އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް މިއަދު ރައީސް އޮފީހުން ހުޅުއްވާލައިފިއެެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެކަށް އެދި ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށެް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތޮފާގެ މުއްދަތު 24 ނޮވެންބަރު 2019 އަށް ހަމަވާތީއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސް އޮފީހުގެ ވެބްސައިޓްhttps://presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.