އަނދިރި ދައުލަތެއްގެ ބާރު ދިވެހި ދައުލަތުގެ ތެރޭގައި ގަދަ ކުރަމުން ގޮސް ދިވެހިންގެ ތެރެއަށް ވަދެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިއަށް ގެންދާ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، ދިވެހި ދައުލަތުގެ ތެރޭގައި ބާރުގަދަ "އަނދިރި ދައުލަތެއް" އުފެދެމުން އަންނާކަން ފާހަގަވާ ކަމަށާއި، އެކަމާއި ކަންބޮޑުވާ ކަމަށެވެ. ރާއްޖެ އިން ބޭރުގައި ކުރާ ހަނގުރާމަތަކަށް ދިވެހިން ދާ ސަބަބެއްކަމަށް ނަޝީދު ފާހަގަކޮށްފައި ވަނީވެސް "އަނދިރި ދައުލަތެއް" ހިންގަމުން އަންނާތީއެވެ.

ނަޝީދު ވިދާޅުވީ، ދިވެހި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް އުފައްދާ އެ އަނދިރި ދައުލަތުގެ ބާރު އެ ދިވެހި ދައުލަތުގެ މައްޗަށް ގަދަކުރުމުންދާ ކަމަށެވެ.

"އެތައް ދިވެހި ޒުވާން އަންހެން ދަރިންނެއް ވަނީ އައިއެސްގެ ހަނގުރާމަވެރިންނަށް ވިއްކާފައި. ރާއްޖެ އިން ގިނަ އަދަދެއްގެ ފަހުލަވާނުން އައިއެސް އަށް ފޮނުވުނީ ރާއްޖޭގައި އެ ޖަމާއަތުގެ ތަފާތު ހަރަކާތްތައް ހިންގިގެން". ނަޝިދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، 2013 އިން 2016 އާއި ދެމެދުގައި 26 އަށްވުރެ ގިނަ މީހުން ވަޅިޖަހާ މެރި ކަމަށެވެ. އަދި އެ މަރުތައް ހުރީ އަނދިރި ދައުލަތްތަކުގެ މަރުތައް ހުންނަ ގޮތަށް ކަމަށް ކަމާއި ބެހޭ މާހިރުން ބުނާކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި އެމީހުން މަރާފައިވަނީ މަރާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ކަމަށާއި އެ އިންޒާރުތައް ހުންނަނީ ހަރުކަށި ޖަމާއަތްތަކުގެ ފަތުވާތައް ހުންނަ ގޮތަށް ކަމަށެވެ.

"އަނދިރި ދައުލަތުގެ ފިކުރުތަކާއި ހުށައެޅުންތަކާއި ދެކޮޅަށް ބަސްބުނާ މީހުން އެ ދައުލަތުގެ ފަރާތުން ފާހަގަ ކުރޭ ބަސްބުނާ މީހުން އެއީ ދީނާ ހިލާފު މީހުންކަމުގައި ނިންމާ، އެމީހުން މަރަން ވެއްޖެކަމުގެ ހުކުމް ނެރެނީ ދީނުގެ ނަމުގައި، އެންމެ ފަހުން ފެންނަނީ މަރާލާފައި ވަނިކޮށް ދަންނަ ބޭކަލުންގެ ގޮތުގައި ތިބެ ތަންފީޒު ކުރަނީ މާލޭ މަގުމަތީ ގޭންގްތައް. ގޭންގްތައް އެކަން ކުރަނީ ދައުލަތުގެ ބާރުތަކާއި ގުޅިގެން" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ވަކިހިއްޕާލާފައިވާ އަނދިރި ދައުލަތް އެއްކޮށް ރޫޅާލަން ޖެހޭ ކަމަށް ކުރިންވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މުހައްމާ

    ދިވެހިދައުލަތް އިސްލާމީ ދައުލަތަކަށް ވެދާނެތީވެ ލޮލަށް ލޭއެޅިގެން އުޅޭ ބުރާންޗެއްތި ، ތިބައިގަޑު ނެތިކުރަންވީ ........

    46
    1
  2. ރައްޔިތުމީހާ

    ކޮބާ ތޯ ތިޔަ ބުނާ އަދިރި ދައުލަތީ ތިޔައީ އަދި މުޅިން އަލަށް މިހާރަކަށް އައިސް އެމްޑީޕީ ނަޝީދު ބޭނުންކުރާ އަތްމަތީ ބަހެއް. މިޤައުމުގައި ވާ އިސްލާމް ދީނަކީ ތިޔަ ބުނާ އަދިރި ދައުލަތް ދެއްތޯ؟ އަހަރުމެން މިތިބީ މިޤައުމުން މިނިވަން ފިކުރު ފޮހެލަން އިންޝާﷲ ވަރަށް އަވަހަށް މިޤައުމުގައި ﷲ ގެ ޝަރިއަތް ތަންފީޒްކުރާނަން

    52
    1
  3. އަދިރި އަދިރީން

    އެހެންވީމަ މަނިކުފާނަކީ ކޮންދައުލަތެއްގެ ބޭފުޅެއްތޯ.. މިގައުމުގަ އެއްދައުލަތް އެއްސަރުކާރެ ވާކަމަށް އަހަރެމެން ގަބޫލުކުރަނީ.. މަނިކުފާނު ވެރިކަންކުރަމުން މިހާރުތިދަނީ އަދިރި ދައުލަގަދެއްތޯ.. އެހެންވެ ދެވެރިކަމެ މިފެންނަނީ..

    31
    1
  4. Alibe

    އަނދިރި ދައުލަތް ސާފުކުރުމަށް ފުލުހުންވެސް ވެއްޖެއެއްނު މިކަލޭގެ ފުލުސް އޮފީހަށް ހާޒިރުކުރަން. ދުވާލެ ދެދަޅައަށް ހިތުހުރި ވާހަކައެއް މިދައްކަނީ. ހިތުން ބޮޑުވަޒީރުކަން އެކުރަނީ.

    38
    1
  5. ލީމަން

    އަންނި ހިންގާ އަދި ހިނގުމަށް މަސަތް ކަތް މިކުރާ ދައުލަތަކީ ގާނޫނުގައި ލިޔެވިފައިވާ ދައުލަތެއް ނޫން.. ޕާލެމެންޓް ތެރޭގައި ވަކި ދައުލަތެއް ހަދައި، ޖިނާއީ ތަހުޤީގު ހިންގުމާއި ޝަރީއަތް ކުރުން، ވަޒީފާދިނުމާއި، ވަކިކުރުން، ބޭރުގެ ދައުލަތަގު ވެރިންނާއި ބައްދަލު ކުރުމާއި، އަހުދުނާމާކުރުން، ދައުލަތް ހިންގުމުގެ ޕޮލިސީ ކަނޑައެޅުމާއި، ތަންފީޒުކުރުން، ޕޮލިސް ސާވިސް ގެ ކޮންޓްރޯލް ޕާރލަމެންޓަށް ނެގުން މި އީ 3ބާރު ވަކިވެފައިވާ ޤާނޫނީ ދައުލަތުން މުޅީން އެކަހެރިކޮށް.. ހިންގާ ވަކި ދައުލަތެއް.. މިތަނަށް "ައަންނި" ދީގެން އުޅޭ ނަމަކީ އަދިރި ދައުލަތް..

    18
  6. އެލެކްސް

    އަދިރި ދައުލަތޭ ކިޔާފައި މިޤަމުގައި އިސްލާމް ދީނު ނަގާލާ މިނިވަން ފިކުރު ފެތުރުވިޔަކަ ނުދޭނަން އިންޝާﷲ. މިނިވަން ފިކުރުގައި އުޅެން ބޭނުމިއްޔަ ކަލޭ މީގެ ކުރީންވެސް ހިމާޔަތް ހޯދި އިގިރޭސީންގެ ގާތަށް ދާންވީއެއްނުން މި ޤައުމުން ކަލޭމެން ތިޔަ ފަތުރާ މިނިވަން ފިކުރު ފޮހެލާނަން އިންޝަﷲ އަދި ﷲ ގެ ހުކުމުން ހުކުމްކުރާނަން އިންޝާﷲ ﷲ ވާޤިފުޅާއިއެކު

    25
  7. އެންދެރި

    މީނަގެ ރިމޯޓް އޮތީ އިންޑިޔާ އަތުގައެވެ.

    20
  8. ބަރުގޮނު

    އަދިރިއަކަސް މަދިރިއަކަސް ބޭރު ބައެއްގެ ނުފޮރުއްޕާނާ ދުއްތުރާ މިޤަވްމަށް ފާކުރުވާނޭ ދިވެއްސަކީ ހަމައެކަނި ނަޝީދު.

    21
  9. ސަލީމް

    މިހާރު ކޮންމެހެން ރަޢްޔަތުންނަށް ސާފްކޮށްދެވެން ޖެހިފައިވާ ޢިބާރާތްތަކެއް:
    "އަނދިރި ދައުލަތް" .... ހުޅަނގުން އިސްލާމީ ދައުލަތްތަކަށް (ޑާކްރެޖީމް) މިހެން ކިޔާއުޅޭ.
    "ޓެރަރިޒަމް" .... މިއީ ހުޅަނގުން މުސްލިމުންނާދިމާލަށް ކިޔާއުޅޭ އެއްޗެއް.
    "ހަރުކަށި ޖަމާޢަތް" .....

    17
  10. Anonymous

    އަދިރި ދައުލަތާއި އެކު މިތިބީ މިނިވަން ފިކުރު ފޮހެލަން

    20
  11. ލުޗާ

    ބަލަ މިހާރު ތިކިޔަނީ ދަންނަބޭކަލުންނަކީ މާލޭ މަގުމަތީ ގޭންގު މީހުންނޭ. ދަންނަބޭކަލުންނަކީ ގޭންގު މީހުނެއް ނޫން. އިމްރާނަކީ ގޭންގުސްޓަރެއް ނޫން. ހާދަ ބިރެކޭ ތިޔަ ގަންނަނީ ދީން ދެކެ. ކިތައްމެ ރުޅި އަޔަސް މިގައުމުން ދީން ނައްތައެއް ނުލެވޭނެ. އަނދިރިދައުލަތޭ ކިޔާ ވާވައްދައިގެން ދީނާ ދެކޮޅު ހަނގުރާމަ ނުކުރެވޭނެ މިތާ.

    12
  12. މޮހަދު

    ތިހުރިހާ ކަމަކީ ތިވާހަކަ ދައްކާމީހާ އުފައްދާއިގެން އުޅޭ ކަންތަ ތިކަލޭގެ މިޤައުމުގެ ސިޔާސީ މައިދާނާނައް ނުކުމެ ކިޔާނެ ނުކިޔާނެ އެއްޗެ ނޭގިގެން އެހެންވެގެންގޮސް ވެރިކަންވެސް ބޮލާޖެހީ

  13. Anonymous

    ވެރިކަންވެސް ވައްޓާލާނަން ﷲ ގެ މަދަދާއި އެކު ތިޔަ ނުކުންނަނީ މިޤައުމުގައި މިނިވަން ފިކުރު ފަތުރަން ...................

    13