މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ) ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ގެއިންނެވެ. ފުލުހުން މިހާރު ދަނީ އެ ގެ ބަލާ ފާސް ކުރަމުންނެވެ. "ވަގުތު" އަށް އެނގިފައިވާގޮތުން އޭނާ ހައްޔަރުކޮށްގެން މިހާރު ވަނީ ގަން ފުލުހުންގެ މަރުކަޒަށް ގެންގޮސްފައެވެ.

އަގްލީލް ދިރިއުޅޭ ގެއަސް ގިނަ އަދަދެއްގެ ފުލުހުން ވަދެ އެގެ ބަލައި ފާސްކުރުމަށްފަހު އޭނާ ފުލުހުންގެ ވެހިކަލެއްގެ ގެންދިޔަ މަންޒަރު އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ގިނަ ބަޔަކަށް ފެނުނު ނަމަވެސް، ފުލުހުން ވިދާޅުވީ، މިހާރު މާލެ އާއި އައްޑޫ ސިޓީގައި އެ އިދާރާއިން ކުރިޔަށްގެންދާ އޮޕަރޭޝަންގައި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

ރިޟްވާން މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނާގޮތުން އޭނާއަކީ ރިޟްވާން ކަރުބުރިކުރަން އެރުވި ދޯންޏަށް ފައިސާ ދެއްކި މިހާ އެވެ. ރިޟްވާން މަރާލުމުގެ ކުރިން އެރުވީ އއ. އުކުޅަހުގެ ދޯންޏަކަށް ކަމަށް މަރުތަކާއި ބެހޭ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައި ވެއެވެ.

މަރުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނުން އާންމު ކުރި ރިޕޯޓު ބުނާގޮތުން، ރިޟްވާން ރަހީނުކޮށްގެން ގެންގޮސް އެރުވި ދެ ދޯންޏަކީ ރާއްޖޭގައި ހަރަކާތްތެރިވާ ޖިހާދީ ޖަމާޢަތަކުން އާމްދަނީ ހޯދުމަށް، އުކުޅަހުގައި ބަޓް ނަގަން ގެންގުޅޭ ދެ ދޯންޏެއް ކަމަށެވެ. ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަގްލީލަކީ މި ޖިހާދީ ޖަމާޢަތުގެ އޮޕަރޭޝަންތަކުގެ އެންމެ އިސް މީހާއެވެ.

އަގްގީލަކީ ފޭދޫގައި މަޝްހުރު ފޮތިފިހާރައެއް ހިންގަމުން އަންނަ ވިޔަފާރިވެރިއކެވެ. އޭނާ ވަނީ ރިޕޯޓުގައި އޭނާއަށް ކޮށްފައިވާ ތުހުމަތުތައް މީގެ ކުރިން ދޮގުކޮށްފައެވެ.

ރިޟްވާންގެ މައްސަލައިގެ ރިޕޯޓްގައި ބުނެފައިވާ އަގްލީލް ހައްޔަރުކޮށްފައިވާއިރު، އެ ރިޕޯޓާއި ގުޅިގެން މާލޭގައި ދަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އެ އޮޕަރޭޝަންގައި މާލޭގެ ގެތަކެއް ބަލާ ފާސް ކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑިރަސާވެރިޔާ

    މީ ޕޮލިޓިކްސް ރާއްޖޭގެ ގޭންގް އަކުން ކުރި ކަމެއް އޭރުގެ ސިޔާސީ މީހަކު އަޑީގައި ހުރެގެން، މިވެެރިކަން ގެންނަނަން އެމީހަކު ހަރަދު ކުރި. ޢެހެންވެ އޭނާގެ އަތެއް ނުވާކަމާއި މި ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތްތައް ހިންގާ ކަމަށް ހަދައި އެކަން ދައްކައި ރައްޔިތުން ބިރުވެރި ކަމެއްގައި ބާތިއްބައި ސަރުކާރުން ކަމެއްނުވާ ވާހަކަ ރައްޔިތުން ދައްކާތީ އެކަން އޮއްބާލުމަށް ޖައްސާ ގޭމެއް. ލޯކަލް ކައުންސިލް އިންތިހާާބާއި، އިދިކޮޅު ފަރާތްތަކުން ބާއްވާ ބޮޑު އެއްވުމަށް ހުރަސް އެޅުމަށް ހިންގާ ޖަރީމާ

    10
    4
    • މީހެއް

      ކަކު މެރިި

    • Anonymous

      ވަރަށް ރަގަޅުވާހަކަަަަަ

  2. އާނީ

    ދޯނި ހަމަޖެއްސި މިހާއެއްނޫން ހޯދަންވީ.. ހޯދަންވީ މެރި މީހާ..

    17
  3. ރެކިފުތާ

    ދެންކޮބާ ދޯނީގެ ފަޅުވެރިން. އެމީހުންނަށްވެސް ރިލުވާނުގެ ބޯކަނޑާ ކަނޑުފެއްތުމުގައި ބައިވެރިވި ބައެއްކަމަށް ބެލެވޭނެ. ތިކިޔާ ކިޑޫ ދޯނި ހަމަޖައްސައިދިނީ ހަމަޔަގީނުންވެސް ކޮންމެވެސް ބަޔަކު ބުނެގެންކަންވެސް އޭނާއަށް އެނގޭނެ.