މިމަހުގެ 9 ވަނަ ދުވަހު ގދ. ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލްގެ ދަރިވަރުންނަށް ނާސްތާއެއްގެ ގޮތުގައި ފޯރުކޮށްދެވުނު ތަކެތީގައި އެއްވެސް މައްސަލައެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން މިގޮތަށް ވިދާޅުވެފައި ވަނީ، އެ ސްކޫލުގެ ދަރިވަރުންނަށް ދިން ނާސްތާއިން ފުޅަތަކެއް ފެނުނު މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައެވެ. ފުޅަަ ފެނިފައިވަނީ ނާސްތާގެ ގޮތުގައި ދިން ސޭންޑުވިޗެއްގެ ތެރެއިންނެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ، ދައުރުވަމުން ދިޔަ ވީޑިއޯއަކީ ބައެއް މުވައްޒަފުން ނާސްތާ ނަގަމުން ދިޔަ ވަގުތު އެބޭފުޅުންގެ ނާސްތާއިން ނެގި ވީޑިއޯއެއް ކަމަށް އެބޭފުޅުން ވިދާޅުވާކަމަށާއި އަދި ވީޑިއޯ ނަގާފައިވަނީ ނާސްތާ ނިމުނުތާ ދެ ގަޑިއިރު ފަހުން ކަމަށެވެ.
"ކުދިންނަށް ސަޕްލައި ކޮށްފައިވަނީ ހެނދުނު 06:35ގައި، ތާޒާކަން ކަށަވަރުކުރާ ކޮމިޓީން މިންގަނޑަށްފެތޭކަން ޔަގީން ކޮށްފައިވޭ، ނާސްތާ ނަގާފައިވަނީ 7:25ގައި، އެތަކެތި ސްކޫލުން އަނބުރާ ގެންދިޔައީ 7:45ގައި” މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިނިސްޓްރީން ވިދާޅުވީ، ދަރިވަރުންނަށް ހެނދުނުގެ ނާސްތާއަށް ފޯރުކޮށްދެވޭ ތަކެއްޗަކީ، ތާޒާ، ސިއްހީގޮތުން ފައިދާ ހުރި ތަކެތިކަން އަބަދުވެސް ކަށަވަރު ކުރަމުން ގެންދާނެ ކަމަށެވެ.
އެގޮތުން ނާސްތާދެވޭ ސްކޫލްތަކުގައި އެކަން ކަށަވަރު ކުރުމުގެ ގޮތުން ދެވޭ ނާސްތާގެ ތާޒާކަން ކޮންމެ ދުވަހު ޗެކްކުރުމާއި ދިމާވާ އެހެނިހެން ކަންކަން ހައްލުކުރުމުގެ ގޮތުން ސްކޫލްތަކުގައާއި އެ މިނިސްޓްރީގައި އުފައްދާފައިވާ ކޮމެޓިތަކުގން ނާސްތާގެ އެހެން ކަންކަން ދުވަހުން ދުވަހަށްވެސް ބަލަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެ މިނިސްޓްރީން އަންނަނީ ނާސްތާ ޕްރޮގްރާމް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ފާހަގަކޮށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރަމުންނެވެ.
ދަރިވަރުންނާ ގުޅޭ މިފަދަ މުހިންމު ކަންކަމުގައި ކަން ހިނގާފައިވާގޮތަށް ނުބަލާ ޒިންމާދާރުކަން ކުޑަ ގޮތަކަށް މީޑިއާގައި މައުލޫމާތު ފަތުރަމުންދިއުމަކީ އެ މިނިސްޓްރީން ނިހާތަނަށް ހިތާމަ ކުރާ ކަމެއްކަމަށާއި މާތް މަގްސަދެއްގައި ކުރެވޭ ކަމަކަށް ބެލެނިވެރިން ކުރާ އިތުބާރު ގެއްލިދާފަދަ އަމަލުތައް ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެޑިޔުކޭޝަނަކީ ދޮގު ހެދުމުގައި އަރާއޮތް ތަނެއް. ތިއީވެސް ވާނީ ދޮގަކަށް.
ޕާސްޓަށް ގޮސް އެދުވަހު ހުރި އެއްޗެއްހި ބަލާ ކައި ހެދީތަ؟
މުއައްޒަފުންނަށްވެސް ނާސްތާ ދޭތަ؟
ކޮންކަށަވަރެއްވާނީ ނަޑެއްލާސްކޫލު ޕުރިންސިޕަލް ބުނީ ނާސްތާ ތައްޔާރުކުރަންޖެހޭވަގުތެއް މިނިޝްޓަރީން އަންގާފައެއްނޯންނާނެޔޯ ފަސޭހަވަގުތަކު ހަދާލީމަ ރަނގަޅުވާނެޔޯ
dhen ަavahަ ޮolhuvaalanެ kameh neh. h
ދުވަހަކުވެސް ތެދެއްނުހައްދަވާނެ. ބަލަގަ ނާސްތާ ދެއްވީ ދަރިވަރުންނަށް.
ދޮގެއް ހެދެން އޮތިއްޔާ ދޮގެއް ހަދާތި؟ އެކަމަކު އަދި ތިޔަކަމަށް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އޮތްކަން ހަނދާން ބަހައްޓާތި! ސުކޫލުގެ ޕްރިންސިޕަލް އެބުނަނީއެ ކުދިންނަށް ގެނައި ނާސްތާއިނޭ ފުޅަފެނުނީ. ސުކޫލުތަކުގެ ޓީޗަރުންނަށް މިނިސްޓަރީން ނާސްތާއެއް ނުދޭ. ޓީޗަރުން ކަނީ ދަރިވަރުން ކައި އިތުރުވެފަ ހުންނަ ނާސަތާ. އެހެންވީމާ އެނާސްތާއަކީވެސް ދަރިވަރުންނަށް ގެނައިނާސްތާއިން ނެގުނު އެއްޗިހި. ދެން ކޮން އޮޅުވާލުމެއް އޮޅުވާލާކަށް. ދެން އަވަހަކަށް މައުލޫމާތު ފޯރުކޮށްދިން ޓީޗަރުންނާއި ޕްރިންސިޕަލަށް ފިޔަވަޅުއަޅާ އޭރުން އެ އޭގަ ނެތްފުޅައަކަށްވާނެ.
ޓީޗަރުން އިންސާނުންނށް ނުވަނީތޯ؟
ފުޅަ ވާނީ ފުޅަ އަށް