00:31

އައްޑޫ އިން ފާސްކުރި ދެ ތަނުން ވެސް ފުލުހުން އެއްވެސް ނުގެންދޭ. އައްޑޫ ފޭދޫ އިން ފާސްކުރި ރިޟްވާންގެ ރިޕޯޓްގައި ބުނާ ކިޑޫ ދިރިއުޅޭ ގެއާއި އޭނާގެ ފޮތި ފިހާރަ

00:04

ހުޅުމާލޭގައި ދެތަނެއް ފުލުހުން ގެންދަނީ ބަލައި ފާސްކުރަމުން.

23:36

23:34

މިހާރުވެސް މާލެ އާއި ހުޅުމާލޭގައި ފުލުހުން ގެންދަނީ އިތުރު ތަންތަން ބަލައި ފާސްކުރަމުން.

23:28

ހުޅުމާލޭގައި ވެސް ރިޟްވާން މައްސަލައިގެ އޮޕަރޭޝަނެއް ހިނގާކަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޔަގީން ކޮށްދެއްވައިފި. ނަމަވެސް ތަފްސީލެއް ނުދެއްވާ.

23:05

އެމްއެންޑީއެފް އިން ހަތިޔާރާއި އެކު މާލޭގައި ހިންގާ އޮޕަރޭޝަންގެ މައުލޫމާތު ހާމަނުކުރި ނަމަވެސް "ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ އޮޕަރޭޝަނަކީ ފުލުހުން ހިންގަމުންދާ އޮޕަރޭޝަނަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަނެއް.

22:24

ފުލުހުން ފާސްކުރަމުންދާ ކެފޭ ތެރެއިން ވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ހިނގައްޖެ.

22:19

22:04

22:00

ރިޟްވާންގެ މައްސަލަ ތަޙްޤީޤު ކުރާ ރިޔާސީ ކޮމިޝަނުން އެދިގެން ހިންގި އޮޕަރޭޝަންގައި މޫނު ބަނދެގެން ތިބި އެސްއޯ ފުލުހުން މާލެ އާއި އައްޑޫގެ ބައެއް ތަންތަނަށް ވަނީ މިރޭ އިރުއޮއްސުނު ހާއިރު.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ރިޟްވާން ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ) އާއި ރިޟްވާން ރަހީނުކޮށްގެން އަރުވައިގެން ގެންދިޔަ ރަތް ކާރުގެ ފަހަތު ސީޓުގައި އިންކަމަށް ރިޕޯޓްގައި ބުނާ ޝައްފާފް ހުސައިން އާއި އިތުރު މީހެއް. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރޭ.

21:56

މެޒަލޫނާ ކެފޭތެރެއަށް ވެސް ފުލުހުން ވަދެއްޖެ. ކެފޭތެރެއަށް ވަދެފައި ވަނީ މޫނު ނިވާކޮށްގެން ތިބި ފުލުހުންނާއި ފޮރެންސިކް ފުލުހުން.

21:42

ރިޟްވާންގެ މަރާއި ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި ފާސްކުރި ހަތަން ވެސް ފާސްކޮށް ނިންމާލައިފި. އެއީ މާލޭގެ ހަތަރު ތަނަކާއި އައްޑޫގެ ދެތަނެއް. މިއޮޕަރޭޝަންގައި މާލެ އިން ދެމީހަކާއި ފޭދޫ އިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ. ނަމަވެސް ފުލުހުން ބުނީ އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް.

21:17

21:12

މި އޮޕަރޭޝަންގައި ފޭދޫއިން ދެ ތަނެއް ބަލާ ފާސްކުރި، އެއީ ކިޑޫ ދިރިއުޅޭ ގެއާއި، އޭނާގެ ފޮތި ފިހާރަ، އޭނާ ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނި ނަމަވެސް، "ވަގުތު"އަށް އެނގިފައިވާގޮތުން އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ގަން ޕޮލިސް ސްޓޭޝަންގައި

21:10

ސީކްރެޓް ރެސިޕީ ކައިރީގައި ފުލުހުން ފާސް ކުރަމުންދިޔަ ގެއިންވެސް ފުލުހުން ނުކުމެއްޖެ، އެގެއިން ފުލުހުން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ގެންދިޔަ. އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

20:57

އީވޯ ހޯމް ކައިރީގައި ފުލުހުން ބަަލަމުންދިޔަ ގެއިން ނުކުމެއްޖެ، އެގެއިން ކޮތަޅުތަކެއްގައި ފޮރެންސިކް ފުލުހުން އެއްޗެހިތަކެއް ގެންދިޔަ، އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

20:56

20:40

(ސޯސަން މަގު) ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

20:40

(ސޯސަން މަގު) ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

20:39

20:30

މައުލޫމާތު ލިބޭގޮތުގައި ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ދަށުން ހަތަރު ތަނަކާއި އައްޑޫ ސިޓީ ފޭދޫ ގެއެއް ބަލައި ފާސްކުރަމުންދޭ. މީގެ ތެރޭގައި ރިޟްވާންގެ މަރުގެ މައްސަލަ އާއި ގުޅުންހުރި ކަމަށް ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބަޔާންކުރާ މީހުން ދިރިއުޅޭ ގެތައް ހިމެނޭ. ފުލުހުން މިރޭ ތ. އޮމަދޫ އަތިރީގޭ، ސާމިހު މުހައްމަދު (ސޯމިތު) އާއި ސ. ފޭދޫ، ގުރަހާގޭ އަހުމަދު އަގްލީލް (ކިޑޫ) ދިރިއުޅޭ ގެއަށް ވަދެފައިވޭ.

20:23

ސޯސަން މަގުން ފުލުހުން ބަލައި ފާސްކުރި ގެއިން ނެރުނު މީހަކު ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންގޮސްފި.

(ސޯސަން މަގު) ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

20:18

ފުލުހުން މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަންގެ ދަށުން، ސީކްރެޓް ރެސިޕީ ސަރަޙައްދުގައި ހުރި ގެއެއް ބަލައި ފާސްކުރަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

20:17

ސޯސަން މަގުން ފުލުހުން ބަލައި ފާސްކުރަމުންދާ ގެއިން މީހަކު ނެރެ، އެގެ ހުންނަ އިމާރާތުގެ ތިރީގައި ހުރި "ފްރެޝްޒާ" ނަމަކަށް ކިޔާ ފިހާރައެއްގެ ތެރެއަށް ވައްދައިފި. ބެލެވޭ ގޮތުގައި ފުލުހުން އޭނާ ގޮވައިގެން އެ ފިހާރަތެރެއަށް ވަނީ އެތަންވެސް ބަލައި ފާސްކުރުމަށް.

20:16

(ސޯސަން މަގު) ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

20:16

(ސޯސަން މަގު) ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

20:05

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގައި ފުލުހުން މިހާތަނަށް ބަލާ ފާސް ކުރަމުން ދަނީ ފަސް ތަނެއް ކަމަަށް

"ވަގުތު"އަށް އެނގިފައިވާގޮތުން މާލެއިން ފާސް ކުރަނީ ހަތަރު ތަނެއް. އަދި އައްޑޫ ފޭދޫއިން ދަނީ އެއް ތަން ފާސްކުރަމުން

20:04

(ސޯސަން މަގު) ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

20:04

(ސޯސަން މަގު) ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

20:01

(ސޯސަން މަގު) ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

19:56

މިހާރު ފުލުހުން ހިންގާ އޮޕަރޭޝަންގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންވިދާޅުވެއްޖެ. ފުލުހުން މިގޮތަސް ވިދާޅުވި ނަމަވެސް، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ)، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށްފަހު ވަނީ ފުލުހުންގެ ވެހިކަލްގައި ގެންގޮސްފައި.

19:54

ހ. ނައިޓްވިއު ސަރަހައްދުން މީހަކު ހައްޔަރުކޮށްފި ކަމަށް މީސްމީޑިއާގައި މައުލޫމާތު ފެތުރުނު ނަމަވެސް، އެ ސަރަހައްދުން މީހަކު އަދި ހައްޔަރުކޮށްފައެއް ނުވޭ. ނަމަވެސް ފުލުހުން އެ ސަރަޙައްދުގައި ހުރި މީހަކަށް ކޯޓު އަމުރެއް ދައްކާފައިވޭ. އަދި ކޯޓު އަމުރު ދެއްކުމަށްފަހު އޭނާ ވަނީ ފޮނުވާލާފައި. އޭނާއަށް ފުލުހުން ކޯޓު އަމުރު ދެއްކި ސަބަބެއް އަދި ސާފެއް ނުވޭ.

19:53

މި އޮޕަރޭޝަންގައި މިހާތަނަށް ހައްޔަރުކޮށްފައިވާކަން ކަށަވަރު ވެފައިވަނީ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ) އެކަނި.

19:38

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ - ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

19:32

ރިޟްވާން ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ) ހައްޔަރުކޮށްފި. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ، އޭނާ ފޭދޫގައި ދިރިއުޅޭ ގުރަހާގެ އަށް ވަދެ އެގެ ބަލައި ފާސްކުރުމަށްފަހު. ގިނަ އަދަދެއްގެ ފުލުހުން އެ ގޭގެ ކައިރީގައި ހަރަކާތްތެރިވަމުން ދާކަމަށް މަޢުލޫމާތު ލިބޭ.

19:14

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

19:13

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

19:13

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

18:58

ގާކޮށިން ބަލައި ފާސްކުރަމުންދަނީ ފަސް ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއް.

18:58

އައްޑޫ ސިޓީ ހިތަދޫ ގެޔަކަށްވެސް ފުލުހުން ވަދެފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ. މިހާތަނަށް ފުލުހުން މާލެ އާއި އައްޑޫ ސިޓީގެ ހަތް ތަނަކަށް ވަދެފައިވާ ކަމުގެ މަޢުލޫމާތު ލިބޭ.

18:56

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

18:55

މަޝްހޫރު ވިޔަފާރި، އީވޯ ހޯމް ހުންނަ އިމާރާތަށްވެސް ގިނަ އަދަދެއްގެ ފުލުހުން ވަދެއްޖެ.

18:55

މާލޭ އިތުރު ތަންތަނަށް ފުލުހުން ވަންނަމުންދާ ކަމުގެ މަޢުލުމާތު ދަނީ ލިބެމުން.

18:52

ރިޟްވާން ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ) ދިރިއުޅޭ ގެޔަށް ފުލުހުން ވަދެއްޖެ. ރިޕޯޓުގައި ބުނާގޮތުން އޭނާއަކީ ރިޟްވާން ކަރުބުރިކުރަން އެރުވި ދޯންޏަށް ފައިސާ ދެއްކި މިހާ. ރޟްވާން މަރާލުމުގެ ކުރިން އެރުވީ އއ. އުކުޅަހުގެ ދޯންޏަކަށް ކަމަށް މަރުތަކާއި ބެހޭ ކޮމިޝަނުން ވިދާޅުވެފައިވޭ. ކިޑޫއަކީ ފޭދޫގައި މަޝްހުރު ފޮތިފިހާރައެއް ހިންގަމުން އަންނަ ވިޔަފާރިވެރިއެއް. އޭނާ ވަނީ ރިޕޯޓުގައި އޭނާއަށް ކޮށްފައިވާ ތުހުމަތުތައް މީގެ ކުރިން ދޮގުކޮށްފައި.

18:49

ފުލުހުން އައްޑޫ އާއި މާލެގައި މި އޮޕަރޭޝަން ހިންގަމުންދަނީ ކޯޓު އަމުރުތަކެއް ހޯދައިގެން ކަމަށް މައުލޫމާތު ލިބޭ.

18:47

މާލޭގައި ހިންގާ އޮޕަރޭޝަނެއްގެ ދަށުން ފުލުހުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް
ފުލުހުން ބަލައި ފާސްކުރާ ގެއެއް ކައިރިއަށް އާންމުން އެއްވެފައި - ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

18:44

މަރުތަކާއި ބެހޭ ކޮމިޝަނުން ބޭނުންވެގެން ފުލުހުން މިހާރު ދަނީ މާލެ އާއި އައްޑޫގެ ބައެއް ގެތަކާއި މީހުންވެސް ބަލައި ފާސްކުރަމުން.

18:43

18:37

މޫނު ނިވާކޮށްގެން ތިބި ފުލުހުން މިގެތަކަސް ވަދެ ބަލައި ފާސްކުރަމުން މިދަނީ، ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނާ މެދު ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ނިންމާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އިއްޔެ ވިދާޅުވެފައި ވަނިކޮށް.

18:35

18:34

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން މޫނު ނިވާކޮށްގެން ތިބި ފުލުހުން މާލޭ ގެއެއް ބަލައި ފާސްކުރަނީ - ވަގުތު އިމޭޖަސް: މުޙައްމަދު ހައްޔާން

18:34

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން މޫނު ނިވާކޮށްގެން ތިބި ފުލުހުން މާލޭ ގެއެއް ބަލައި ފާސްކުރަނީ - ވަގުތު އިމޭޖަސް: މުޙައްމަދު ހައްޔާން

މާލޭގެ ބައެއް ގެތަކަށް މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ ފުލުހުން ވަދެއްޖެއެވެ.

މާލޭގެ ބައެއް ގެތަކަަށް ފުލުހުން ވަން ސަބަބެއް އަދި ސާފެއް ނުވެއެވެ. "ވަގުތު"އަށް އެނގިފައިވާގޮތުން މާލޭގެ ހަތަރު ގެއަކަށް މިހާރު ފުލުހުން ވަނީ ވަދެފައެވެ.

ފުލުހުން އެންމެ ފުރަތަމަ ވަދެފައި ވަނީ ސޯސަން މަގުގައި ހުރި ހ. ހައިވިއު އަށެވެ.

މޫނު ނިވާކޮށްގެން ތިބި ފުލުހުން މާލޭގެ ގެތަކެއް ބަލާ ފާސް ކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މަންޒަރު ދުށް މީހުން ބުނީ، އެ ގެއަށް މޫނު ނިވާކޮށްގެން ތިބި އެސްއޯގެ 10 ވަރަކަށް ފުލުހުން ވަން ކަމަށެވެ.

އަދި ކުލަ ހެދުމުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ ސޯސަން މަގުގައި ހަރަކާތްތެރިވަމުންނެވެ. މިހާރު ފުލުހުން ދަނީ އެގެ ބަލާ ފާސް ކުރަމުންނެވެ.

މޫނު ނިވާކޮށްގެން ތިބި ފުލުހުން މާލޭގެ ގެތަކެއް ބަލާ ފާސް ކުރަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

"ވަގުތު"އަށް އެނގިފައިވާގޮތުން އެގޭގެ ތިރީގައި ހުރި ފިހާރައެއްގެ ބޮޑު މީހާގެ ނަން މަރުތަކުގެ ކޮމިޝަން އިން ނެރުނު ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ފުލުހުން ދެން ވަދެފައި ވަނީ ސީކްރެޓް ރެސިޕީ ކައިރީގައި ހުންނަ ގަލޮޅު އާނޫރާނީ ގެއަށެވެ. ފުލުހުން ދަނީ އެ ގެވެސް ބަލާ ފާސް ކުރަމުންނެވެ. އަދި އަމީނީ މަގު ކާގޮށީ ފްލެޓް އިމާރާތުގެ ފްލެޓްތަކެއް ވެސް ފުލުހުން ދަނީ ބަލައި ފާސްކުރަމުންނެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އޮޕަރޭޝަނަކީ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އަދި އެ ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

-އިތުރު ތަފްސީލު އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މިނިވަން

    ތިޔޭ މައްސަލައަކީ.. ތިހެން އަމަލުކޮށްގެން ހަރުކަށިކަމެއް ނުދާނެ.. ހަމަތިގޮތަށް ދީނާ އިދޮކޮޅުމީހުން ހުއްޓުވަންޖެހޭ

    48
    2
    • މާހި

      ވަރަށް ބޮޑު ތެދެއް..... ލާދީނީ ބައިގަޑުގެ ކަމަކީ ދިވެހި ރާއްޖެ ފަސާދަ ކުރުން.... ލާދީނީ ބައިގަޑަށް ވެސް މީހުން މަރާ މީހުންނަށް ވެސް އަދަބް ދީ....

  2. ޒަންޖަބީރު

    އާނ. ތިއީ ރާއްޖޭގެ އެންމެ ބޮޑު ޓުވަރިޒަމް މާކެޓް ޗައިނާގެ ޓީމް ރާއްޖެ އައިސް ފުޓްބޯޅަ މެޗެއް ކުޅޭ ގަޑިއާ ދިމާކޮށް ޓުވަރިޒަމް ޕްރޮމޯޓް ކޮށް ރާއްޖޭގެ ނަން ވިއްކަން މިސަރުކާރަށް ކުރަން އެގުނު އެންމެ މޮޅު ކަންތައް. ހުސްނުއްސުއޫދު ހެއްވަން ތިކަން ވާނެ ކޮންމެހެން ވެސް ކުރަން. ތިއީ ކެރަފާ އާއިލާގެ ރޭވުމެއް

    59
    7
  3. ޏނނ

    ފުލުހުންނަށް އިތުބާރު ނުކުރެވޭތީ ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ބާރުތަކެއް ދީގެން އުފެއްދި ކޮމިޝަނުން އެދިލައްވައިގެން ހަމަ އެ އިތުބާރު ނުކުރެވޭ ފުލުހުން އޮޕަރޭޝަން ހިންގުން މީ މިޤަރުނުގެ އެއްމެ ބޮޑު ޖޯކު

    52
    2
  4. ާައަލިބެ

    ހައްހައްހައްހައް! ހަމަ ހިނި އަންނަނީ! ދެންކީކޭ ބުނާނީ؟

    36
    2
  5. ލަޔާން

    ފުލުހުން އާންމުން ގެ ދިރިއުޅުމަށް އުންދަގޫ ކުރުމަކީ ހިތާމަ ވެރި ކަމެއް.... ލާދީނީ ބައިގަނޑު ވެސް ހައްޔަރު ކުރާތި.... އެ ބައިގަނޑުގަ ހިމެނޭ މަސްތުވާތަކެތި ގެންގުޅޭ މާރާމާރީ ހިންގާ ގޭންގްތަށް ވެސް

    49
    2
  6. Anonymous

    ސޭހު އިމުރާނާއި ހުސައިން ރަޝީދުވެސް ހައްޔަރުކުރަން ގޮވާލަން

    43
    4
    • ޔަނާލް

      މީނަ ހައްޔަރު ކުރަން ފެނޭ.... ޑީއާރްޕީ، ޖާބިރުގެ އާ ޕާޓީގެ މީހެއް މީ

  7. ނޮން

    @މިނިވަން ވާުނުވާ ނުވޭ

    18
    1
  8. ޗޗޗ

    ކޮމެޓީގެ ބޭފުޅުން ދާންވީނު މީހުން ހައްޔަރުކުރަން

    26
    2
  9. ހަދީޖާ

    ރިލުވާނުގެ ބޯކެނޑީއޯ އެބަބުނޭ.. އެކަން ކުރީ ކާކުކަމެއް ނޭގެޔޯ.. އެކަމަކު މަރާލަން އުޅުނު އިރު ޝަހާދަތްލާދިނޯ..އެހެންވިއްޔާ ޝަހާދަތްލާދިން މީހާ މަރާލިވަގުތު އެތާ ހުރިއްޔާ ބޯކަނޑާލިކަމައް ބުނާ މީހާވެސް އިނގޭނެތާ.؟ 5 އަހަރުވަންދަން އިންއެކްޝަންގަ ތިބީ އެންޑީޕީ ވެރިކަމައް އައިސްގެން މިކަން ބެލުމަށޯ ކިޔާ އަޑު އެހީން. އެއީ ހަގީގަތަކައްވުން އެކަށީގެންވޭ މިހާރު ފެންނަމުންއަންނަ މަންޒަރުތަކުން.

    10
    • ކަމީރު

      ކަލޯ ކަލޯމެން މިކަންނުކުރީ ކީއްވެގެންކަން ރަށުތެރޭގައި އެހެރަ ދައްކަނީ. މިހާރު ކުރަން ފެށީމަ ނިދި ނާނާނެކަން އެނގޭ

  10. ކިނބޫފެކްޝަން

    ގަންޖާ ފެކްޝަން އެންމެން އުފުރާލާ!

    12
    • ކަނީރު

      އަދި އުފުރުން އޮތީ ކުރިޔަށް. އަނެއްކާ ކަލޭ ތިހިރީ ރަނގަޅަށްތަ؟ނަސީބެންނު މިސަރުކާރު އައިސްގެން ވީވައުދު ފުއްދާކަންވެސް

  11. ބަކުރުގެ ތަކުރު

    ތިޔަމައްސަލަ ނިމޭނީ ރަނބޯ ރަނބޯ ފޯއްޔަށް.

  12. އުދާސް

    މުޅިދުނިޔޭގައި އިސްލާމީ ޤައުމްތަށް މިދަނީ ފަނާވަމުން... ކީއްވެގެންތޯ...؟؟
    އާއްމު ރައްޔިތު މީހާއަށް އިންސާފް ހޯދައި ނުދެވުމުގެ ސަބަބުން
    އިސްލާމީ ޝަރިއަތަށް ފުރިހަމައަށް ތަބާނުވުމުން
    އިސްލާމަކަށްވެގެން ހުރެ އިސްލާމްދީނުގެ ރުކުންތަކާއި އިސްލާމްދީނުގެ މައުލޫމާތު ނޭގުމުގެ ސަބަބުން.
    އިސްލާމްދީނަށް ފުރައްސާރަކުރުމުން
    ސިޔާސީ ފިކުރުގެ އަމިއްލަ އެދުމުގެ ސަބަބުން
    ޔަހޫދީންގެ ފިތުނައިގެ ސަބަބުން