މާލެ އާއި އައްޑުގައި މިހާރު ހިންގަމުންދާ އޮޕަރޭޝަންސްތައް ކުރިއަށް ގެންދަންވާނީ ދިވެހި ރައްޔިތުންނަށް ބިރުވެރިކަން ނުއުފެދޭ ގޮތަށް ކަމަށް އިދިކޮޅު ކޯލިޝަން ގޮވަލައިފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު އިބްރާހިމް ސުޖާއު ވިދާޅުވީ، މިހާރު ކުރިއަށް ގެންދާ އޮޕްރޭޝަނުގައި ފުލުހުންނާއި ސިފައިން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން ސުވާލުތަކެއް އުފެދޭ ކަމުގައެވެ. ސުޖާއު ވިދާޅުވީ އޮޕްރޭޝަނުގައި ބަޔަކު ހައްޔަރު ކުރި ހަބަރު ލިބުނު ކަމުގަޔާއި ފަހުން ހަބަރު ލިބުނު އިރު އެމީހުން ދޫކޮށްފައިވާ ކަމުގައެވެ.

"އޮޕަރޭޝަންގައި ހަމަ ކުއްލިއަކަށް ބަލައިފާާސްކޮށް ބަޔަކު ހައްޔަރު ކުރި ވާހަަކަ އިވުން، ނަމަވެސް މިއަދު އިވުނީ ބަޔަކު ދޫކޮށްލި ވާހަކަ. މި ކުޅޭ ޑްރާމާ އަޅުގަނޑުމެންނަށް ސާފުވާން އެބަ ޖެހޭ." ޕީއެންސީގެ ނައިބު ރައިސް ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި އަމަލު ކުރަމުންދާ ކަންކަމަކީ މި ސަރުކާރުގައި އިސްކޮށް ތިއްބަވާ ބޭފުޅުންގެ އަމުރަށް ކުރަމުންގެންދާ ކަންކަން ކަމުގައެވެ.

މި ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބް ރައީސް، އަހުމަދު ޝިޔާމް ވިދާޅުވީ، ރައްޔިތުންނަށް ސާފު ނުވާގޮތަށް މިކަހަލަ އޮޕަރޭޝަންތައް ހިންގުމުގެ ސަބަބުން ފަތުރުވެރިކަމަށާއި އިގްތިސާދަށް ވެސް އަސަރު ކޮށްފާނެ ކަމަށެވެ. އެގޮތުން ޝިޔާމް ވިދާޅުވީ، ރޭގެ މާލޭގައި ހިންގަން ފެށި އޮޕްރޭޝަން ފަށާފައިވަނީ ރާއްޖެ ޗައިނާ މެޗް އޮތް ގަޑީގައި ކަމަށާއި، އޭގެ ސަބަބުން ފަތުރުވެރިންގެ ޓުއާ ގައިޑުން އޭނާ އަށް ގުޅާފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް މި ބައްދަލުވުމުގައި ސުޖާއު ވަނީ ފުލުހުންނާއި ސިފައިންނަކީ މި މުޖްތަމައުގެ ސަލާމަތާއި އަމާން އޮމާންކަން ބަލަހައްޓަން ތިބި މުއައްސަސާއެއް ކަން ފާހަގަކޮށް، މި ސަރުކާރުން އެ މުއައްސަސާތަކުގެ އަގު ވައްޓާލަން ދައްކާ ވާހަކަތައް ޕްރޮގްރެސިވް ކޯލިޝަނުން ކުއްވެރި ކުރާ ކަމަށް ވިދާޅުވެފައެވެ.

މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ޕްރޮގްރެސިވް ކޯލިޝަނުން ވަނީ މާދާމާ ރޭ "ދަވާލައިފި" މި ނަމުގައި އެ ކޯލިޝަންގެ ރެލީއެއް ކާނިވާ ސަރަހައްދުގައި އޮންނާނެކަން އިއުލާން ކޮށްފައެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކަކުން އެ ރެލީއަށް ދިއުމަށް އެކޯލިޝަނުން ވަނީ އެދިފައެވެ. މި ރެލީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. .........

  ކިނބޫ ފެކްޝަނާއި ގަންޖާ ފެކްޝަނުން ޑްރާމާ ކުޅެނީ ރައްޔިތުން ވާނުވާގަ ބައިތިއްބަން ވެގެން. އޭރުން އެމީހުންގެ ނާގާބިލުކަމުގެ ވާހަކަ ދައްކާކަށް ވަގުތެއް ނޯންނާނެނު.

  9
  1
 2. ދަތްދޫނި

  ބަލަ މި ޤައުމުގައި މިއުލެނީ ރައްޔިތުން ތަކެއް ގެއްލި، ކަތިލައި ކަންތައް ގަނޑެއް ހިނގައިގެންކަން ނޭގޭ ބަޔަކު މި ޤައުމުގައި ތިބޭތީ ހިތާމަކުރަން. މިހިރަ މިހިރަ ކަންކަން ނޭގޭ ބަޔަކު ސިޔާސީ ނުވިއްޔާ ރަގަލު.

  3
  6
 3. މާމޫން

  ޝުޖާ ތިބުނަނީ ގައުމުގެ ސަލާމަތީ ބާރުތަކުގައި ތިބީ ސަރުކާރުގެ ވެރިން ޖަހާހައި ބެރަކަށް ނަށާ ބަޔެކޭތަ؟

  2
  1
 4. ފުލުހުން

  ޔާގުންޑަ ހައްޔަރުކުރޭ.އެނަބުނި ސައްކެތްނެތް މިންވަރަށް ރިލްވާން ވަނީ މަރާލާފައޭ

  1
  3
 5. ފުލުހުން

  ދުވާލަކު 2 އިރު ކާ ބޭހެއްހެން ކުއްލި ހާލަތު އިއުލާންކޮށްގެން ބޮޑުވަގު ފެކްޝަނުން ކޯޓްތަކުގެ ޓިނުނަގައިގެންކުރީ ކޮންކަމެއް ތޯ ރައްޔިތުނަނަށް ފުރަތަމަ ސާފުކޮށްދީބަލަ.ބެންކު ތަކުގެ މުވައްޒަފުންވެސް ހާދަވަރަކަށް މަށަށް ގުޅައޭއިބަ ތިޔަ ފެކްޝަނުން ވަކަންކޮށްގެން.ދެވަނަ 7 ފެބްރުއަރީ އެއްދެން ނުގެނެވޭނެ.ގިނަ އަދަދެއްގެ ފުލުހުނަނާއި ސިފައިން ތިބީ އިބޫ ސަރގެ ފަހަތުގަ.ތެޅި ތެޅި ތިބޭ ހުޅުބުދިޔުން ފިޔަވައި އިތުރުކަމެއްނުވާނެ

  1
  3
 6. ސޮނިފުހޭ

  ކަސޯޓީގެ ދިވެހި ވާޝަންގެ ބަތަލަކަށް އިބޫ ބަތަލާއަކަށް ޖަާރިޔާ ދިީދީ ސަޕޯ ޓިން ގ އެކްޓަރަކަށް އަންނިބެ ދެން އަތްޖަހާ

  3
  1