ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ދާދި ފަހުން އައްޔަން ކުރެއްވި ގދ. ތިނަދޫ ކަލްމުނާ، ހުސައިން ޝަރީފް ފާޑުކިޔުންތަކާއި ހުރެ ވަޒީފާއަށް ނެރުން މަޑުޖައްސާލައިފިއެވެ.

ބެޗެލާ އޮފް ޝަރީއާ އެންޑް ލޯއިން އޮނާސް ހާސިލްކޮށް ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރު ފެންވަރުގެ މަގާމްތައް އަދާކޮށްފައިވާ ހުސައިން ޝަރީފް އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް އައްޔަން ކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ.

އެމްޑީޕީގެ އެކި ފަރާތްތަކުން ވަނީ ހުސައިން ޝަރީފް، ރިޔާސީ އިންތިހާބުގައި ރައީސް ސާލިހާއި ދެކޮޅަށް، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު ކެމްޕޭނުގައި ހަރަކާތްތެރިވި ފޮޓޯ އާންމުވުމާއި ގުޅިގެން ފާޑު ކިޔާފައެވެ.

އެމްޑީޕީގެ ސޯޝަލް މީޑީއާގެ ގިނަ އެކްޓިވިސްޓުން ތަކެއް ހުސައިން ޝަރީފް މަގާމުން ދުރުކުރުމަށް ގޮވާލާފައި ވެއެވެ. މި ގޮވާލެއްވުމަށް ތާއިދު ކުރައްވައި ސަރުކާރުގެ މަޖިލިސް މެމްބަރުންވެސް ވަނީ ޓްވިޓް ކުރައްވާފައެވެ.

ރައީސް އޮފީހުން ހުސައިން ޝަރީފް ވަޒީފާއަށް ނުނިކުމެ ގޭގައި މަޑު ކުރަން އަންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭނާ މިހާރު އަދާ ކުރަމުންދާ ވަޒީފާއަށް ނުނިކުންނަ ކަން އިސްލާމިކް މިނިސްޓްރީންވެސް ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަސަނު

    ވަޒީފާ ދިނުމުގައި ތަފާތު ނުކުރަން ބުނި ރައީސް ކޮބާ؟ ޢެވެސް ހަމަ ދިވެހި ދަރިއެއް

    34
    2
    • ޅ ހިންވަރު

      ކިޔަވައިގެންހުރީމަ ގޯސްވީ.. ނުކިޔަވާ ހުރިނަމަ އޯކޭވީސް.. ސްމިތް ވަލީދާ އަޒޭ މިފަދަ ކިތައްމީހުން.. ރައީސަކީ ކިޔަވައިގެންހުރި މީހެއްނޫން ނާއިބު ރައީސަކީ ކިޔަވައިގެންހުރި މީހެއްނޫން.. އެމީހުންނާ އެއްފެންވަރެއްގަ ތިބެންވާނީ.. އެއްޗެ ދަންނަމީހަކަށް މަގާމެނުދޭނެ..

      18
      2
    • ކިނބޫ

      ޕޮލިސްކޮމިޝަނަރަކަށް އަދާވާތްތެރިންނާ އާއިލީ ގުޅުން އޮންނަ މީހަކު ބަހައްޓަން ކެރޭނީ ރައީސް ޔާމީނަށް އެކަނި. އިދިކޮޅު ކެންޑިޑޭޓުގެ ކޮއްކޮ ތިމާގެ ސެކެޓްރީގެ މަގާމުގަ ބަހައްޓަން ކެރޭނީ ރައީސް ޔާމީނަށް އެކަނި. މީޑިއާ ކައުންސިލްގެ ރައީސަކަށް ރީނދޫ ގުންޑާއަކު ބަހައްޓަން ކެރޭނީވެސް ރައީސް ޔާމީނަށް އެކަނި. މީ މިކަހަލަ ދެތިން މަގާމެއް. މިއާ ބަލާފަވެސް އިސްލާމިކް މިނިސްޓްރީގެ ތިކަލަ މަގާމެއް ތީ އަދި ކޮންކަމެއް. ނުވާނެ ހަޖަމެއް. ނުވާނެ ކެތެއް. ނުހުންނާނެ ހިތްވަރެއް. ވެރިކަން ކޮށްދެވޭނީ ޕާޓީ މީހުންނަށް އެކަނި. ދިވެހިންނަށް ވެރިކަން ކޮށްދެވޭހާ ހިތްވަރި ރައީސް ޔާމީނުގެ ނޫނީ ނުހުންނާނެ.

      23
  2. ޙަޖާނުބެ

    ރައީސް ޞާލިހަށް ބުނެލަން ބޭނުމީ ފަތްތޫރައިގައި ލިޔެފައިވާ ވާހަކައިގައިވާ އެންމެން ރުއްސަން ތަންޑިޔާ ލައިގެން ގެންދިޔަ ހިމާރު އުފުލި ދެބަފައިންނަށް ވީ ވަރު ނުވެވޭތޯ މަސައްކަތް ކުރާށޭ!

    14
  3. ހުވަދޫ ޑޮކް

    ޤާނޫނީގޮތުން ދިވެހި ދަޢުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާ އަދާކުރުމުގެ ފުރުޞަތު ނުގެއްލޭހާ ހިނދަކު އަދި ޢިލްމީ ޤާބިލްކަމާއި މަސްޢޫލިއްޔަތު އަދާކުރުމުގެ ފިކުރީ ދޮޅަހެޔޮކަން ހުރެއްޖެ ކޮންމެ ދިވެއްސަކަށްވެސް ކޮންމެ ސަރުކާރެއްގައިވެސް ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިދޭންޖެހޭ!!! އެއިރެއްގެ ވެރިކަމުގައި އޮންނަ ޕާޓީގެ މެމްބަރަކަށް ނުވުމުން، ވެރިކަން ކުރާ ޕާޓީއަށް ނުވަތަ ކޯލިޝަނަށް ތާޢިދު ނުކުރަންޏާ " ދިވެހި ރައްޔިތަކަށް ވުމުގެ ޙައްޤު " ވެސް ނެތިގެންދާނެ ދުވަހެއް އަނެއްކާ ނާންނާނެބާ ދާދި އަވަހަށް!!! ދިވެހި ލޮބުވެތި ރައްޔިތުންނޭ ނިކަން ވިސްނަމާ ...... ފުރަތަމަ އާދައިގެ ހުމެއް ޖެހޭމިހާ ފަހުން ނިއުމޯނިޔާއަށް ބަދަލުވެ، ބައެއްފަހަރު މަރާއި ހަނގުރާމަ ކުރަންޖެހޭ ހާލަތުވެސް އެބަދިމާވޭ...

    • ސަމުގާ

      ތިޔަ ދައްކަނީ ޕާޓީ ނިޒާމުގައި ޚިޔާލީ ވާހަކައެއް. ދިވެހިން ޕާޓީ ނިޒާމާ ރުހިގެން މިތަނައް ޕާޓީނިޒާމު ގެނެސްފަ ދެން ކޮންވާހަކައެއްތަ. ޕާޓީ ނިޒާމުގަ އަބަދުވެސް ވެރިކަމުގަ ތިބޭ ބަޔަކާއި ގުޅުންހުންނަ މީހުންނައް އަދި ގުޅިފައިތިބޭ ވިޔަފާރިވެރީންނައް މޭޒު ދަށުންނާއި ވަލުދޮރޯށީންނާއި އަދި ގޭސްގަނޑުތަކުގެ އެތެރެއިން ފައިދާ ލިއްބައިދޭނެ.

  4. އިކްރާމް އަބުދުއްސައްތާރު

    ރަގަޅު ނިންމުމެއް... މީ މިސަރުކާރު ގެނައުމާ ސީދާ ދެކޮޅަށް މަސަތް ކަތް ކުރި މީހެއް..

    ޔާމީނު ހޮވުމަށް ޝަހީމުގެ މެނޭޖަރެއްގެ ހައިސިއްޔަތުން ކިތަންމެ ޖަރީމާއެއް ހިންގާފައިވާ މީހެއް...

    އަވަހަށް ވަކިކުރައްވާ..! ސާބަސް ރައީސައް..

    1
    6
  5. ދީދީ

    ތިހެންވެއްޖެއްޔާ ޓޫރިޒަމް މިނިސްޓަރަކަށް ހުރި މީހާވެސް ބޭރު އަރުވާލަންޖެހޭ، ކަލޭމެންނަށް އޭނަކީއެއްޗެހި މިހާރުވެސް އެހެރީ ޔޫޓިއުބް ގައި ފެންނަން، ކަލޭމެންގެ ވެރިމީހާގެ ހަފުތާ ޝެޑިއުލް ކިޔާދިން ވީޑިއޯ ކްލިޕާއި އަދި މަޖިލިސް ޗެމްބަރުތެރޭ ބޫންބޫން ދުއްވި ވީޑިއޯ ކްލިޕްވެސް ވާނެ

  6. ޑޮކުޓަރު

    މީ ސަހީމް އާ އެކު ރައީސް ޔާމީންގެ ވަގު ވެރިކަން ދިފާުއު ކުރަން ނިކުތް ބުރާންޗހެއް

    1
    6