މާލޭ ޖަލުގެ ކައުންޓަރުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތައް ބޭނުންކުރުމަށް ކިޔު ސިސްޓަމް އެއް އެޖަލުގައި ގާއިމްކޮށްފިއެވެ.

މިިއަދު ގާއިމް ކުރި އެ ކިޔު ސިސްޓަމް އަކީ އެޖަލުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަސޭހަ ކަމާ އިންސާފުވެރި ކަމާއިއެކު ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ގާއިމްކުރި ކިޔު ސިސްޓަމެއް ކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ.

މާލެ ޖަލުން ފޯރުކޮށްދޭ އެހެން ގިނަ ހިދުމަތްތަކަށް ވެސް މިއަހަރުގެ ތެރޭގައި ވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޖަލުގައި ބަންދުގައި ތިބޭ ގައިދީންގެ އާއިލާ ތަކުން ފޯމު ހުށަހެޅުމުން 24 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ބައްދަލުވުންތައް ހަމަޖައްސާ ދެވެމުންނެވެ،

އަދި އާއިލީ ބައްދަލުވުންތަކަށް ހާއްސަ ކުރެވިފައި ތަނަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެތަން މިހާރު ތައްޔާރުކޮށްފައި ވަނީ ހުރިހާ އުމުރުފުރާ އަކާއި ވެސް ގުޅޭގޮތަށެވެ. އެގޮތުން އާއިލީ ބައްދަލުވުންތައް ކުރިއަށްދާތަނަކީ، ކުޑަކުދިންނާ ވެސް ރައްޓެހިމާހައުލަކަށް ހެދުމަށްޓަކައި ކުޑަކުދިންގެ ޕްލޭ އޭރިއާއެއް ވަނީ އެތަނުގައި ގާއިމްކޮށްފައެވެ.