އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ހޮނިހިރު ދުވަހު ހަތް ގަޑިއިރަށް ކަރަންޓް ކަނޑަން ފެނަކަ ކޯޕަރޭޝަންއިން ނިންމައިފިއެވެ.

ކަރަންޓް ކަނޑަން ހަމަޖެހިފައިވަނީ 14 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 16:00 އަށެވެ.

ފެނެކަ އިން ބުނެފައިވަނީ މި ދެންނެވި ވަގުތުގައި ކަރަންޓް ކަނޑަން ހަމަޖެހިފައިވަނީ ކޭބަލް ނެޓްވޯކުގެ މަރާމާތަކަށް ކަމަށެވެ.

ކަނޑައެޅިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވިއްޖެނަމަ 7 ގަޑިއިރުވުމުގެ ކުރިންވެސް ކަރަންޓު ފޯރު ކޮށްދެވިދާނެކަމަށް ފެނެކަ އިން ބުންޏެވެ.

އައްޑޫ ސިޓީއަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ފެނަކައިގެ ނެޓްވޯކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުން ފެށިގެން ދަންވަރު އެކެއް ޖެހުމާއި ހަމައަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ދިމާވެފައެވެ. އެދުވަހު ގިނަ ރައްޔިތުންގެ އަގުބޮޑު އިލެކްޓްރޯނިކް ސާމާން ވަނީ ހަލާކުވެފައެވެ.

ފެނެކައިން ވަނީ ކަރަންޓް ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތު ތަކުގައި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފައް އެދި ރައްޔިތުންގެ ފަރާތުން އެކަންކަމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު