ގދ. ތިނަދޫގައި އިސްލާމް ދީނާއި ދެކޮޅަށް ފާޅުގައި ނުކުތް މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިސްލާމް ދީނާއި ދެކޮޅަށް ނުކުތް މީހާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށެވެ.

އަދި އެ މީހާާއަށް އިންޒާރު ދިން މައްސަލަވެސް ފުލުހުން ބަލަމުންދާ ކަަަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެެވެ.

"ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަ އަދި ފުރައްސާރަ ކުރި މީހާއަށް އިންޒާރު ދިން މައްސަލަ ދެ މައްސަލަވެސް ފުލުހުން ބަލަމުން ދަނީ". އޮފިޝަލް ވިދާޅުވިއެވެ.

ދީނާ ދެކޮޅަށް ނުކުމެފައި ވަނީ ރުޝްތުމް ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާއަކީ މީގެ ކުރިން ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ ޒުވާނެކެވެ. އެގޮތުން އޭނާގެ ޓްވިޓާ އެކައުންޓުގައި ދީނާއި ދެކޮޅަށް އެއްޗެހިތަކެއް ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަމާލު

    ތިވީ މާދެރަ ގޮތެއް. ދެމައްސަލަ އެކުގަ ބަލަމުން ބަލަމުން ދަނިކޮށް ފަހު މައްސަލަ ކުރިއަރާާ، ކުރީ މައްސަލަ ފަސްވެދާނެ. ދެން ކުރީމައްސަލާގައި ދައުވާ ލިބޭފަރާތަށް ނަފްސާނީ ބަލިމަޑުކަމެއްޖެހި އޭނާއަށް ބޭސް ކުރަން ޖެހިދާނެ. ބޭސްވެރިކަން ނިމޭއިރު ތަޖުރިބާ ކާރަކަށް ބަދަލުވެ، މާމަތީމަޤާމަކަށް ޢައްޔަނުވެ ވާހަކަ ނިމިދާނެ. ވަރަށް ސަލާމް

    14
    1