މަޖޫރީން މުދާ ކްލިއަރ ކޮށްދޭ އަގު ކުރިއަށްވުރެ ހެޔޮކުރާނެ ކަމަށާއި، އެކަމަށްޓަކައި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން މިހާރު ކުރިއަށްގެންދާ ނޫސް ކޮންފަރެންސުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، ސަރުކާރުން މާލެ މުދާ އުފުލާ ގަޑިތަކަށް ގެނައި މި ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށެވެ. ސަރުކާރުން ގެނައި ބަދަލާއެކު މުދާ ހޭންޑްލް ކުރުމާއި ވިއްކުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ޝަހީރު ދެއްވިއެވެ.
"މިގޮތުން އެސްޓީއޯއިން ވިއްކާ އެއްވެސް މުދަލަކަށް މިކަމާއި ގުޅިގެން އަގަށް އެއްވެސް ބަދަލެއް ނާންނާނެ". ޝަހީރު ވިދާޅުވިއެވެ.
އެ ކުންފުންޏަކީ ރާއްޖޭގެ ވަރަށް ގިނަ ވިޔަރާފި ކުރާ ކުދި އަދި ބޮޑު ކުންފުނިތަކުން މުދާ ނަގައިގެން ވިއްކާ ކުންފުންޏެއްކަމަށްވާއިރު، ސަރުކާރުން މި ގެނައި ބަދަލާއި ގުޅިގެން އެއްވެސް ގޮތަކަށް އަގުތައް މަތި ނުކުރުމަށް ޝަހީރު ވަނީ ނަސޭހަތްތެރިވެފައެވެ.
"އަޅުގަނޑުމެންނަށް އެބަ އިނގޭ އެމްޕީއެލް އިން ކްލިއާކޮށްގެން މިގެންނަ މުދާ ގެންދާއިރު، ކޮންޓެއިނާ އަގުތައް އެއްގޮތަކަށްވެސް މައްޗެއް ނުވޭ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާގޮތުގައި، މިހާރު މި ވަނީ މަޖޫރީންނާއި ވާހަކަދައްކައިގެން ކުރީގެ ހުރި އަގުތައް ނޫން އެއަށް ވުރެ ރަނގަޅު އަގުތަކެއް ހަމަޖެހެން". ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ، މި ބަދަލާއެކު މުދަލުގެ އަގުތައް ކޮންމެވެސް ވަރަކަށް ހެޔޮވެގެންދާނެ ކަމަށެވެ. އަދި އެ މަޝްވަރާތައް ކާމިޔާބުވެ އަގު ކުޑަކޮށްފިނަމަ، އެސްޓީއޯއިންވެސް މުދާ ކްލިއަރ ކުރުވާނީ މަޖޫރީން ލައްވައި ކަމަށް ޝަހީރު ވިދާޅުވިއެވެ.
މިހާރު މާލަސްވެއްޖެ؟ ފެން. ކަރަން. ޚާޑު ހިލޭދިނަސް ދެން ތިކަން ވާނެކަމަކަށް ނުފެނޭ
ކަލޭނުދިނަސް ދޭނެމީހުން ވާނެ. ކަލެއަކަށް ނޭގުނެއްންނު ހެވާއި ނުބައި
ކާރޑުގެ އަގު ކުރީ ހުރި ވަރަށް ހެޔޮ ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ. ކާޑުގެ އަގުހެޔޮ ކުރީ އެއީ ޑިސިޝަން މޭކިންގް ޑޭ ކަމަށްވާ ވެނިސްޑޭ ގައޭ ދެން މަމެން ޕިންކީން މި ބަލާލަނީ ކާޑުގެ އަގުހެޔޮ ކުރަން ނިންމި ދުވަހުގެ ސަބަބުން މަމެންގެ ފޯރޗިއުން ލައިން އިންކްރީޒް ވޭތޯ އަދި ވަމުން ދާ ގޮތް ކުދިންނޭ. އަދުގެ ތާރީޚް އަކީ އެއީ 04042018 ދޯ. ދެން އެ އެއްކުރުމުން އަންނަނީ 19 ދޯ. ދެން 19 އެއް ކުރުމުން އަންނަނީ 10 ދޯ. ދެން 10 އެއްކުރުމުން އަންނަނީ އެއީ 1 ދޯ. ދެން 1 އިންޓް 1 އީކްއަލް 1 ދޯ. ދެން 11 އިންޓް 11 އީކްއަލް 121 ދޯ. ދެން 111 އިންޓް 111 އީކްއަލް 12321 ދޯ. މަމެންގެ ފޯރޗިއުން ލައިން ދަނީ އެކްސެލެރޭޓް ވަމުންނޭ ފޯރމިއުލާ ވަން ކާރު ރޭސް ޓްރެކްގައި ސްޕީޑް އެެކްސެލެރޭޓް ވަމުންދާ އުސޫލުން. މީ އެމޭޒް ވާ ކަމަކީ ދޯ. ޖަސްޓް ޕްލޭދަ ޕިއާނޯ ދެން ސްޓޭންޑް އަޕް އެން ޑާންްސް ޑާންސް ޑާންސް ޑާންސް...
ޢިދިކޮލޭމެން މޮޔަވެބަލަ
މަޖޫރީން އަގުހެޔޮ ނުކޮށް ކުރެވޭނެ ކުރާނެ އެއްކަމެއްވެސް ނޯންނާނެއޭ މީމަމެންގެ ވެެރިކަން އަދި މީ މަމެންގެ ގައުމު ދޯ. މަހަށްދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ. މަަހަށް ދޭބަލަ