ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ދަތުރު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓަރ ޝާހިދު މި ދަތުރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 އިން 20 އަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ހިޒް އެކްސެލަންސީ މރ. ވާންގް ޔީ ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިއީ 17 ނޮވެމްބަރު 2018 ގައި ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވިފަހުން މިނިސްޓަރ ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ޗައިނާގެ ނައިބު ރައީސް ހިޒް އެކްސެލަންސީ މރ. ވަންގް ގީޝާންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޗައިނާގެ ޚާރިޖީ ވަޒީރު މރ ވާންގް ޔީ އާއިއެކު ދެޤައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ.

އަދި ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ 'ވަން ޗައިނާ' ޕޮލިސީގައި ހިފަހައްޓައި، ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް'ގެ ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސެއިޚް އިލްޔާސް ސެއިހް

    ޔާމީން ކުރިމާ ދޯ ކަމުނުދަނީ

    13
    1
  2. އަބުއްﷲ

    ގޮތް ހުސްވި

    13
    1
  3. ރައުދާ

    މިއޮއްހާދުވަހު ޗައިނާސަރުކާރަށް ބަވާފަ ޗައިނާގެފައިބުޑަށް ވެއްޓެން ކަލޭ ލަދުކޮބައި. އިންޝާއަﷲ ޗައިނާގެ އެއްވެސް އެހީއެއް ނުލިބޭނެ! އިންޑިޔާއިން ދަޅަދައްކާ ކަމެއްކޮށްނުދިނީމާ ހަމަ އެންމެފަހުން ޗައިނާގެ ފައިބުޑަށް! ގޮތެއް ލަދެއް ހުރިނަމަ އިސްތިޢުފާދީ!

    14
  4. ސްމާރޓް

    ޝާހިދު ޗައިނާއާއި ގުޅުންބަދަހިކުރޭ ވަރައްބޮޑައްފައިދާކުރާނެ އިންޑިއާ ގޯނިފުލައްލާފަބާއްވާ

  5. ގަމާރު

    އިރާދަ ކުރެއްވިއްޔާ ޗައިނާއިން ނުދޭނެ އެކައްޗެއްވެސް..!

  6. ލޮލް

    އާދޭސް ކުރާވަރުން ބޮލާނުކުޅަދާނަވެގެން ގެންދަނީ..! މުނާފިގު ކަލޭގެ ރަނގަޅަށް ސައިޒުކުރާނެކަމަށް ފެންނަނީ..!

  7. ބާޝާ ބާއީ

    ޝާހިދު ހޯދާލަން ވިޔަސް ރާއްޖެ އިން ބޭރު ބުރެއް އަޅަން ޖެހޭނީ