ގދ.ތިނަދޫގައި ފާޅުގައި އިސްލާމް ދީނާ ދެކޮޅަށް ނިކުތް މީހާއަށް އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މިޑީއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ.

"ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަ އަދި ފުރައްސާރަ ކުރި މީހާއަށް އިންޒާރު ދިން މައްސަލަ ދެ މައްސަލަވެސް ފުލުހުން ބަލަމުން ދަނީ". އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމް ދީނާއި ދެކޮޅަށް އެރަށުން ނުކުތް މީހާ އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވާއިރު، އެރަށު ޒުވާނުންތަކެއް އޭނާއާ ދެކޮޅަށް ނުކުންްނަންވެސް އިއްޔެ ނިންމިއެވެ.

އަދި އެ މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާއަކީ މީގެ ކުރިން ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ ޒުވާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނަމަނަމަ

  އިންޒާރު ދިން މައްސަލަތަ އަދިވެސް ބަލަންވީ އޭނާއަށް ނަސޭހަތް ދީ ކުފުރުން ސަލަމަތްކުރެވެތޯ ބެލިއްޔާ މާ ރަގަޅުވާނެ ތޯއްޗެ

  52
  5
 2. ތިނަދޫ

  އަދިވެސް އިންޒާރު ދިނީމަ އިންޒާރުދިން މައްސަލަ ދޯ ބަލަނީ. ބަލަ އިންޒާރު ދިނީ މިސްކިތު ސަޖިދާގަ އޮއްވާތަ؟ ލެންޑީމަ ލަންޑާވާހަކަ ބުނާނީ، ލެންޑީ ކީއްވެކަމެއް ނުބަލާނެ.

  50
  4
  • ޢަފީ

   އިންޒާރު ދިން މައްސަލަ ބަލާނަމަ އިންޒާރު ދިންމީހާގެ ބަންދަށް 15 ދުވަސް ޖަހާނީ.ދީނާ ދެކޮޅަށް ނުކުތް މީހާ ގެ ބަންދަށް 15ދުވަސް ޖަހާނީ އޭނަގެ މއްސަލައެއް ބަލާތީ.

   19
   3
 3. ހުސެން

  ތިޔަށް ކިޔާނީ ރަޑޭ ރަޑޭ،ބަލަަގަ ދިވެހި ރައްޔިތުން ދެކޮޅު ހަދާނެ އިސްލާމްދީނާ ދެކޮޅު ހަދާ ކޮންމެ މީހަކާ އެވަރިހަަމަ ނަޟީދަކަސް،ކޮން އިންޒާރެކޭ ތި ކިޔަނީ،ލާދީނިއްޔަތާ ދިވެހިން ދެކޮޅުކަން ނުހުއްޓުވޭނެ

  46
  3
 4. ޙަސަނާ

  އިސްލާމް ދީނަކުނޯވޭ ދީނަށްގުރައްސާރަ ކުރާމީހަކު މަރަން އިނަޒާރުދޭކަށް. ޜުޅިއަޔަސް ދީނުގަނެތްކަމެއް ދީނީކަމަކަށް ނެހެދޭނޭ. މީހަކަށް މަރުގެ އިނަޒާރު ދިނުމުން އެކުރެވޭ ފުރައްސާރަ މާބޮޑު. ޢެމީހަކީވެސް އިސްލާމްދީނުގަ ހުރިމީހެއްނޫން.