ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރި ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މީދޫއަށް މިއަދު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ރައީސް ޞާލިހްގެ މިދަތުރުފުޅުގައި މީދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީދޫއަށްފަހު ރައީސް ޞާލިހްގެ މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ރ. އަލިފުށްޓަށެވެ. ރައީސް އަލިފުށްޓަށް ކުރައްވާ މި ޒިޔާރަތުގައި އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ރ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

އަލިފުށްޓަށް ރައީސް ކުރައްވާ މިދަތުރުފުޅުގައި އެރަށު ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އިކްލީލާ

  ތިރަށަށް އަރާފަ ސިއްސައިގެން ނުދޭތަ؟

  13
  • ނިހާން09

   ސިއްސައިގެން ދާން އެރަށުގަ ބޮން ގޮއްވަނީތަ؟؟؟؟

 2. Anonymous

  މުޅި ގައުމު އެލާޓުގަ. ރައީސް މީހާއަށް ވާކަމެއްނޫން. މިއީ އަޅެ ކީއްކުރަން ބޮޑު މުސާރަދީފަ ރައްޔިތުންގެ ފައިސާއިން އިސްރާފު ކުރަން ހުރި މީހެއް؟

 3. Anonymous

  ބޭރުގައމުތަކަށާއި ރާއްޖެތެރެއަށް ދަތުރުކުރުންފިޔައވައި އެހެންކަމެއް މިރައީސަށް ނުކުރެވޭ، ގައުމަށްބޭނުންވާ އެއްމެއަސާސީ ތަރައްގީއެއްވެސް ކުރެވޭތަނެއްނުފެނޭ، ގައެމުއްހިންގާނެ ގާބިލުކަމާއި ޙިކުމަތްތެރިކަންނެތީމަ އިސްތިއުފާދީފަ ދުރަށްދޭ، މަކަރާއި ރިޝްވަތުގެ ޖަރީމާއިން ރައީސުކަމަށް އަރާފަހުރެވެސް ގައުމަށްފައިދާވާނެކަމެއް ކޮށްދެންޏާވެސް ރަނގަޅު،