ކުދިން ވެސް ހިފަންވީ ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ ޓެލް މީ ވަޓް ޔޫ ވޮނާ ސީ އިން ލިޓިލް ޓޯކިޔޯ ސައިލެންޓް ޑްރީމް ކޭން ވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ. އޯއް ޑޯންޓް މިސް އައުޓް ދިސް ޗާންސް ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް ކޮމްޕެނީ އޯއް މޭބީ ވީ ކޭން ބީ..

  24. އާއާއާއާ

    ކޮންޓެއިނަރުން މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށްފި މިހާރު ހުންނާނެ މަޖޫރީ މެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ މަމެން ނާއި ޗެލެންޖް ނުކުރެވޭނެއޭ އެކަން ކުރަން އުޅޭ މީހަކު ޖެހޭނީ 40،000 ބިލިއަން ކަށި ހަރާފައިވާ ކަށިކުނބުރު ޖަންގައްޔަކަށް ވަދެ އެއިން ކައްޓަކަށް ނެހެރި ޖަންގަލީ ތެރޭގައި ހުސް ފަޔާ ހިނގޭތޯ ބަލަން އެކަމެއް ނުވާނެއޭ އެވާނީ އިމްޕޮސިބުލް ކަމަކަށް. އައި އޭމް ވޮންޑަރިންގް ކޭން ޔޫ ވިން ފްރޮމް އަސް ކޭންޔޫ ބީ އާއާ ކޭން ޔޫ ބީ އާއާ ކޭން ޔޫ ބީ އާއާއާއާ އާއާްއާއާ އާއާއާއާ އާއާއާއާ...

  25. މަރީ

    ހިލޭހުރިހާއެއްޗެއް ދިނަސް ޔާމީނަކަށް ވޯޓެއްނުދޭނަށް

  26. ނައީމާ

    ހެދިކާ އަގުހެޔޮ ވާނެތަ؟ ބޯހަލާކު

  27. ނައީމާ

    ހެދިކާއެއް ދެން -/2ރ އަށް ލިބޭނެތަ. ހޮޓާތައް އަގު ތިރި ކުރާނެތަ< އެނގިދާނެތާ، މިސުވާލަށް މިނިސްޓަރ އޮފް އިނޮމިކިސް ޑިވެލޮޕްމަންޓް އިން ޖަވާބު ދެއްވަ ބައްލަވާ،،، ބޯހަލާކު

  28. ގުޅުންހުރި ފަރާތެއް

    އަދިއެބައޮއް އެއްކަން ސިވިލް ސާވީސް މުވައްޒަފުންނައް ކުރިއެކޭ އެއްގޮތައް މުސާރައިގެ ކުރިއެރުން ދިނުމާއެކު 20 އަހަރުވުމުން ޕެންޝަން ލިބޭގޮތް ހަމަ ޖައްސާލަދީ އެއިރުން ސިވިލްސާވިސް މުވައްޒަފުން ވަރަން އުފާވާނެކަން ޔަގީން ސާބަހޭ ރައީސް

  29. ފަރީ

    ކާޑުއަގުހެޔޮވިކަމައް ބުނާތީ އިވޭއެކަމު ފިހާރަތަކުން އަގުހުރީ ބޮޑުކޮން