ގައުމުގެ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމް ފުނޑާލުން ކަމަށާއި، މިއަދު ކުރީގެ ރައީސް، މަޖިލީސް ރައީސް މުހައްމަދު ނަޝީދު ކުރަމުން ގެންދަނީ އެކަންތައް ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައި މިވަނީ، ފުލުހުން ނަޝީދަށް ފާރަލާކަމަށް އެމަނިކުފާނު ވިދާޅުވުމުން ފުލުހުންނާއި ސިފައިން އެވާހަކަތައް ދޮގުކުރެއްވުމާއި ގުޅިގެން މިހާރު ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.

އަދުރޭ ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލަމުން ދަނީ ގަސްތުގައި ރާވާއިގެން ކަމަށެވެ.

"ބޭނުމަކީ އެމްޑީޕީގެ ފުރުވިފައިވާ ސިއްރު އެޖެންޑާ ކާމިޔާބު ކުރުމަށް މަގުފަހި ކުރުން". އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަކީ އެބަޔަކަށްޓަކައި މުޅި ދިވެހި ގައުމުގެ ފަޚުރުވެރިވުން ލާޒިމް ހިދުމަތްތަކެއް ދެމުން ދާ ބައެއް ކަމަށެވެ.

"ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ގައުމުގެ ރައްޔިތުންގެ ހައްގުގައި ގުރުބާން ވުމަށް ތައްޔާރުގައިތިބޭ ބައެއް، މިކަމަށް ދިވެހި ތާރީޚް ހެކިދޭ". ނަޝީދު ވިދާޅުވިއެވެ.

ނަޝީދުއަށް ފުލުހުން ފާރަލާކަމަށް އެމަނިކުފާނު ވިދާޅުވުމާއިި ގުޅިގެން އެވާހަކަފުޅު ފުލުހުންނާއި ސިފައިން ދޮގު ކުރެއްވުމުން އެމަނިކުފާނަށް ފާޑުކިޔުންތައް އަމާޒުވަމުން ދެއެވެ. އެންމެ ފަހުން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންގެ ބަހުގެ ހަމަލާތައް ސަރުކާރަށް ދަނީ އަމާޒު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވާނުވާ.

    ނަޝީދުތަބުނީ .އަދުރޭތަބު ބީ.

  2. ފުލުހުން

    ސަނާކިޔައިގެން ފުލުހުންނާއި ސިފައިންގެ ބޮލައް އެރެންނޫޅޭ.ލ.އަތޮޅުން ވެސް ބަލައިނުގައިތް ހިސާބެއް އިލްމެއްނެތް މީހާގަނޑު.ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ތިބީ އިބޫ ސަރގެ ފަހަތުގައި.ދެވަނަ 7 ފެބްރުއަރީ ގެންނަން މަސައްކަތް ނުކުރުމަށް ގޮވާލަން.އެހެންނޫނީ ރެހެންދި ފްލެޓުންވެސް ނެރެންޖެހިދާނެ

  3. އަހުމަދު

    އެއްކަލަ ރީންދޫ ވަގު ބާގަނޑު ދޯމި ކޮމެންޓްކުރަނީ ކިތަންމެ ދެރަވިޔަސް ވަގުސަރުކާރު މީ