ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން އަންނަ އެމްއޭސީއެލުން "ސަޅި ހުޅުލެ" ނަމުގައި ހުޅެލެ ސާފު ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

"ސަޅި ހުޅުލެ" މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހަތަރު މަސްތެރޭ ފަސް ދުވަހަކަށް ބަހާލައިގެންނެވެ. މިއަދު ފެށި މި ޕްރޮގްރާމުގައި އެމްއޭސީއެލުގެ 500 އަށް ވުރެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް މިއަދު ފައްޓާވާދެއްވީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ އަލްފާޟިލް މޫސާ ސޯލިހް، ފޯކް ލިފްޓަކުން ދުވަސް ވެފައި ދަގަނޑު ސާމާން ލޮރިއަށް އަރުވައި ދެއްވަމުންނެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އެއާޕޯޓުގައި ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާ ކަމަށެވެ. އޭގެ ސަބަބުން ރަށުތެރެ ގޮނޑުވެފައިވާ ކަމަށެވެ. މޫސާ ސޯލިހް ވިދާޅުވީ، މިއަދު މި ފެށި ޕްރޮގްރާމުގެ ސަބަބުން ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

"ސަޅި ހުޅުލެ" ނަމުގައި ހުޅެލެ ސާފު ކުރުމުގެ ޕްރޮގްރާމާއި ގުޅޭ ގޮތުން މައުލޫމާތުދެއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

"އުއްމީދު ކުރަނީ ހަމަ ޔަގީނުންވެސް ރަށަށް އަރާ ފަތުރުވެރިންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށްވެސް މިކަންތައް ފާހަގަވެގެން ގޮސް، އެބޭފުޅުންނަށްވެސް ހިތްހަމަ ޖެހުމެއް ލިބޭނެ ކަމަކަށް ވެގެން ދާނެ ކަމަށް" މޫސާ ސޯލިހް ވިދާޅުވިއެވެ.

އެމްއޭސީއެލް މުވައްޒަފުން ހުޅުލެ ސާފް ކުރަން ނުކުމެއްޖެ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

މި ޕްރޮގްރާމް ހިންގުމާ ހަވާލުވެ ހުންނެވި އެމްއޭސީއެލްގެ ކާގޯ ސާވިސަސްގެ މެނޭޖަރު އަމްޖަދު ނަސީރު ވިދާޅުވީ، މިއަދު ސާފުކުރުމަށް ހަމަޖެހިފައިވަނީ ދަގަނޑު އަދި ޓަޔަރު އެންމެ ގިނައިން ފުނި ޖެހިފައިވާ އެއް ސަރަހައްދު ކަމަށްވާ މެކޭނިކަލް ސާވިސް ޔުނިޓް ސަރަހައްދު ކަމަށެވެ. ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި، ފަސް ޕްރޮގްރާމެއް ކުރިއަށް ދާނެ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

އެމްއޭސީއެލް މުވައްޒަފުން ހުޅުލެ ސާފް ކުރަން ނުކުމެއްޖެ - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

"މި ޕްރޮގްރާމްގެ އެންމެ ބޮޑު އަމާޒަކީ ބޮޑެތި އަތުން އުފުލާ ނުލެވޭ ގިނަ ދުވަސް ވެފައިވާ ދަގަނޑު އެއްޗެހި ސާފު ކުރުން" އަމްޖަދު ވިދާޅުވިއެވެ.

ހުޅުލެ ސާފު ކުރުމަށް ފަހު ނަގާ ކުނީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކާއި ފުޅި ވަކިން ފަރާތްތަކާ ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމް ނިމިގެންދާއިރު ކިހާވަރެއްގެ ޕްލާސްޓިކް ހޮވާލެވިފައިވާނެ ކަން އިނގޭނެ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިސަބު

    ވަރައްމޮޅު ބައެއް ފިލް ކުޅޭން..އޭދީނު އެމް ޑީއަރާ އިން އެތި އެނޫން އެއްޗަކައް އެމް ޑީ އައް އަރަން ނޭގުނީތަ ބޯހަލާކު

  2. ކިސްވަރު

    އެމް ޑީ އޭދީ ނިދިފަ ތޯ ވަރު ބަލިވެގެން..ސާފު ކުރުމުގެ ނަމުގައި ހާދަ ބޮޑު ހަރަދެކޭ ތިކުޜީ..

  3. ސިކުނުމާ

    ތީ އީީ ޑުރާމާ އެއްތޯ..ނުވަތަ ސާފުކުރީތޯ