އެމެރިކާ އިން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އަށް ނިސްބަތްވާ މީހަކު ނިރުބަވެރިއެއްގެ ގޮތުގައި ކަނޑައަޅައި، އޭނާގެ ނަން އާއްމުކޮށްފިއެވެ.

އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން ނިރުބަވެރިއެއްގެ ގޮތުގައި ކަނޑައަޅައި، ނިރުބަވެރިންގެ ލިސްޓުގައި ހިމަނާފައި ވަނީ މުހައްމަދު އަމީން ކިޔާ ދިވެއްސެއްގެ ނަމެވެ.

އެ ގައުމުން ބުނާ ގޮތުގައި މުހައްމަދު އަމީން އަކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ވަރަށް އިސް މީހެއް ކަމަށާއި، މިގޮތުން އޭނާގެ މައިގަނޑު މަސައްކަތަކީ އައިސިސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

މުހައްމަދު އަމީން ރެކްރޫޓް ކުރާ ނިރުބަވެރިން ކުރިން ފޮނުވަމުން ދިޔައީ ސީރިޔާ އަށް ނަމަވެސް، މިހާރު އޭނާ އަންނަނީ އަފްޣާނިސްތާނަށް އެފަދަ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އައިސިސްގެ އީރާގު ގޮފި (އައިސިސް-ކޭ) އަށްވެސް ހަނގުރާމަވެރިން ރެކްރޫޓް ކުރާ އަމީން ވަނީ ދިވެހިރާއްޖޭގެ ނޫސްވެރިއަކަށް މަހަކު 700 ޑޮލަރުގެ މުސާރައެއް ހުށަހަޅައި، އައިސިސް-ކޭ އަށް ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެ ނޫސްވެރިޔާ އަފްޣާނިސްތާނަށް ގެންދަންވެސް މަސައްކަތް ކޮށްފައިވާ މީހެއް ކަމަށްވެސް އެމެރިކާގެ ސަރުކާރުން ބުނެއެވެ.

އެމެރިކާގެ ސަރުކާރަށް އެނގޭ ގޮތުގައި މިއަހަރުގެ އޭޕްރީލް މަހާއި ހަމައަށްވެސް އަމީން ވަނީ މީހުން ރެކްރޫޓް ކުރުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން ހަފްތާ އަކު މިފަދަ 10 ބައްދަލުވުމުން އޭނާ ބާއްވާއިރު، ބައެއް ބައްދަލުވުންތައް އޭނާގެ އަމިއްލަ ގޭގައިވެސް ބާއްވާ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

އަމީން އާއި އެކު މި މަސައްކަތުގައި އިތުރު ބަޔަކު އުޅޭއިރު، އެ މީހުން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކުށްވެރިންގެ ގޭންގުތަކަށް ނިސްބަތްވާ މީހުންވެސް ރެކްރޫޓްކޮށް، ހަނގުރާމަ އަށް ފޮނުވަން މަސައްކަތް ކުރަމުންނެވެ.

2007ވަނަ އަހަރު ސަލްޓަން ޕާކުގައި ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އަމީން ހައްޔަރު ކުރަން އުޅުމުން އޭނާ ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، 2011ވަނަ އަހަރުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ އިން އޭނާ ހައްޔަރުކޮށް ރާއްޖެ ގެނެސް ދޫކޮށްލާފައި ވާއިރު، މައުލޫމާތު ލިބޭ ގޮތުން އޭނާ އަދިވެސް އުޅެމުން އަންނަނީ މިނިވަން ކަމާއި އެކު މާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޗަކޮއި

    ދެން ރައްޔިތުންގެ މަޖްލިސްގެ ރައީސްކަން ދީ އަވަހަށް

    47
    10
  2. މާމުަނޯ

    މީ ޑޮޓު ގްރޫޕު ކާފަރެއް

    21
    30
    • Anonymous

      ރޯނު އެދުރު

  3. ޗަކޮއި

    މީ ޑޮޓު ގްރޫޕު ކާފަރެއް

    18
    27
  4. ޢަދުރޭ

    ލާދީނީ .. ސަރުކާރު ..ތަކުން .. ދިވެހިން .. އިސްލާން ..ދީނަށް .. އުޅޭތީ .. ޓެރޮރިސްޓުންނަށް ..ހަދަނީ .. ދިވެހިންނަކީ. .. 700 .. ޑޮލަރު .ނަގައިގެ ން .. ކުލީ ސިފައިން . .. ގޮތަށް .. މުސްލިމް...ޤައުމުތަކަށް ..ގޮސް ..ހަނގުރާމަ ..ކުރާ ..ބައެއް ..ނޫން.. ..ދިވެހިން ..މި .. މަރުދަން..ޖެހެނީ .. ސުންނަތަށް ..ނޫޅެވިގެން .. . ސުއްނަތަކީ.. ކުރުމުން .. ސަވާބު ... ނުކުރިޔަސް .. އަޒާބު . .ނުލިބޭ .. ކަން ކަން.. .. ފަރުލާ .. ވާޖިބް.. އަދާ..ނުކުރެވުނަސް ... ދިވެހިން..ޓެރަރިސްޓު ން.. ނަކާ ނުގުޅޭނެ.. . އަދި .. މިހެން..ބައެއް .. ފަހަރު .. ސުއްނަތަށް . ..އުޅެން..ވެގެން.. ބައެއް މީހުންގެ ... ބޯ ..ބުރިކުރިޔަސް ..

    35
    23
  5. Anonymous

    ލާދީނީ ނަޝީދު އެމެރިކާ އާއި ގުޅިގެން މިޤައުމުގައި ޓެރަރިސްޓުން އުޅޭކަމަށް ދައްކައި މިޤައުމުގައި އޮތް އިސްލާމްދީން އަކީ އަދިރި ދައުލަތެއްކަމަށް ސިފަކޮށް މި ޤައުމަށް މިނިވަން ފިކުރު ގެންނަން އެމެރިކާއާއި ގުޅިގެން މަސައްކަތްކުރަމުންގެންދާތާ ދުވަސްތަކެއްވެއްޖެ. ދިވެހީން މިތިބީ ތިޔަ ބުނާ އަދިރި ދައުލަތާއި އެއްކޮން

    105
    9
  6. އެލެކުސް

    މިތަން ވެއްޔާ މޮޑެވެނީ ކުރާނެކަމެއްނެތް ހުރިހާ ގޯހެއްގެ ޒިންމާ ދިވެހިން ނަގަންޖެހޭނީ

    46
  7. ގޮއްޔެ

    އެޑްރެސް ވެސް ޖަހާލި ނަމަ
    މަގޭ ސޮރު އެގޭދޮށައްނުދާން އެންގުނިސްތާ

    21
    8
  8. Anonymous

    1984 ގަ އުފަންވާ މީހަކަށް27 އަހަރު ވާނީ 2011ގަ.. ޓައިޕިންގް މިސްޓޭކް އެއްތަ؟

    • އިންޓަރޕޯލް

      ނޫނޭ. އިންޓަރޕޯލް ނޯޓިސް އެ އޮތީ 2011 ވަނަ އަހަރު ނެރިފަ. އިންޓަރޕޯލް ނިޝާން ދަށުގަ އެ އޮތީ ތާރީޚު،

  9. ނަވާ

    700ޑޮލަރ ހާދަ ކުޑަކުޑަ އަދަދެކޭ ދިޮއްތަ އެފަދަ ނުރައްކަލާ ކުރރިމަތިލައި ގެން މަސައްކަތްކުރަން ބުއްދި ގަބޫލެއް ނުކުރޭ

    20
  10. Anonymous

    1984 ގަ އުފަންވިމަވެސް 27ޔާރްޒް އޯލްޑް. އެ ކިހިނެއް ބަލައިގެން ޅަކޮށްފަ. ލޮލް