ސީކްރެޓް ރެސިޕީ ކައިރީގައި ފުލުހުން ބަލާފާސްކުރި ގ. އަނޫރާނީ ގެއިންވެސް މީހަކު ހައްޔަރުކޮށްފިއެވެ.

އެގެއިން ހައްޔަރުކޮށްފައި ވަނީ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ވަނީ އޭނާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންގޮސްފައެވެ.

މިހާރު ވަނީ އެ ގެ ބަލާ ފާސްކޮށްފައެވެ.

އެގެއިން ލިޔެ ކިޔުންތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ގެންދިޔައެވެ.

ފުލުހުން މިހާރު މާލެ އާއި އައްޑޫ ސިޓީގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަަކަކީ، ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ މަރާލި މައްސަލައާއި ގުޅިގެން މަރު ކޮމިޝަންގެ ތައްޔާރުކޮށްފައިވާ ރިޟްވާން ރިޕޯޓްގައި ފާހަގަކޮށްފައިވާ މީހުންގެ ގެތައް ބަލާ ފާސް ކުރުމުގެ އޮޕަރޭޝަންއެކެވެ.

މި އޮޕަރޭޝަންގައި މާލޭގެ ފަސް ގެއެއް ބަލާ ފާސްކުރިއިރު، އައްޑޫ ސިޓީގެ ދެ ތަނެއް ބަލާ ފާސްކޮށްފައި ވެއެވެ. އަދި މި މައްސަލައާ ގުޅުން ހުރި މީހަކު އައްޑޫ ސިޓީ އިންނާއި، މާލެއިން ހައްޔަރުކޮށްފައި ވެއެވެ.

އައްޑޫ ސިޓީން ހައްޔަރުކޮށްފައި ވަނީ، ރިޟްވާން އަބްދުﷲ ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިނުމަށް ފައިސާ ދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ)އެވެ.

އަދި މާލެ އިން ހައްޔަރުކޮށްފައި ވަނީ، ރިޕޯޓްގައި ބުނެފައިވާ ޝައްފާފް ހުސައިން ނަމަކަށް ކިޔާ ށ.ފޭދޫ މީހެކެވެ.

ރިޕޯޓްގައި ބުނެފައިވާގޮތުން ރިޟްވާން ރަހީނުކޮށްގެން އަރުވައިގެން ގެންދިޔަ ރަތް ކާރުގެ ފަހަތު ސީޓުގައި އިނީ އޭނާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަންބޯ

    ތީހެއްޔޭ ދިވެހި ރައިޔަތުން 8 ،އަހަރު ވަންދެން މަގުމަތީގައިތިބެގެން ކަރުނަގޭސް ބޮއިގެން ވެރިކަންހޯދަދިނީމަ ރައިޔަތުން ކަރުގަހިފަންވީތޯ

    13
    3
  2. ދދދދދދ

    ތީ ހުސް ގަންޖާ ފެކްޝަން މީހުން.

    18
  3. ޞަލާޙް

    ހުސްނުއްސުޢޫދުގެ ރިޕޯޓަކީ ފުލުހުން ހޯދާފައިވާ މަޢުލޫމަތުތައް މަށައިގެން ލިޔެފައިވާ ޚިޔާލީ ދިގު ވާހަކައެކެވެ. މިކަން ދާދި އަވަހަށް ރައްޔިތުންނަށް އެގިގެންދާނެއެވެ.

    5
    2