20:50

20:45

ފުލުހުން ވިދާޅުވީ، އޮޕަރޭޝަން ނިންމާލީ ކޮމިޝަނުން ފުލުހަށް ހަވާލުކޮށްފައިވާ ހުރިހާ ކޯޓު އަމުރެއް ތަންފީޒު ކުރުމަށްފަހުގައި ކަމަށް.

20:45

މި އޮޕަރޭޝަނުގައި މާލެ ސިޓީ އާއި އައްޑޫ ސިޓީއިން ޖުމްލަ 17 ތަނަކާއި 11 މީހަކު ވަނީ ފާސްކޮށްފައި

20:44

ފުލުހުން ވިދާޅުވީ، މިއީ ހަމައެކަނި ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށް.

20:44

މަރުތަކާއި ބެހޭ ކޮމިޝަންގެ އެދުމުގެ މަތިން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަން ނިންމާލައިފި. އޮޕަރޭޝަން ނިންމާލިއިރު އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ.

18:43

ފައިން ޑައިން ރެސްޓޯރެންޓުން ގެންގޮސްފައި ވަނީ ކޮމްޕިޔުޓަރ ސިސްޓަމްގެ ސީޕީޔޫ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފައިން ޑައިން ރެސްޓޯރެންޓުން ގެންގޮސްފައި ވަނީ ކޮމްޕިޔުޓަރ ސިސްޓަމްގެ ސީޕީޔޫ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފައިން ޑައިން ރެސްޓޯރެންޓު ކައިރީގައި ފުލުހުން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފައިން ޑައިން ރެސްޓޯރެންޓު ފާސް ކުރުމަށްފަހު ފުލުހުން ހިނގައްޖެ- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

18:42

ފައިން ޑައިން ޗެކް ކުރުމަށްފަހު ފުލުހުން ގޮސް، ފުލުހުން އެތަނުން ގެންގޮސްފައި ވަނީ، ފައިން ޑައިން ކޮމްޕިޔުޓަރ ސިސްޓަމްގެ ސީޕީޔޫ

18:28

ބޮޑުރަސްގެފާނު މަގު ފައިން ޑައިން ކެފޭ ފުލުހުން ބަލާ ފާސް ކުރުން އަދިވެސް ކުރިއަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބޮޑުރަސްގެފާނު މަގު ފައިން ޑައިން ކެފޭ ފުލުހުން ބަލާ ފާސް ކުރުން އަދިވެސް ކުރިއަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބޮޑުރަސްގެފާނު މަގު ފައިން ޑައިން ކެފޭ ފުލުހުން ބަލާ ފާސް ކުރުން އަދިވެސް ކުރިއަށް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

18:20

ހިތަދޫގައި ފާސް ކުރަމުން ދަނީ ފިހާރައެއް

18:04

އެއްވެސް ފަރާތަކުން މި މަސައްކަތަށް އެހީތެރިވެވޭފަދަ މަޢުލޫމާތެއް ދެއްވަން ބޭނުންވާނަމަ 3322111 ނުވަތަ 119 އަށް ގުޅުއްވާ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައި.

18:03

މި އޮޕަރޭޝަނުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަރވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިންގ ކޮމާންޑުގެ ފުލުހުން ބައިވެރިވޭ.

18:03

ފުލުހުން އިއްޔެ އިން ފެށިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ކުރިއަށްދާއިރު އައްޑޫ އާއި މާލޭގެ ސަލާމަތީ ކަންކަން ވެސް ފުލުހުން ވަނީ އިތުރަށް ވަރުގަދަކޮށްފައި

18:01

ބޮޑުރަސްގެފާނު މަގު ފައިން ޑައިން ކެފޭ ފުލުހުން ބަލާ ފާސް ކުރަނީ - ފޮޓޯ މީސް މީޑިއާ

18:00

ބޮޑުރަސްގެފާނު މަގު ފައިން ޑައިން ކެފޭ ފުލުހުން ބަލާ ފާސް ކުރަނީ

17:56

ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު: މި އޮޕަރޭޝަނަކީ މީހުންނާއި ތަންތަން ބަލާފާސްކުރުމުގެ އޮޕަރޭޝަނެއް. މިއަދުގެ އޮޕަރޭޝަން އަދިވެސް ކުރިއަށްދޭ.

17:55

ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު: ފުލުހުން ކަނޑުމަގުން ހިންގި އޮޕަރޭޝަނެއްގައި މާލޭ ސަރަހައްދުގައި އޮތް ބޯޓެއްގައި ހުރި މީހަކު ބަލައި ފާސްކޮށްފައިވޭ.

17:54

ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު: ފުލުހުން ފަށާފައިވާ ބޮޑު އޮޕަރޭޝަނުގެ ތެރެއިން މިއަދުގެ މިހާތަނަށް ފަސް ތަނެއް ބަލައި ފާސްކޮށްފި. މީހަކު ހައްޔަރެއް ނުކުރޭ

17:12

ހިތަދޫގައި ފާސް ކުރާ ގެ ހުރި ސަރަހައްދު ބަންދު ކޮށްފަަައި - ވަގުތު އިމޭޖެސް: ޝާފިރު
ހިތަދޫގައި ފާސް ކުރާ ގެ ހުރި ސަރަހައްދު ބަންދު ކޮށްފަަައި - ވަގުތު އިމޭޖެސް: ޝާފިރު
ހިތަދޫގައި ފާސް ކުރާ ގެ ހުރި ސަރަހައްދު ބަންދު ކޮށްފަަައި - ވަގުތު އިމޭޖެސް: ޝާފިރު

16:59

އައްޑޫ ސިޓީ ހިތަދޫ ގެއަކަށް ފުލުހުން ވަދެ ފާސް ކުރަން ފަށައިފި.. ފާސް ކުރަމުން ދަނީ ހިތަދޫ ދެކުނު ދާއިރާގައި ހުރި ގެ އެއް

16:07

ފުލުހުން މިއަދު ބަލާ ފާސްކޮށްފައި ވަނީ މ. ލެގޫންވިއު، ހެ. ފެހިއާބާދުގޭގެ އިތުރުން ބިގްމޭން ރެސްޓޯރެންޓް

16:06

މިއަދު ފުލުހުން ޖުމްލަ ހަ ތަނެއް ބަލައި ފާސް ކުރުމަށް ވަނީ ހަމަޖެހިފައި... މީގެ ތެރެއިން މިހާތަނަށް ބެލުނީ ތިން ތަނެއް ކަަމަށް މައުލޫމާތު ލިބޭ... މިއިން އެއްވެސް ތަނަކުން މީހަކު ހައްޔަރުކޮށްފައެއް ނުވޭ.... ނަމަވެސް ބައެއް ތަކެތި ގެންގޮސްފައި ވޭ

14:54

ފުލުހުންގެ ކަނޑުމަތީގެ އޮޕަރޭޝަން ނިންމާލިކަން އަންގާފައެއް ނުވޭ. ފުލުހުން ކަނޑުމަތީގައި އޮޕަރޭޝަން ކުރިއަށްގެންދަނީ ސީދާ ކީއްކުރަން ކަން ސާފެއް ނުވޭ..... ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ މަރާލި ކަމަށް ރިޕޯޓްގައި ބުނެފައި ވަނީ ކަނޑުމަތީގައި

14:34

މިއަދު ފުލުހުން އިތުރު ތަންތަންވެސް ބަލާ ފާސް ކުރާނެ ކަމަށް ބެލެވޭ... މީގެ ތެރޭގައި ބައެއް ވިޔަފާރިތައްވެސް ހިމެނޭ

14:15

ފުލުހުން ވަނީ ހ. ފެހިއާބާދޫގެ ބަލައި ފާސްކޮށް އެގެއިން ބައެއް ތަކެތި ގެންގޮސްފައި، ފުލުހުން މިހާރު ވަނީ އެގެއިން ނުކުމެފައި

13:40

ފުލުހުން މިހާރު ވަނީ ބިގް މޭން ރެސްޓޯރެންޓުން ނުކުމެފައި. ފުލުހުން އެ ރެސްޓޯރެންޓުން ބައެއް ތަކެތި ގެންދިޔަ،... އެތަނުން ގެންގޮސްފައި ވަނީ ކޮން އެއްޗެއްސެކަން ޔަގީނެއް ނޫން...

13:15

ބިގްމޭން ރެސްޓޯރެންޓުގެ ބޭރުގައި މޫނު ނިވާކޮށްގެން ފުލުހުން އެބަ ތިބި، ރެސްޓޯރެންޓް ތެރޭގައި ތިބި މީހުން ވަނީ ބޭރަށް ނެރަފައި. އެ ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމެއް ދަނީ ހަރަކާތްތެރިވަމުން.

12:53

ބިގްމަން ކެފޭއަށް ވެސް ފުލުހުން ވަދެއްޖެ.

12:30

މިއަދުގެ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ – ފޮޓޯ: ޕޮލިސް
މިއަދުގެ އޮޕަރޭޝަންގައި ފުލުހުން ހަރަކާތްތެރިވަނީ – ފޮޓޯ: ޕޮލިސް

12:29

މިއަދު ކަނޑުމަތީގައި ވެސް ހަތިޔާރާއި އެކު އޮޕަރޭޝަން ކުރިއަށްގެންދާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވާ.

12:28

މިއަދު މާލޭގެ ތިން ގެއެއް ފާސްކުރަމުން އެބަގެންދާ. މިއަދުގެ އޮޕަރޭޝަންގައި ވެސް ފުލުހުންނާއި އެކު ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވޭ.

12:25

ރިޟްވާން މައްސަލައިގެ އޮޕަރޭޝަން ކުރިއަށްދާކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައި. ފުލުހުން ވިދާޅުވީ އިއްޔެ ހަވީރުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އަދި މީހަކު ހައްޔަރު ނުކުރާކަމަށް.

12:22

އިތުރު ތަނަކަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ފާސްކުރަމުން ދަނީ ހީނާމާގެ ކައިރީ ހުރިތަނެއް.

މަރު ކޮމިޝަނުން އާއްމުކުރި ރިޕޯޓްގައި މިނިވަން ފިކުރާއި ދެކޮޅު މީހެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) ގެ ގެއަށް ފުލުހުން ވަދެ އެގެ ފާސްކުރަމުން އެބަގެންދެއެވެ.

އިސޫ އަކީ ސީރިއާ އަށް ދިއުމަށް ތުރުކީ ބޯޑަރު ހުރަސްކުރަން އުޅެނިކޮށް ޑީޕޯޓް ކޮށްލި މީހެކެވެ. އޭނާގެ މައްޗަށް އެމައްސަލައިގައި ދައުވާ އުފުލި ނަމަވެސް ތުރުކީ ސަރުކާރުގެ ލިޔުމެއް ނުލިބިގެން ދައުވާ ފަހުން ބާތިލް ކުރީއެވެ.

އިސޫ އަކީ މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ފުރުގާން މިސްކިތްދޮށުގައި ހަރަކާތްތެރިވާ ޖިހާދީ ފިކުރުގެ ޖަމާއަތުގެ މެންބަރުންގެ ތެރޭގައި ހިމެނޭ ކަމަށް ލިސްޓް ކޮށްފައިވާ މީހެކެވެ. އަދި އޭނާ އަކީ 2011 ވަނަ އަހަރު ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ބޭއްވި މުޒާހަރާ އާއި ދެކޮޅަށް ނިކުތް މީހެއް ކަމަށް ވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ެަަަައިސޫ

    ސަރު ކާރުން މިހުންގެ ސަމާލުކަން ހޯދަން އުޅޭ އުޅުމެއް.

    134
    3
  2. އަލީ

    ބަލަގަ އޮޅުވާ ނުލައްޔާ! މިހާރު ތި ކުޅުއްވަނީ މީހުންގެ ފިކުރާ އިނގޭތޯ. މިނިވަން ފިކުރެއް ނޫން އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކޮށް އިސްލާމް ދީނަށް ހަޖޫ ޖަހައި މީހުންގެ ފިކުރު އިނގޭތޯ.

    170
    6
  3. ފފފފފ

    މިނިވަން ފިކުރެއް ނޫން. އެއީ އިސްލާމް ދީނާ ދެކޮޅު ފިކުރު ކިޔާ.. ޒާތްޒާތަށް ނަން އޮޅުވާލައިގެން، ލާދީނީ ނުކިޔަންވެގެން މިހާރު މިކިޔަނީ މިނިވަން ފިކުރު. އަހަރެމެން ނިކަން ރަނގަޅަށް ދެނެހުރިން ތިއީ ޒައިނިސްޓުން ނެރުނު ފިކުރެއް ކަމަށް. ތިޔަށް ކިޔަނީ އެތިޒަމް. ބުއްދިއެއްނުވާ ޖަނަވާރުން ގޮތަށް އުޅޭ ފިކުރު.

    111
    3
  4. ޒަމީރު

    އެތީސްޓުންނާ ދެކޮޅު ފިކުރޭ ލިޔެބަލަ... މި ނޫސްތަކުންވެސް އޮޅުވާލުމަށް އެކިއެކި ނަންދީ ވާވައްދަނީ.. ﷲ އަށް ބިރުވެތި ނުވާ ހަވާނަފުސުގެ ފިކުރޭ ކިޔަސް ރަނގަޅުވާނެ.. މިއީ ޝައިޠާނާގެ އައުވާނުން ގެނެސްގަންނަ ޖާހިލިއްޔަތު. ވަލުޖަނަވާރުގެ އުސޫލުތައް.. އަމައެއް ބަފައެއް ދަރިއެއް ނެތި ޖިންސީ ގުޅުން ހިންގާ ފިކުރު... އަންހެނުން 4 މީހުންނާ އިނދެގެން އުޅޭ ފިކުރު..

    84
    3
  5. Anonymous

    މިހުންގެ ސަމާލުކަން ހޯދަން އުޅޭ އުޅުމެއް.

    72
    5
  6. ހުދުހުދު

    މިނިވަން ފިކުރަކީ ކޮބާތަ؟ ރީތި ކޮށްލަން ދޯ
    މިނިވަން ފިކުރޭ ތި ކިޔަނީ. މަށް މާނަ ކުރެވެނީ ލާދީނީ ފިކުރު. މި
    ލާދީނީ ސަރުކާރުން ވަރަށް ފޯރި އެބަހުރި މިތާ ލާދީނީ ފިކުރު ބާއްވަން. މުސްލިމު ދިވެހިން މީ. މަޑުންް ނުތިބޭނެ ކަން ހަދާން ބަހައްޓާތި

    91
    2
    • މޫސަ89

      މީނައެކަނިތަ ގެއްލިފައިވަނީ ކިތައްމީހުންގެއްލިވައިވޭތަ ކީއްވެތަ އެހެންމީހުން ހޯދަންނޫޅެނީ ބަލައެއްނުގަނެވޭތިކުރާ ކަންތައްތަކެއް ކަނޑައެޅިގެން ސަރުކާރާއި އެމްޑީޕީން ހިންގާ ބޮޑު ޕޮރޮޕަގެނޑައެއްތިއީ ދިވެހިރައްޔިތުން ގަބޫލުކުރާކަމެއްނޫން ތިކަމަކީ

      27
      2
  7. އިސްލާމީ ފިކުރު

    ކޮންމިނިވަންފިކުރެއް. ފާހިޝް ކަންކަން ނުހިންގިގެން ތިއުޅެނީ މިބިމުގަ...ދިވެހިން ސަމާލުވާން އެބަޖެހޭ މިކަމަށް....

    56
    2
  8. ކިނބޫފެކްޝަން

    މުޖޫނައީމު ބުނިތާ ދެނެއް ނުހުއްޓުވޭނޭ ސުއޫދުމެންގެ "މިނިވަންފިކުރާ" ދެކޮޅަށް ވައްކަޅިން ބަލާލިޔަސް ނިމުނީ.

    44
    1
  9. އިބޫ ހުޅުމާލެ

    އަހަރެން ހަމަ ހައިރާންވޭ "މިނިވަން ފިކުރޭ ކިޔާތީ'' ކޮން މިނިވަން ފިކުރެއްތަ އެއީ ކޮންތާކުން އުފެދިގެންއައި އެއްޗެއްތަ، ކީއްވެތަ ނުކެރީ އިސްލާމްދީނާއި ދެކޮޅު ފިކުރޭ، ނޫނީ ޢައިރު މުސްލިމް ފިކުރޭ ކާކު ހިތްހަމަ ޖައްސަންތަ މިނިވަން ފިކުރޭ ތިކިޔަނީ ކިހައި ދެރަކަމެއްތީ.. އަހަރުމެން މުސްލިމުންގެ ފިކުރާއި ކުޅެންނޫޅޭ، ހަމަ ބުނެވޭނީ މީ ފިކުރީ ހަނގުރާމައޭ...

    56
    1
  10. Anonymous

    ހުސް ޑްރާމާ.. ރައްޔިތުން ގަޅި ހެއްދުން ކަމަކީ. ރިޟުވާނުގެ އާއިލާއަށް މަލާމަތްކުރުން މިއީ.

    48
  11. ޢަބޫ ނިއާމް

    ތިޔަޢީ މިނިވަން ފިކުރެއް ނޫން. ތިޔަފިކުރަކީ ލާދީނީ ފިކުރު. ޢަންނި ގެފިކުރު. ތިޔަ ފިކުރައް ކިޔަންޖެހޭ އެންމެ ހެޔޮ ނަމަކީ ކެނެރީގޭ މުހައްމަދު ނަޝީދު ގެ ލާދީނީ ފިކުރު

    51
    2
  12. ފައިވާން

    "ރިޟްވާންގެ އޮޕަރޭޝަން މިއަދު ކަނޑުމައްޗާއި އެއްގަމުގައި ވެސް ކުރިއަށް ގެންދޭ". އެހެންޏާ މީސްމީހުންގެ އޮޕަރޭޝަން ކުރަނީ ހޮސްޕިޓަލުގަ ނޫންތަ.

    54
    1
  13. ޝަހިންދާ ބިންތި އިބުރާ

    އެތިސްޓުންގެ ގެތައް ތި ގޮތަށް ފާސް ނުކުރަނީ ކީތްވެބާ؟ މީ އިސްލާމީ ޤައުމެއެއް 100 ޕަސެންޓް. ދެން މިހާރު ވަރަށް ޑްރާމާއަކާ ވައްތަރު. 02 ފެކުޝަން އުފެދުނީމަ ސަމާލުކަން އެހެން ދިމާއަކަށް އަބުރާލަނީ ބާއޭވެސް ހިތައް އަރާ. ކެނެރީގޭ ކައްޒާބުގެ ގެ ފާސްކޮށްބަލަ. ލައްކަ އެއްޗެހި ފެންނާނެ.

    27
    1
  14. ޙާފިޘު

    ތިޔައީ މިކުޅޭ ފިލްމުގެ އެޕްސޯޑެއް! ތިޔައީ ސަމާލުކަންހޯދަން ހިންގާ ޖަރީމައެއް! ތިކަން ބަލައެއްނުގަނެވޭ!

    31
  15. Anonymous

    މިނިވަން ފިކުރާއި ދެކޮޅު މީހެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) ގެ ގެއަށް ފުލުހުން ވަދެ އެގެ ފާސްކުރަމުން އެބަގެންދެއެވެ.
    ވިނިވަން ފިކުރަކީ މުރުތައްދު ފިކުރު
    އިސްލާމް ދީނުގައި ނޯވޭ މިނިވަން ފިިކުރެއް

    24
    1
  16. ފފފ

    މިޔަދު ހޯދަނީ ރިޟުވާނުގެ ބޮޑީތަ؟

    25
  17. Anonymous

    މިއީ ގޭސް އެނބުރުން. ކަމެއް މާ ބޮޑުކަމެއް ވެގެން ނުވަތަ ކުރަން އުޅޭނަމަ ރައީސްބެ ކެމްޕޭން ދަތުރެއް ނުކުރާނެ.. އެންމެ ކުޑަމިނުން ކަންކަން ހިނގާގޮތް ބަލާލަން މަޑު ކުރީސް.

    21
  18. ހުސޭނުބޭ

    ހަނދާއި މާސް ތަރިޔާ ހިސާބަށް ތި ޚާއްޞަ އޮޕަރޭޝަން ފުޅާކުރައްޗޭ! އޭރުން މީހުންނަށް އެގޭނެ އެބަ ކަމެއް ކުރާކަން!

    20
  19. އަންނި

    ތިޔަކަމާއި އަސްލު ގުޅުން ހުރި މީހުން ހައްޔަރު ކޮށްބަލަ...ފާޑު ފާޑުގެ ޑުރާމާ ނުކުޅެ.

    27
  20. ވައި

    ވައިގެ ތެރޭގަ ނުޖައްސަންތަ!

    26
  21. ސިޑް

    ބިގުމޭން ފާސްކުރަން ވަނީ އެހެންމީހެެްގެ ނަމުގަ އޮއްްްް ހުއްދަ އެއް ހިފައިގން

    17
    1
  22. އަހުމަދު

    ކަން ވާކަން ދެއްކެން އުޅޭސަރުކާރެއް.

    18
    1
  23. Alibe

    ވައިގެތެރޭގަވެސް ތިޔަ އޮޕަރޭޝަން ހިންގަންވީނު. ކުއްލިއަކަށްތޯ މިހާރު ހުރިހާކަމެއް ފެންމަތިވީ. ވ ސަޅިގޭމެއް. ރައްޔިތުންގެ ފޯކަސް ބަދަލުކޮށްލަން.

    21
    1
  24. މާކަނާޅިޔަންބެ

    މިމީހުން މިއުޅެނީ ޤައުމުގެ އަމާންކަންނަގާލަންވެގެން މިފަހަރު މިބައިގަނޑު މިތާނގަ ދެފިކުރު އުފައްދާނެ އެއީ ލާދީނީފިކުރާއި ހަރުކަށިފިކުރު އެކަމަކު އަހަރެމެންދިވެހިން ހުސްނުއްސޫދުގެ މިނިވަން ލާދީނީފިކުރާ ދެކޮޅުކަން ހަނދާންކުރާތި

    16
    1
  25. އިބްރާހިމް

    ތިޔަފެންނަނީ 43 މިލިޔަން ރުފިޔާގެ މަސައްކަތް.ގޮތްދެއްކުން. ކާފިރުން ކިތައްމެ ރުޅިއަޔަސް މި އިސްލާމްދީން މިބިމުންފުހެވިގެންނުދާނެ.އަދުއްވުން ބަލިވެނިކަމެތިވަމުން ގޮތްހުސްވެގެންމިދަނީ

    20
    1
  26. ރަބާ

    ސަޅި ގޭމެއް!

    11
    3
  27. އަބުލޯ

    މީ ކިތައް މިލިއަން ރުފިޔާ ހަރަދުވާ ޕުރޮޖެކުޓެއްބާ

    8
    2
  28. ޢައްޑު

    ޢަންހެންރަނޑުންގާޒީކަމަށްލާފާގޭމްކެނެރީމުނާފިޣު

    8
    1
  29. އިބޫ

    ކެނެރީގޭ ބުއްދާ ހަދާންކުރާތި ދުވަހެއް އަންނާނެ ކަލެޔަށް ޖާވާބުދާރީވެވޭނެބާ އެދުވަހަކުން. ބޮޑުލާދީނީ ބުއްދާގަނޑު.

    5
    2
  30. ބާޝާ ބާއީ

    ޗަންދުރަޔާން 2 ބޭނުން ކޮއްގެން ވައިގެ މަގު ވެސް ބަލާ ފާސް ކުރަން ވާނެ

    6
    1
  31. އެންދެރި

    ދީނީ މިނިވަން ކަން ހޯދަން ނިކުތް މީހުންގެ މައުލޫމާތު ހާމަ ކުރަން ވީއެވެ.

    4
    1
  32. ވާނުވާ.

    މިނިވަން ފިކުރެއްނޫން.ލާދީނީ' ލާގައުމީ' ލާމަރުކަޒީ..

    3
    1
  33. ިކިނބޫފެކްޝަން

    ބަލަ މަމިބުނަނީނު މީހަކު ހައްޔަރެއް ނުކުރާނޭ. ގަންޖާ ފެކްޝަންގެ މުރުތައްދުން ހައްޔަރު ކުރާނެހެން ހީވޭތަ؟ ކަމެއް ކުރާކަން ދައްކާލަނީ. ސަޕްލިމެންޓްރީ ބަޖެޓް ވަގަށް ނަގަން ވަގުތު ހޯދަނީ ވަގުންތައް

    1
    1
  34. ރެކިފުތާ

    ބަލާފާސް ކުރަން އަދިވެސް ތަންކޮޅެއް އަވަސް. ހުރިހާކަމެއް ހާމަކޮށް ފޮރުވާނެ އެއްޗެއް ފޮރުވާ ތުބުނޅި ބާލައި ހަދަންވެސް ފުރުސަތު ދީ އަދި ވިޔަފާރިތައްވެސް އެހެން މީހުންގެ ނަމަށް ބަދަލުކުރީމަ ފާސްކުރުން ރަނގަޅުވާނެ.

  35. މިގޭ

    ޑްރާމާ ހާދަހާ އަވަހަކަށޭ ނިންމާލީ. ކިތައް އެޕިސޯޑުތޯ ؟ މަމެން މިތިބީ ޑްރާމާ ބަލަން ރެޑީވެގެން.