ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދިޔަ ދިވެއްސެއްގެ ދަބަހުން ގާތަކެއް ފެނިއްޖެއެވެ.

މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފުރަންދިޔަ މީހެއްގެ ދަބަހުން ގާތަކެއް ފެނުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ގާތަކެއް ދަބަހަށް އަޅައިގެން ފުރަން ދިޔަ މީހަކީ ޑޮމެސްޓިކް އެއާޕޯޓުން ފުރަން އުޅުނު މީހެކެވެ. ނަމަވެސް އޭނާގެ މަންޒިލަކީ ކޮބައިކަމެއް ނޭނގެއެވެ.

އެއާޕޯޓްގެ ސެކިއުރިޓީންނަށް އޭނާގެ ދަބަހުގައި ގާތަކެއް ހުރިކަން ފާހަގަ ކުރެވިގެން އޭނާ ހުއްޓުވާ ސުވާލު ކޮށްފައިވެއެވެ. ނަމަވެސް ދަބަސް ޗެކް ކުރުމަށް ފަހު އޭނާ ދޫކޮށްލީ ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

އޭނާ އަށް ރޭ ފުރުނު ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިކަމާއި ގުޅިގެން ރަސްމީ އިދާރާއެއްގެ ބަހެއް ނުލިބެއެވެ.

އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ބެލެވޭ ގޮތުގައި ފަސެންޖަރުގެ ދަބަހަށް ގާތަކެއް އަޅާފައި ވަނީ ފަސެންޖަރަށް ނޭނގި އެހެން ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަބުދުއްސައއތާރު.

    2 ސުވާލެއް އުފެދޭ:
    1)މަންޒިލެއް ނޭނގެނީ ކީއްވެބާ؟
    2)އޭނާއަށް ނޭނގި އޭނާގެ ދަބަހަށް ގާތަކެއް އެޅުނީ ކީއްވެބާ؟
    ދެން އިތުރު ބޮޑު ސުވާލަކީ އޭނާ ހުރީ ހަމަހޭގަިބާ؟

    30
    18
    • ލބޭލިބޭ

      ބުރޯ ރަނގަޅަށް ހަބަރު ކިޔާލަބަލަ.ލިޔެފައޮތީ "މަންޒަރު ދުށްމީހަކު ވަގުތު ނޫހަށް މައުލޫމާތު ދިންގޮތުގަ"ކަމަށް.އެހެންވީމާ އެމީހާޔަށް ނޭނގިދާނެތާ ގާއެޅި ދަބަސް ހިފައިގެން ހުރިމީހާ ދާންއުޅުނު ތަނެއް.ޑޮމެސްޓިކުން ދަތުރުކުރަނީ އެންމެ މަންޒިލަކަށް ނޫން

      51
      1
  2. ބޯކިބާ

    އެސޮރުގެ ރައްޓެހިން ގިނައީ ހަމަ.

    63
    2
  3. ބރޔކ

    ގޮތްނޭނގޭ ގާތަކެއް...

    15
  4. ޓްރޭސް

    ތިޔައީ ސަމާސާގެ ތެރެއިން ހިނގާދިޔަ ކަމެއްކަމުގައި މެނުވީ ނުވާހުއްޓެވެ.

    34
    1
  5. ޖާޒީރާ ބޯއީ

    ތިވާނީ މިސަރުކާރުން ކައްކަންއުޅުނު މެޖިކަކަށް

    8
    4