މާލޭގައި ހަދަމުމުން ދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ. އިމާރާތުގެ މަތިން ވެއްޓިފައި ވަނީ ބިދޭސީއަކު ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ މިއަދު 10:45 އެހާކަން ހާއިރު ރައްދެބައިމަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހަދަމުން ދާ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭނާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

(ތަފްސީލް އަންނަނީ)