މަޖިލީހުގެ ތެރޭގައި ބައެއް މެމްބަރުން ހަރަކާތްތެރިވަނީ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން މަޖިލީހަށް ވަންނަން ދިއުމުން ސިފައިން ހުރަސް އަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭޓުން އެ މެމްބަރުންނަށް ވަދެވުނު ނަމަވެސް މަޖިލީހުގެ އިދާރީ ބަޔަށް ވަންނަން މަސައްކަތް ކުރުމުން ސިފައިން ވަނީ އެ މެމްބަރުންނަށް ހުރަސް އަޅާފައެވެ.

މަޖިލީހަށް ވަންނަން ދިޔަ އިދިކޮޅު މެމްބަރުން ވިދާޅުވީ އެ ބޭފުޅުން މަޖިލީހަށް ދިޔައީ މަޖިލިސް އަލުން ހުޅުވާނެ ދުވަހެއް ސާފުކުރުމަށް ކަމަށެވެ. މަޖިލީހުގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި ނަމަވެސް މަޖިލިސް ފެށޭނެ ދުވަހަކާ ގުޅޭގޮތުން ރަސްމީގޮތުން މަޖިލީހުގެ އިދާރާ އިން ޖަވާބެއް ދެއްވާފައި ނުވާކަމަށްވެސް އެ މެމްބަރުން ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާފައި ފަށަން ޖެހޭނެއެވެ.

އެގޮތުން މި އަހަރުގެ ފުރަތަމަ ޖަލްސާ މިދިޔަ ހޯމަ ދުވަހު ބާއްވަން ތާވަލުކޮށްފައިވަނިކޮށް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާ ކެންސަލްކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަޖްލިސް ހުޅުވީމާ ވަންނަވާ! ނޭއްގާނީކަން ނުދައްކަވާ ޢިއްޒަތްތެރި މެމްބަރުންނޭ!

  2. ޒަޢީމާ / ހުޅުމާލެ

    ބޭނުމަކީ ކޮންމެހެން މަޖުލިސަށް ވަނުމެއްނޫނެވެ. ބޭނުމީ މިޤަވްމުގެ ރައްޔިތުން އަމާންކަމުގަ ތިއްބަ ނުދިނުމެވެ.

  3. ވަރަށް ވިޔާނުދާ ގޮތެއް ފޮތެއް ނެތް އަޚްލާޤު ސުމެއްގެ މެމްބަރުން ތަކެއް ތިއީ.

  4. ނަޒަރު އެމް ޑީ ޕީ މީހާ

    އެމް ޑީ ޕީ މީހުން ވެސް ރުޅި އާދޭ ޢަންނި އުޅޭ ވައްތަރު ފެނިފަ މިހާރު.... މޮޔަ ވެގެން ވިއްޔާ ޢުޅެނީ ..ތިމާޔަށް ނުކުރެވުނު ވެރިކަމެއް އެހެން މީހަކު ރަންގަޅު ގޮތުގަ ކުރާތީ ޖޭ ވެގެން ...

  5. މަޖިލިސްކުރާގެ އިއީ ޕަބްލިކް ޓޮއިލެޓެއްތަ؟ ކަލޭމެން މެންބަރުންގެ އަޚުލާޤުގެ ކަންފުޅެއްވެސް ހުންނާކަށް ނުޖެހެނީތަ، ތިޔަކީ މައިންބަފައިގެން ތަރިކަ މުދަލެއްނޫން